ވިލިމާލެ މަތިން ނަގާފައިވާ ފޮޓޯއެއް: ވިލިމާލޭގައި އަޅަން ނިންމި މިސްކިތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރާނެ.
18 ޖޫން 2025 - 11:09
ވިލިމާލޭގައި މަސްޖިދުއްސަލާމް ހުރި ތަނުގައި ބޮޑު މިސްކިތެއް އަޅަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ އެ މިސްކިތް ބިނާކުރަން ހެޔޮ އެދޭ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންވެ ދެ އަހަރު ތެރޭ ނިންމާ ގޮތަށް ހަވާލުކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
އެ މިސްކިތް އަޅަން ނިންމާފައި ވަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ގުރުއާން ކިޔަވައި ދިނުމާއި އިލްމީ ކަންކަމަށް ބޭނުންކުރެވޭ ކްލާސްރޫމްތައް ވެސް ހިމެނޭހެންނެވެ.
މިސްކިތް އަޅަން ހަވާލުކުރަން ނިންމާފައިވީ ނަމަވެސް އެކަމަށް ދަނީ ކިހާ ހަރަދެއް ކަމެއް އަދި ނުބުނެ އެވެ.
ވިލިމާލޭގައި މަސްޖިދުއްސަލާމްގެ އިތުރުން ވެސް ދެ މިސްކިތް ހުރެ އެވެ. އެއީ މަސްޖިދުލް އިހުލާސް އާއި މަސްޖިދުލް ބިއްރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓްރާންސްޕޭރަންޓް
18 June 2025
ހެޔޮއެދޭ ފަރާތުގެ ނަން ސިއްރު ކުރަނީތޯއެވެ؟؟؟؟؟؟؟
ވބޭނުންވާކަމެއް
18 June 2025
މިއީ ވވވވވ ރަނގަޅުކަމެއް. ހާއްސަކޮށް ކޮންމެ މިސްކިތެއްގައި ބެލެނިވެރިންގެ އަތުން ކުޑަ ފީއެއް ނަގައިގެން ވިޔަސް ކުޑަކުދިންނަށް ގުރުއާން ކިޔެވޭނެ ގޮތް ހަދައިދިނުން ވ މުހިއްމު. ކުޑަ ކުދިންނަށް ގުރުއާން ކިޔަވަދޭން ގެއަށްގެންނަ ޓީޗަރުން ބޮޑު އަދަދެއް ބެލެނިވެރިން އަތުން ނަގާފަ ކުލާސް ނަގައިދޭން ނައުންވެފައިވަނީ ވ ބޮޑު ގެއްލުމަކަށް. ޕްރައިވެޓް ގުރުއާން ކުލާސްތަކުގެ ގަޑިތައް އިންނަގޮތުން ވަޒީފާއަށްދާ ބެލެނިވެރިންނަށް މަޖުބޫރުވޭ ޕްރައިވެޓް ޓިއުޓަރ އެއް