އިރާނުގެ އެންމެ އިސް ލީޑަރު އަލީ ހާމަނައީ އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން، މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: --- ފައިލް ފޮޓޯ: އޭޕީ
20 ޖޫން 2025 - 20:49
އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް މިހާރު ދެމުންދާ ހަމަލާތަކުގައި އެ ގައުމުގެ އެންމެ އިސް ލީޑަރު އަލީ ހާމަނާއީ އަވާހަރަކޮށްލައިފި ނަމަ އެކަން އާދައިގެ ގޮތަކަށް ނުނަގާނެ ކަމަށް ރަޝިއާ އިން ބުނެފި އެވެ.
އެ ގައުމުގެ ރައީސް ލަޑިމިއާ ޕުޓިންގެ ތަރުޖަމާން ޑިމިޓްރީ ޕަސްކޯވް ވިދާޅުވީ، ހާމަނާއީ އަވާހަރަކޮށްލައިފި ނަމަ އެކަމުން އުފެދޭ ހަމަނުޖެހުން މާ ނުރައްކާ ވާނެ ކަމަށެވެ.
އިރާނާއި ރަޝިއާއާ ދެމެދު މިދިޔަ ޖެނުއަރީ މަހު ވަނީ ސްޓްރެޓެޖިކް އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެ ދެ ގައުމުގެ ދެމެދުގައި އަބަދުވެސް ގާތް ގުޅުމެއް އޮވެ އެވެ.
އިޒްރޭލްގެ ޑިވެންސް މިނިސްޓަރު އިޒްރައެލް ކަޓްޒް އިއްޔެ ބުނީ އިރާނަށް ދެމުންދާ ހަމަލާތަކުގެ މަގުސަދަކީ ހާމަނާއީ އަވާހަރަކޮށްލުން ކަމަށެވެ.
އޭނާގެ ވާހަކަ އަށް ރައްދު ދެއްވަމުން ޕުޓިންގެ ތަރުޖަމާން ޕަސްކޯވް ވިދާޅުވީ ހާމަނާއީ އަވަހާރަކޮށްލައިފި ނަމަ އެކަމާ ރަޝިއާ އިން ކުރިމަތިލާނީ "ނެގެޓިވްކޮށް" ކަމަށެވެ.
ޕަސްކޯވް ވިދާޅުވިގޮތުގައި، ހާމަނާއީ އަވާހަރަކޮށްލުމުން ބަދަލު ހިފަން އިރާނުން ނުކުންނައިރު ހަރުކަށި ވިސްނުންތަކެއްގައި ބަޔަކު ނުކުމެދާނެ އެވެ.
އޭނާ ވިދާޅުވީ އިރާނުގެ ވެރިކަން ބަދަލު ކުރަށް އިޒްރޭލުން ކުރާ މަސައްކަތް ބަލައި ނުގަންނާނެ ކަމަށެވެ.
ރަޝިއާގެ ރައީސް ޕުޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ގޮވާލެއްވީ އިޒްރޭލާއި އިރާނުން ވެސް ހަމަނުޖެހުންތައް ހުއްޓާލުމަށެވެ. ކުރިމަތިލުންތަކުގެ ތެރެއަށް އެމެރިކާ ނުވަނުމަށް ވެސް ޕުޓިން އާއި ޝީ ޖިންޕިން ވަނީ އެމެރިކާ އަށް ގޮވައިލައްވައިފަ އެވެ.
އެ ދެ ލީޑަރުން ގަބޫލުކުރައްވާ ގޮތުގައި ހަމަނުޖެހުންތައް ހުއްޓުވަން ނޫޅެ އެމެރިކާ ހަމނގުރާމަ އަށް ވަނުމަކީ މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯހުން ގޯހަށް ހިނގައިދާނެ ސަބަބެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީރުބަލް
20 June 2025
އީރާނާމެދު އިންޑިޔާއިން ބުނަނީ ކީކޭބާ. އީރާނުގެ ހާލަތާ އިންޑިޔާގެ އިގުތިސޯދު ގުޅިފައި ނެތީބާ.
ރަދީފްއޮފިޝަލް / ރަޝިޔާ ޒިންދާބާދް
20 June 2025
ސާބަހޭ ރަޝިޔާ.އެބަޔަކު ހިތް ނޭދޭ ކޮންމެ ވެރިޔަކު އަވާހަރަކޮށްލާ އުސޫލު ގެންގުޅެ އެކަން ކުރަން ވެއްޖެނަމަ ދުނިޔޭގެ ސުލްހައް ނޯންނާނެ.އެހެންވީމަ އިޒްރޭލުގެ ޕޮލިސީތަކާއި ދެކޮޅަށް މުޅި ދުނިޔެ ތެދުވެ އަޑު އުފުލަން ޖެހޭ.އިޒްރޭލް މުރްދާބާދް.