އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ ފިރިހެން މީހާ.
20 ޖޫން 2025 - 21:18
ހުޅުމާލޭގައި ކަފިހި ހުރަހަކުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވުމުން މަޑުނުކޮށް ދިޔަ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނީ ހުޅުމާލެ 1 ގެ ނިރުކޮޅުމަގުގައި މިދިޔަ ހޯމަ ދުވަހު ކަފިހި ހުރަހުން މީހަކު މަގު ހުރަސް ކުރަނިކޮށް ސައިކަލަކުން ޖެހި އެކްސިޑެންޓްވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވީ 54 އަހަރުގެ ދިވެއްސަކަށެވެ. އެ ފިރިހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ނަމަވެސް، އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
އެ އެކްސިޑެންޓުވުމުން ވެސް މަޑުނުކޮށް ދިއުމުން ފުލުހުން ވަނީ ސައިކަލު ދުއްވަން އިން މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ. އެއީ ގއ. މާމެންދޫ، މޫންލައިޓްވިލާ، މުހައްމަދު ނާޝިއު އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ހަ ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.
ފުލުހުން ބުނީ އެ ފިރިހެނަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖހޖނ
20 June 2025
ތި ހިއެއް ނުވޭ ހަމައިގަ ހުރި އެއްޗެއް ހެނެއް ވެސް
ހައިބުރިޑެއްދޯ
20 June 2025
އެކްސިޑެންޓަކަށް ކީއްކުރަން އެކައްޗަކަށް ވެސް މަޑު ނުކުރާނެކަން ބަލާލީމަވެސް އެނގެއެއްނު.
ރާއްޖެ
20 June 2025
ކޮބާ މީނާގެ ކްރިމިނަލް ހިސްޓްރީ؟
ރަދީފްއޮފިޝަލް / އިސްތަށި
20 June 2025
މިހާރު އުޅޭ ޒުވާނުންގެ އިސްތަށިގަނޑު ހުންނަ ގޮތެއް ދޯ.
ޖހޖހޖ
20 June 2025
ކަރަންޓުގަ ޖެހިފަ އެހުރީ އެސޮރު