އަޅުކަމަށް ފަހު ހައްޖުވެރިއަކު ވެލާނާ އެއާޕޯޓުގައި. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
18 ޖޫން 2025 - 12:12
ހައްޖުގެ އަޅުކަމަށް ފަހު ދިވެހި ހުރިހާ ހައްޖާޖީން ރާއްޖެ އަތުވެއްޖެ އެވެ.
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން މި އަހަރު 1،000 މީހުން ހައްޖަށް ދިޔަ އެވެ. ފުރަތަމަ ގްރޫޕު ރާއްޖެ އައީ މިދިޔަ ހުކުރު ދުވަހެވެ.
ދެވަނަ ގްރޫޕް މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައިއިރު، ތިން ވަނަ ގްރޫޕް އައީ މިދިޔަ ހޯމަ ދުވަހެވެ. އެންމެ ފަހު ގްރޫޕް ރާއްޖެ އައީ އިއްޔެ އެވެ.
ހައްޖުވެރިން ރާއްޖެ އަންނަން ވާއިރަށް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ ފްލޫ ކްލިނިކެއް ހުޅުވައިފަ އެވެ. ރޯގާ/ހުމުގެ އެއްވެސް އަލާމާތަކާއި ސިއްހީ އެހީތެރިކަމެއް ބޭނުންވާ ނަމަ އެ ކްލިނިކަށް ޒިޔާރަތްކުރަން ދެ ހޮސްޕިޓަލުން ވެސް ވަނީ އެދިފަ އެވެ.
އަޅުކަމަށް ފަހު ހައްޖުވެރިއަކު ވެލާނާ އެއާޕޯޓުން ނުކުމެގެން ދަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފްލޫ ކްލިނިކުން ފަރުވާ ހޯދަން ފުރަތަމަ ޖެހޭނީ އީއާރު ޓްރައޭޖަށް ދާށެވެ. އެއަށް ފަހު، ފްލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިއުމަށް އިރުޝާދު ދޭނެ އެވެ.
ހައްޖާއި އުމްރާގެ އަޅުކަން ނިންމުމަށް ފަހު މީހުން އަނބުރާ ރާއްޖެ އަންނަ ދުވަސްވަރު ރޯގާތައް އިތުރުވެ އެވެ. ހައްޖުވެރިން ހައްޖުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި، ރޯގާއެއް ހުރި ނަމަ ޑޮކްޓަރަށް ދައްކައި ދަތުރުގެ ހިސްޓްރީ ކިޔައިދޭން ވެސް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.
ހައްޖުވެރިން އެނބުރި އައުމަށް ފަހު، ބޮޑެތި އެއްވުންތައް ދެ ހަފުތާ ވަންދެން ނުބާއްވަން ބައެއް ހޮސްޕިޓަލްތަކުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް ފުރަތަމަ ހަފުތާގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން ގެނެސްގެން އެއްވުންތައް ނުބާއްވަން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައެމީހުން
18 June 2025
ބައެއް ބީހުން ހައްޖަށް ދިޔައީ ނަމެއްގައި. ދިޔައީ ޗުއްޓީ ހަދާލަން
ަސްކޭމްލޭންޑް
18 June 2025
ހައްޖުވެރިޔާ ދައްކާ ލާރިން ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން އަދި ގާތް އެހެން މީހުންނަށްވެސް ހައްޖައްދެވޭ. އަދި ހަމަ އެގޮތަށް ޖާގަ ތައްވެސް ގާތް ތިމާގެ އަދި ރައްޓެހިންނަށް ދީ ފުރާލަނީ. އިންސާފަކީ ކޮބާ ކަމެއް ނޭގެ، ހަލާލު ގޮތަކީ ކޮބައިކަމެއްވެސް ނޭގެ. މިއީވެސް ވައްތަރެއްގެ ސްކޭމެއް. ޒަކާތުގެ ފައިސާއިން ރާއްޖޭން ބޭރަށް މީހުން ކިޔަވަން ފޮނުވާފަދައިން.