ހުޅުމާލޭގައި ހުންނަ ހިޔާ ފްލެޓްތައް: ކުލި ނުދައްކާ ފްލެޓްތަކަށް އެޗްޑީސީން ދަނީ ނޯޓިސް ފޮނުވަމުން.-- ފޮޓޯ: މިހާރު
15 ޖޫން 2025 - 15:25
ސޯޝަލް ހައުސިން ސްކީމްތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނޯޓިސް ފޮނުވަން ފަށައިފި އެވެ.
އެ ކުންފުނީގެ އޮފިޝަލަކު މިއަދު "މިހާރު" އަށް މިއަދު ވިދާޅުވީ މި ފަހުން ގެނައި ބަދަލަކާ އެކު، ފްލެޓްތަކަށް ކުލި ނުދައްކާ މީހުންނަށް ކޮންމެ ތިން މަހަކުން ނޯޓިހެއް ފޮނުވަން ފަށާފައިވާ ކަމަށެވެ. އެއީ ކުލި ދައްކަން ނަސޭހަތް ދީ ފޮނުވާ "ޕޭމަންޓް އެޑްވައިސް" ނޯޓިސްއެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލޭގެ ފްލެޓްތަކަށް ކުލި ނުދައްކާ މީހުންގެ ތެރޭގައި ފްލެޓުތަކަށް ވަން ފަހުން އެއްގޮތަކަށް ވެސް ކުލި ނުދައްކާ މީހުންނާއި ގަވާއިދުން ކުލި ނުދައްކާ މީހުން ވެސް ހިމެނޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހުޅުމާލޭގެ ފްލެޓްތަކުން ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެޗްޑީސީން "ސަން" އަށް މިދިޔަ މަހު ދީފައިވާ މައުލޫމާތުގައިވެ އެވެ.
އެޗްޑީސީން ބަލަހައްޓާ ހުޅުމާލޭގެ ހައުސިން ޔުނިޓުތަކުގެ ޖުމްލަ އަދަދަކީ 8،511 އެވެ. އޭގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ 3،219 ފްލެޓަކުންނެވެ. އަދި 5،099 ފްލެޓަކުން ކުލި ނުދައްކަ އެވެ.
ހުޅުމާލެއިން ދޭ ސޯޝަލް ހައުސިން ޔުނިޓުތަކުގެ އެއްބަސްވުންތަކުގައިވާ ގޮތުން ގަވާއިދުން ކުލި ނުދައްކާ ނަމަ، ފްލެޓު އަތުލުމުގެ ބާރު އެ ކުންފުންޏަށް ލިބިގެންވެ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފްލެޓެއް ކުލި ނުދައްކައިގެން އަތުލާފައެއް ނުވެ އެވެ.
މި ސަރުކާރުން ވަނީ، އެކި ހައުސިން މަޝްރޫއުތަކުގެ ދަށުން ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި ވެސް ކުޑަކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަކިއޯ
18 June 2025
ކީއްވެތައް ނުނިންމަށް ހުރި ފްލެޓްތަކެއް ދިނި އެޗް.ޑީ.ސީ އިން އެގްރީމެންޓާ ހިލާފަށް...ކުލިނިދެއްކެނީ ބީ.އެމް.އެލް ފްލެޓް ހަދާ ލޯނު ދައްކާތީ ...އާންމުގެ މުސާރަ އެވަރަށް ކުޑަ..ބަލާ އެކައުންޓުތައް މިހަރުވެސް ނެތް ލާރިއެއ
ނުދައްކާވާހަކަ
16 June 2025
ކީއްވެތަ މާލޭގެ ބޮޑުތަކުރުފާނު މަގުގަ ހުންނަ ކުލި ނުދައްކާ ކޮލެޖުގެ ވާހަކަ ނުދައްކަނީ..ކީއްވެތަ މަހުޖަނުންނަށް މާލޭގެ އަގުބޮޑުބިމުން ހިލޭ ބިން ލިބެންވީ.
