ހައުސިން މިނިސްޓަރު މުއްތަލިބު ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް
20 ޖޫން 2025 - 15:18
ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވެހި" ފައިނޭންސިން ސްކީމަށް ޝަރުތު ހަމަވާ މީހުންނަށް ލޯނު ދޫކުރުމުގެ މަސައްކަތް ލަސްވެގެން އަންނަ މަހު ފަށަައިގަނެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ފަސް ޕަސެންޓުގެ އިންޓްރެސްޓުގައި ދޫކުރާ އެ ލޯނަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 2،256 ފޯމު ހުށަހެޅި ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި އެ ސްކީމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ހޯރަފުށި ދާއިރާގެ މެމްބަރު އަލީ މޫސާ ކުރެއްވި ސުވާލެއްގެ ޖަވާބުގައި ހައުސިން މިނިސްޓަރު ވިދާޅުވީ، އެއީ ސަރުކާރުން ފަސް ޕަސެންޓަށް ސަބްސިޑައިޒް ކޮށްގެން ކުރިއަށް ގެންދާ ސްކީމަކަށް ވާތީ، މިހާރު ކުރިއަށް ގެންދަނީ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ އެކު، އެއްބަސްވުންތަކުގައި ސޮއިކުރުން ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާ އެކު، ސޮއިކުރެވުނުހާ އަވަހަކަށް އެ ތަންތަން މެދުވެރިކޮށް އިވެލުއޭޝަން ހަދައ،ި ޝަރުތު ހަމަވާ މީހުންނަށް ލޯނު ދޫކުރުން ކުރިަށް ގެންދާނެ އެވެ.
"ދެން އިރާދަކުރެއްވިއްޔާ މި މަސް ތެރޭގައި، އެންމެ ލަސްވެގެން ޖުލައި ކުރީކޮޅު، އަޅުގަނޑުމެންނަށް ލިބިފައި ހުރި އެޕްލިކޭޝަންތައް އެ ބޭންކުތަކަށް ފޮނުވައިގެން މަސައްކަތް ފަށައިގަނެވޭނެ ވާހަކަ ދަންނަވައިލަން،" މިނިސްޓަރު ވިދާޅުވި އެވެ.
ހިޔާވެހި ސްކީމުގެ ދަށުން ތިން ކެޓަގަރީއަކުން ލޯނު ދޫކުރެ އެވެ. އެއީ؛
• ރަށްވެހި / ހުރިހާ ރަށަކަށް ދޫކުރާ އެއް މިލިއަން ރުފިޔާގެ ސްކީމް
• ސަހަރު / އާބަން ސަރަހައްދުތަކަށް ދޫކުރާ ތިން މިލިއަން ރުފިޔާގެ ސްކީމް
• ފަހިމާލެ / މާލެ ސަރަހައްދަށް ދޫކުރާ ހަ މިލިއަން ރުފިޔާގެ ސްކީމް
ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެންމެ ގިނަ ފޯމު ލިބިފައި ވަނީ ރަށްވެހި ކެޓަގަރީންނެވެ. އެ ކެޓަގަރީގެ ދަށުން 1،329 މީހަކު ފޯމު ހުށަހަޅާފައިވެ އެވެ. ސަހަރު ކެޓަގަރީން 586 މީހަކު އަދި ފަހިމާލެ ކެޓަގަރީން 341 މީހަކު ފޯމު ހުށަހަޅާފައިވެ އެވެ.
ބީއެމްއެލް އާއި އެޗްޑީއެފްސީ އަދި އެމްއައިބީއާ އެކު ކުރިއަށް ގެންދާ މި ފައިނޭންސިން ޕްރޮގްރާމުން ލޯނު ދޫކުރަނީ 5-10 ޕަސެންޓުގެ އިކުއިޓީ ރޭޓުގަ އެވެ. އެ ސްކީމުގެ ދަށުން ލޯނު ނަގާ މީހުންނަށް ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ދޭނެ އެވެ. އަދި އެއް މިލިއަން ރުފިޔާގެ ސްކީމުގައި ބައިވެރިވާ މީހުން އިކުއިޓީގެ ގޮތުގައި އެއްވެސް އަދަދެއް ދައްކަން ނުޖެހޭނެ އެވެ.
