އިރާނުގެ ހަމަލާތަކުން ގެއްލުންވި ސަރަހައްދުތައް ބަލަން އިއްޔެ ނަތަންޔާހޫ ކުރި ޒިޔާރަތުގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ
20 ޖޫން 2025 - 06:19
އިރާނުގެ ހަމަލާތަކުން ވޭން ހުރި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެއްޖެ ކަމަށް އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނެފި އެވެ.
"އިޒްރޭލަށް އެތައް ގެއްލުންތަކެއް ވެއްޖެ. އަދި އެއީ ވޭން ހުރި ގެއްލުންތަކެއް،" ނަތަންޔާހޫ ކޮންމެ ދުވަހަކު ވީޑިއޯ މެދުވެރިކޮށް ދޭ މެސެޖުގައި ބުނެފައިވާ ކަމަށް ޓައިމްސް އޮފް އިޒްރޭލުން ރިޕޯޓް ކޮށްފައި ވެ އެވެ.
ނަތަންޔާހޫ ބުނީ "އިޒްރޭލަށް އުނދަގޫ މި ދަނޑިވަޅުގައި" އެމެރިކާ އިން އިޒްރޭލާ އެކު ތިބިިކަން ހާމަކުރުމުން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ޓްރަމްޕާ އެކު ކޮންމެ ދުވަހަކު މަޝްވަރާ ކުރާ ކަމަށް ނަތަންޔާހޫ ބުންޏެވެ.
އިރާނުގެ ހަމަލާތަކުން ގެއްލުންވި ސަރަހައްދުތައް ބަލަން އިއްޔެ ނަތަންޔާހޫ ކުރި ޒިޔާރަތުގެ ތެރެއިން --- ފޮޓޯ: އޭއެފްޕީ
"ރޭ ވެސް އަހަރެމެން ވަރަށް ދިގުކޮށް ވާހަކަ ދެއްކިން،" ނަތަންޔާހޫ ބުންޏެވެ.
އިޒްރޭލުން އިސްވެ އިރާނަށް، މިދިޔަ ހުކުރު ދުވަހު ދޭން ފެށި ހަމަލާތަކުގައި އިރާނުގެ 630 އަށް ވުރެ ގިނަ މީހުން އިޒްރޭލުން ވަނީ މަރާލައިފަ އެވެ. އަދި 1،300 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލި އެވެ.
އިރާނުން ރައްދުގައި ދިން ހަމަލާތަކުގެ އިޒްރޭލުން މަރުވެފައި ވަނީ 24 މީހުންނެވެ. އިރާނުން ބުނީ އެ ގައުމުގެ ހަމަލާތަކުގެ ބޭނުމަކީ އާންމުން މެރުން ނޫން ކަމަށެވެ. ހަމަލާ ދެނީ އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި އަސްކަރިއްޔާ އަށް އަމާޒުކޮށް ކަމަށް އިރާނުން ބުންޏެވެ.
އެހެންވެ އިރާނުގެ ހަމަލާތަކުގައި އިޒްރޭލުން މަރުވި އަދަދު ވެސް މަދެވެ. އިޒްރޭލުން މަރުވީ 24 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމިނާ
21 June 2025
އެމެރިކާނޫ.
މަޒްހަބް
20 June 2025
އިސްލާމްދީނަށް ނަސްރު ހޯދައިދޭ ބަޔަކީ އިރާންގެ މުސްލިމުން. ސައޫދީ، އުރުދުން އަދި މިސްރު ފަދަ ގައުމުތައް އެތިބީ ފަލަސްތީން ރައްޔިތުން މަރާ އިޒްރޭލަށް ތާއީދުކޮށް މަދަދު ދީގެން. ދެން ދިވެހި އިލްމުވެރިން މިކަމަށް ކީކޭބާ ބުނާނީ؟
ޖިލް
20 June 2025
ނަތިންގ ޔާ ހޫ! ހޯހޯ
އައްލާ ބެއްޔާ
20 June 2025
ދެން ކީއްކުރަން މާ ގައްޑާވެގެން ގޮސް އިރާނަށް ހަމަލާދިނީ.. އެމެރިކާ ނެތިއްޔާ އެއްވެސް ކަމެއް ވަނީކީނޫން. ހަމާސް ބަލި ނުކުރެވުނު ބަޔަކު ކިހިނެއް އިރާން ބަލި ކުރާނީ.
މީޑިޔާ ސްޓަންޓް
20 June 2025
އެމެރިކާއިން ފިަޔަވަޅު އެޅުމުގެ ކުރިން އެމެރިކާގެ ރައްޔިތުންގެ ތާއީދު ހޯދަން ކުރާކަމެއް. ތިމީހުން ބޭނުމިއްޔާ އީރާނުން ފޮނުވާ ހުރިހާއެއްޗެއް ވައްޓާލެވޭނެ ގާބިލްކަން އަސްލު ހުންނާނެ. ހަމާސްގެ ހަމަލާވެސް އެނގިތިބެ ނުހުއްޓުވާތިބީ އެބޭނުންކޮށް ޔޫރަޕާ އެމެރިކާގެ ރައްޔިތުންނަށް އެމަންޒަރު ދައްކައި މުޅި ގާޒާ އެއްކޮށް ފުނޑާލަންވެގެން. މިވެން ހަމަ އެހެން ކުރާކަމެއް. އެމީހުންގެ ހިޔަޅުކަން ގިނަ މުސްލިމުންނަށް އަދިވެސް ނުވިސްނޭ.
ޖަންބޯ
20 June 2025
ކޮބާތަ އެއްކަލަ ދިވެހި ޑިޕްލޮމެޓް (ސްޕެޝަލް ރެޕެޓޮއަރ) . އެކަލޭގެ ބުނަނީ ކީކޭތަ.
ތަބޫކު
20 June 2025
އެއްކަލަ ސިމްޕަތީ ކާޑު ކުޅެން ފެށީ، ހަމުދަރުދީ ހޯދަން، އެތައް ހާސް އިންސާނުންނެއްގެ ޤާތިލު
މާކޮސް
20 June 2025
އެހާއިނުން ޖުއްބަނުލާތީވެ ނޭގެނީއޭ ފޮނިކަނޑަން
މާބުރާ ކޮކާ
20 June 2025
ފޮޓޯއިން ފިރުއައުނާވެސް ވ. ވައްތަރު.
ރަބަތު
22 June 2025
ފިރުއައުނު ދުށިން؟
އިސްލާހު ކޮށްލާ
20 June 2025
ތިޔަ އާރޓިކަލް ލިއުނު އިރު ތިޔަ ނުބައި ނުލަފާ އަނިޔާވެރި ނަތަންޔާހޫ އަށް ތިހާ މާތް ބަހަކުން މުހާތަބުކޮށް ލިއުނީ ކީއްވެ؟ ގައިމު ރާއްޖޭގަ ކުށް ކުރާ މީހުންގެ ޚަބަރު ގެންނެސް ދެނީ ވަރަށް ހުތުރުވިހާ ގޮތަކަށް. ސަރުކާރަށް ތާއީދު ކުރާ ނޫހަކަސް ނަތަންޔާހޫ އަށް ރީތިބަހުން ލިޔުން ބަލާ ނުގަންނަން.
ދުރުމި
20 June 2025
އަހަރެމެންގެ ހިތަށް ފިނިކަން ގެނެސްދޭ އުފާވެރި ފޮޓޯ ތަކެއް. ޝުކުރިއްޔާ އީރާން