ޏނނނނސނއނ
16 June 2025
މާލެ މީހުންނަށް ހިލޭ ބިންދިންވާހަކަ ދައްކާއިރު މާފުށި ކަހަލަ ބިމުގެ އަގު ބޮޑު ރަށްރަށުންވެސް ހަމަ ހިލޭ އެރަށު މީހުންނަށް…
ޢަކިއޯ
18 June 2025
ޢެއްބަޔަކަށް ހިލޭ ވިޔަފަރި ކުރަން ސަރުކާރުން ބިންދީފަ...އަނެބަޔަކަށް ނުހަދާ ހުރި ފްލެޓްތަކެއް ބޮޑުއަގުގަށް. .....އެޗް ޑީ .ސީ އިން އެގްރީމެންޓާ ހިލާފުވެފައޮތީ...ނިންމި ރެންޓު ކުރަ ކުރި ނަމަ އެންމެންވެސް ދޭނެ.....ފްލެޓް އަތުލޭވޭލީ ހަދަން ދިޔަ ރުފިޔާ ދިނީމަ.....ކޮބާ ޢާންމު މީހާގެ ހައްގު..
މާއިފުރެންޑު
16 June 2025
10 މިލިޔަން ރުފިޔާގެ އަގުހުރި ގޯތިތައް ވަކި ބަޔަކަށް ހިލޭ ދީފަ، ކުދިކުދި ކޮތަރުކޮށި ތައް ލިބުނު މީހުންއަތުން ލާރިނެގުން ހަމަ ހަބޭސްދޯ މައުރޫފު ޖަމީލޫ! ސާބަހޭ އިނގޭ!
ރީޙާނު.
16 June 2025
ކ.މާލޭ މީހުން މިއީ ހާދަ ވިޔާނުދާ ދިރިއުޅުމެއް އުޅެން ދަސްވެފައިވާ ބައެކޭ މަގޭ ހިތަށް އަރާ. ލިބުނު ފުލެޓް ބޮޑު އަގުގައި ކުއްޔަށްދީގެން އެފައިސާ ބަނޑު އަޅަމުންދާއިރު ސަރުކާރަށް ދައްކަންޖެހޭ ފައިސާ ނުދައްކާ މަކަރު ހެދުމަކީ ވަރަށް ޙަޔާތް ކުޑަކަމެއް.
ފްލެޓް އެސެޓް ކުލީވިޔަފާރި
16 June 2025
ކަލޯ ކިހިނަކުން ހެދި މޮޅު ދިރާސާއެއްތީ...އަދި އެއްފަހަރު ހަމައިގައި ހުރެ ދިރާސާއެއް ހަދާލަބަލަ މާލެއާއި ހުޅުމާލެ ފްލެޓްތަކުގެ ވެރިންނަކީ މާލެ މީހުންތޯ ނޫނީ އަތޮޅުތެރޭ ބޭފުޅުންތޯ
މިއީ ގައުމެއްތަ
16 June 2025
އެއްކަމަކުވެސް އިންސާފެއް ނެތް. ހެޔޮލަފާހެން ހީވާހާ މީހަކަށް ވިއްޔާ އަހަރެން ތާއީދުކުރިން. މިފައުމު އަޑުއަށް ދިޔަސް އެއްކަމެއް ރަނގަޅުވާނެ. އެންމެނަށް އެއްހަމައަކުން ވާއެތި ވާނީ!!!
އައިމިނާ
16 June 2025
އެގްރިމެންޓް ގައި ސޮއެކުރި އިރު އޮތް ޢަދަދު އެ އަދަދު ބޮޑުކުރިޔަސް ކުޑަކުރިޔަސް އެގްރީމެންޓް ބާތިލުވާނެ.އާ އެގްރީމެންޓެއްގަ ސޮއި ނުކުރާނަމަ.
ޒާނާޝި
16 June 2025
ވަރަށް ރަނގަޅު ކަމެއް. އެންމެންނަށް އެއް ހަމައަކުން ކިރެންވާނެ. ރަނގަޅައްވިއްޔާ ތިވާނީ މުއްސަދިންނަށް ލިބިފައިހުރި ފްލެޓްތައް ކަމަށް. އާއްމުކޮށް ހުރިހާ ކުލިތަކެއް ބާޠިލްވަނީ މިރާޢްޖޭގަ އުޅޭ މުއްސަދިންނަށް. ނިކަމެތި މީހާ ޖެހޭނީ ސަލާންޖަހައިގެންވެސް ކުލި ބަރާބަރަށް ދައްކަން.
