ރައީސް ޑރ. މުހައްމަދު މުއިއްޒު--
14 ޖުލައި 2025 - 10:04
ރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ނިޔާވުމުން އެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރޭ ހިނގި އެ އެކްސިޑެންޓުގައި ނިޔާވީ ސައިކަލު ދުއްވަން އިން 17 އަހަރުގެ އަލްސަންއަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅެވެ.
އެ އެކްސިޑެންޓްގައި އަނިޔާވުމުން މިހާރު ފަރުވާ ދެމުންދނަީ މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހާއަށާއި ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށެވެ.
ރޭ އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުހައްމަދު؛ އޭނާ އަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ)ގެ ހަމަ އެކަނި ދަރިފުޅު--
ރައީސް މުއިއްޒު މިއަދު "އެކްސްގައި" ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ހަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ.
ނިޔާވި ކުއްޖާގެ އާއިލާއަށް ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފައި އެވެ.
އެމަނިކުފާނު ވަނީ އެކްސިޑެންޓުގައި އަނިޔާވެ، ފަރުވާ ހޯދަމުންދާ 16 އަހަރުގެ ކުއްޖާ އާއި 40 އަހަރުގެ މީހާއަށް އަވަސް ޝިފާއަށް އެދިވަޑައިގެންފަ އެވެ.
ރޭގެ އެކްސިޑެންޓުގައި ޕިކަޕުގައި ޖެހުނު ސައިކަލް ބިންމަތީގައި. -- ފޮޓޯ: ނިޝާން އަލީ/މިހާރު
އެކްސިޑެންޓުގައި ޒަހަމްވި މީހާ އަށް ފަރުވާދެނީ ވެންޓިލޭޓަރުގަ އެވެ. އަދި 16 އަހަރު ކުއްޖާ މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ.
ނިޔާވި އަލްސަންގެ ޖަނާޒާ ބާއްވަން ނިންމާފައި ވަނީ އާސަހަރާގައި މިއަދު އަސްރު ނަމާދަށްފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮލާލް
14 July 2025
ގދ. ގައްދޫ އިން ނިޔާވި ބޭބެ އަލިފް އަތޮޅުން މަރާލާފަ އޮތް ބޭބެ އަށް ތައުޒިޔާ ނުފޮނުވީ ނިކަމެތިންނަށް ވީމަ ތޯ؟
ފެންސު
14 July 2025
މިކަހަލަ ޅައެއްޗެތި އަޅުއްވަނީ ކީއްވެތޯ؟ ތިޔައީ ރައްޔިތުންގެ މީހެއް. ހުރިހާ އެންމެނަށް އެއްހަމަޔަކުން ކަންކަން ކުރައްވާ. މީ އެހެންނޫނަސް ކިޔާދޭންޖެހޭ ކަންކަމެއްވެސް ނޫން.
ބަބްސް
14 July 2025
މާޅޮހު އަބްދުއްރަހުމާން އަދި ގައްދޫ ޒަކަރިއްޔާބޭ ގެ ވާހަކަ އަދި ނުލިބޭކަމަށް މިބަލަނީ. އެހެން ނަހައްދަވާ ..
ރައީސާ
14 July 2025
ރައީސަށް މި ޚަބަރު މިލިބުނީ ހާދަ ފަހަކުންނޭ ދޯ!!
ޓޮކްސިކްކޮމެންޓާރސް
14 July 2025
ރައީސް ބޭނުން މީހަކަށް ބޭނުން ހާދިސާއަކަށް ތައުޒިޔާ ކިޔުމުގެ އިހްތިޔާރު އޮންނަން ޖެހޭ ރައީސަކީ އިންސާނެއް އަދި ބައްޕައެއް ހާދިސާގައި މަރުވީ ދެމަފިރިއެއްގެ ހަމައެކަނި ދަރިފުޅު ވަރަށް ޅައުމުރުގައި
ރޮކް123
14 July 2025
މީކީ އެއްވެސް ސަރުކާރަކަށް މާ ސީރިއަސް މައްސަލައަކަށް ވާހެނެއް ނުފެނޭ. މަގެއްގެ މަތިން ޕޮލިހެއް ފެންނަނީކީ ނޫން. މަރުތައް ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުން. ތިލަމާލެ ބްރިޖް އެޅީމަ އަދިވެސް ވާނީ މިދާރޭޓުން ދަންޔާ މައްޗަށް! ހިތާމަހުރި
ނުބީހެންޏާ ކަނޑާހަމަ
14 July 2025
ދެން އަނެއްކާ އެޔޮށް ފަސޭހަ މަގުގައި ސުޕީޑު ބުރޭކަރު ހަރުކުރާނިއްޔެއްނޫން. ގޮތެއް ފޮތެއް ނެތި ދުއްވާ މީހުން ހިފާ ހައްޔަރުކޮށް ކުޑަ ގޮޅިޔަށް ލާފަ ބައިތިއްބަންވީ. މިއަދުވެސް މަރުވެދާނެ
ވެރިޔާގެ
14 July 2025
ވެރިމީހާ ތައުޒިޔާ ކިޔާއިރު ހަމަހަމަ ވާން އެބަޖެހޭ. ވަކި މީހެއްގެ ދަރިއެއް ވީމާ ތައުޒިޔާ ކިޔުން ދޫކޮށްލަންޖެހޭ. ނޫނީ މިފަދަ ކޮންމެ ހާލަތެއްގައިވެސް ތަޢުޒިޔާ ކިޔުއްވާ...........މާތް ﷲ އަލްސަންގެ ފާފަ ފުއްސަވާ ރަޙުމަތް ލައްވާށި
ޑރ ވާންޗޯ
14 July 2025
ގައުމަށް އާވެރިޔަކު ހޮވީ ވަރަށް އުންމީދާއެކު، ސުވާލަކީ ފުރިހަމަވީ ކޮން އުންމީދެއްބާއޭ؟.
ގުރާ
14 July 2025
މިއަދުވެސް ދެމަފިރިއެއްގެ ހަމައެކަނި ދަރިފުޅު ނިޔާވެއްޖެ! އޭގެކުރީދުވަހު ކޮންމެވެސް ރަށެއްގައި މުސްކިޅިބޭބެއަކު ނިދަން އޮތްވާ ރަހުމުކުޑަގޮތަކަށް މަރާލެވުނު. ރައީސްގެ ތައުޒިޔާއެއް ނުލިބޭ! މިއީ ވަކިމީހަކަށް ތައުޒިޔާކީތީ ބުނާ ވާހަކައެއްނޫން! ލައިސަންސްނެތް އުމުރުހަމަނުވާ ކުދިންނަށް ދުއްވާއެއްޗެހި ހަވާލުކުރާ މީހުންނާމެދު ފިޔަވަޅު އަޅަންވީ! ޒިބުރާކުރޮހެއްއޮތަސް ހުރަސް ކުރާއިރު ދެކޮޅު ބަލާފައި ހުރަސްކުރާމީހާވެސް ދާންވީ!