ގެދޮރު އަލަށް އިމާރާތް ކުރުމާއިި މަރާމާތު ކުރުމާއި އަދި ހަދަން ފަށައި، ނުނިމި ހުރި މަސައްކަތްތައް ކުރަން ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކަށް ވާތީ، އެ ވައުދު ފުއްދުމަށް "ހިޔާވެހި ފައިނޭންސިން ސްކީމް" ތައާރަފުކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. މި އަހަރު މި ލޯނު ދިނުމަށް އެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟމމމ
20 June 2025
ކުޑަ އިންޓަރެސްޓެއްގެ މާނައަކީ ކުޑަ ރިބާ ހިމެނޭ ގޮތަށޭ ދޮއްތޯ! އަނެއްކޮޅުން 10 އިންސަތައާ ހަމައަށް ވީމަ ކުޑައެއްވެސް ނޫން. ކުޑަ ރިބާ އެއްވިޔަސް ހިމެނޭ ލޯނެއްވެސް މަށެއް ބޭނުމެއް ނޫން. އެނގޭތޯ.
ގުލްމާ
20 June 2025
މިސަރުކާރުގައި އަބަދުވެސް އޮންނާނީ މިއަންނަ މަސް ފަޝަނީ ހަމަޖެހެނީ ހަމަޖެހޭހޭނެ ފައްޓަނީ ކުރަނީ ލިބޭނެ ވަރަށްއަވަސްވާނެ . މިދެން ކިހާ ބޮޑު ކަމަކައްވެއްޖެ.
ފޭމް
20 June 2025
ރީތި ކޮށްލަން ކޮންމެ ނަމެއް ކިޔާފައި %0.01 އިތުރަށް ދައްކަން ޖެހެންޔާ ވާނީ ރިބާ އަށް.
ވެންމަސް ވެނަށް
20 June 2025
އެމްއައިބީ އިން ލޯނެއް ނަގާގެން އެޗްޑީއެފްސީ އަދި ބީއެމްއެލް އަށް ދޭކަމަށް ދަރަނި އޮފީހުގެ މައުލޫމާތުން ދައްކަނީ. ވެންމަސް ވެނަށް ކާންދިނުންތީ. ތީގެން ބިކަވާނީ ރާއްޖޭގެ މާލީ ނިޒާމު.
ގުނބޯށި
20 June 2025
5ޕަސެންޓޭކިޔާފަ ފެށީ. ނިމުނު އިރު މިވީ 5-10 ޕަސެންޓަށް އަޅެ ފަހެ އޮޅުވާލުންނޫންކަމެއް މިމީހުން އެބަ ކުރޭތަ؟ ޔަގީން މާލޭ މީހާއަށް 5 ޕަސެންޓް ދީފަ ރާއްޖެތެރޭ މީހާއަތުން 10 ޕަސެންޓް ނަގާގޮތަކަށްނޫނީ ތިކަމެއްނުނިމޭނެ. އިކުއިޓީއޭ އޭއްޗެކޭކިޔާފަ ހަދާނީ މިހެން.
ދިއްދޫމީހާ
20 June 2025
ކަލޭމެން ދަަައުރު ނިންމާލާނީ އަންނަ މަހު އަންނައަހަރު ކިޔާލަ ކިޔާލާ..
ސާލްނީމް
20 June 2025
އާދޭސްކޮއްފަ ބުނަން، އަންނަމަހޭ ނުކިޔަ ތި ލޯނު އަވަހަށް ލިބޭނެ ގޮތް ހަދާލަދީ. މިކަމަށް މަޑުކޮއްގެން ހުންނަތާ މީހާރު 8 މަސް މިވަނީ.
ހާއިބްރީ
20 June 2025
ސަރުކާރުން ބޭނުންވަނީ ރައްޔިތުން ދަރަނިވެރި ކުރުވައިގެން އެމީހުންގެ ކައިރީ އަބަދުވެސް ސަލާންޖަހައިގެން ދިރިއުޅެން…ސަލާން ނުޖަހައި ދިރިއުޅޭނަމަ ކަމަކުނުދާނެ
ސަލާންނުޖެހުން
20 June 2025
ސަލާންނުޖަހާ އުޅެންބޭނުންވާ ކޮންމެމީހަކުވެސް ޖެހޭނީ މަސައްކަތްކޮއް ފުދުންތެރިވާންދޯ ގިނަމީހުންނައް މިހާރު ކަމުދަނީ މަސައްކަތްކޮއް އާމްދަނީ ހޯދުމައްވުރެ ސަލާންޖެހުން.