ވެދާނެ
16 June 2025
މަށަށް އެ 4 ފާރުތެރެއަށް ވަދެވުނީ ތިންލައްކަ ދަރައިގެން. އެއްފަހަރާ ހަތްހާސް ފްލެޓް ހަދަން މީހުން ދިމާކުރިއިރު އެއްކަމެއް ވެސް ފަސޭހައެއް ނޫން. އަދި މި ދެއްކުނީ އެދަރަނިންވެސް ދެބައިކުޅަ އެއްބައި. އެޗްޑީސީއަށްވެސް އަދި ދެއްކުނީ ދޭންބުނާ އެތީގެ ދެބައިކުޅަ އެއްބައި. ރުހިގެނެއް ނޫން އެކަމަކު ނުދައްކާކަށް ނޫން މިހިރީއެއް!
ނުވެދާނެ.
16 June 2025
4 ފާރު އެކަނި ހުރިކަން ނޭގިތަ އޭގައި ސޮއިކުރީ؟ އެއްބަސް ވުމާއި އެއްގޮތަށް ކުލި ދައްކަން ޖެހުނީމަދޯ ހަތަރު ފާރުގެ ވާހަކަ ދައްކަނީ. ހަމަހޭގައި ނުހުންނަ ވަގުތު ގިނަވީމާ ވާނީ ތިހެން.
ފޫހި
16 June 2025
ބިން ހިލޭ ދިންފަހުން އަހަރެންމުޅިން ފޫހިވެއްޖެ. އެއްބަޔަކަށް ފެންވަރުދަށް ކުދި ފްލެޓް ބޮޑު އަގުގައި ދީފައި އަނެއްބަޔަކަށް ހިލޭ އަގުބޮޑު ބިން ހަމަ ހުޅުމާލޭން ދިނުމީ ހަމަހަމަ ކަންގެއްލި ތަފާތުކުރުން ބޮޑުވެ ބޭއިންސާފު އިންސާފަށް ވެގެން ދިޔަކަމެއް. އެކަމުގެ ސަބަބުން ފިތުނަ އުފެދި މީހުން ސަރުކާރަށް ކުރާ ނަފްރަތު ބޮޑުވެއްޖެ. ނަތީޖާއަކީ ސަރުކާރުން އިންސާފުން ކަންކަން ނުކުރެވުމުން އިންސާފު ގާއިމުކުރަން ދަތިވުން.
ގެސްޓްހައުސްގެ މާކަނާ
16 June 2025
އިންސާފު ވެރިވުމަކީ ހުރިހާރަށެއްގަ ވެސް ގޯތި ވިއްކުން. އިންސާފަކީ މާލެ މީހުންނަށް މާލެއިން ވާރުތައިން ލިބޭ ބިންކޮޅު ދޫކުރާގޮތަށް އަތޮޅުތެރޭގެ ބިިޔަބޮޑުބިން ވެސް ދޫކޮށްލީމަ ފްލެޓް ލިބުން. މިއަށްކިޔަނީ އިންސާފު
އާދަނ
16 June 2025
ސޯސަލްހައުސިންދިނުމައް ޤާނޫންގަވަނީކިހިނެއްތޯ ބަލާބަ އެޗް،ޑީ،ސީ އިންހިޔާފުލެޓް ދީފައިވަނީ އެތަންއެއްކޮއް ނިންމާފަތޯ އެތަނައްވަދެތިބިމީހުން ވަދެތިބީ ބޮޑެތި ލޯނުތައް ނަގައިގެން އެތަންއަމިއްލަޔައް ހަދައިގެން ތަން ދިނުމުން އެޗް،ޑީ،ސީ އައް ނިމުނީ ތަނުގެސެކިއުރިޓީ ސިސްޓަމް ބެލެހެއްޓުމެއްނެތް ލިފްޓްތަކުގަ އަބަދު މައްސަލަޖެހިފަ އިތުރު ލިފްޓް ހަރުކުރަން ކިޔާތާ އަހަރުވަނީއެކަންވެސްވީކީނޫން މެއިންޓަނަންސްއައް1000ރ އެބަނަގާކޮންތާކައްމިވައްދަނީލިބޭރުފިޔާތައް.