އެމްއޭސީއެލްގެ އާ ޓާމިނަލް އަންނަ ޖުލައި 26 ގައި ހުޅުވުމަށްޓަކައި 35 ދުވަހުގެ ކައުންޓްޑައުން ހަރަކާތް އެ ކުންފުނީގެ އެމްޑީ ޝަރީރު ރޭ ދަންވަރު 12 ޖެހިއިރު ފައްޓަވައި ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
21 ޖޫން 2025 - 05:31
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް އަންނަ ޖުލައި 26 އަށް ހުޅުވުމުމުގެ ކައުންޓް ޑައުންއެއް އެމްއޭސީއެލް އިން މިއަދު ފަށައިފި އެވެ.
އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރޭ ދަންވަރު 12 ޖެހިއިރު އެ ކައުންޓްޑައުން ރަސްމީކޮށް ފައްޓަވައި ދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު އެވެ.
އެމްއޭސީއެލް އިން ނިންމާފައި ވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މި އަހަރުގެ ޖުލައި 26 ގައި ވީއައިއޭގެ އާ ޓާމިނަލް އެއްކޮށް ހުޅުވާށެވެ. އެއާ އެކު، އެ ދުވަހު އާ ޓާމިނަކް ރަސްމީކޮށް ހުޅުވުނީ އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ވައިގެ ސިނާއަތުގެ އެންމެ ބިޔަ މަޝްރޫއުގެ މަސައްކަތް ނިންމައި ހުޅުވުމުގެ ކައުންޓްޑައުން ފައްޓަވައި ދެއްވަމުން އެމްއޭސީއެލްގެ އެމްޑީ ޝަރީފު ވިދާޅުވީ، އެ ޓާމިނަލް ހުޅުވުމާ ދެމެދު އޮތީ 35 ދުވަސް ކަމަށާއި އެ ކުންފުނީގެ މުވައްޒަފުންގެ ކެރުމާއި ގާބިލްކަން އަދި ކަމެއް ނިންމަން ކުރިމަތިލައިފި ނަމަ އެ ކަމެއް އެ މުވައްޒަފުން ކުރާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އޭނާ އެމްއޭސީލްގައި ހޭދަކުރެއްވި މި ކުރު މުއްދަތުގައި ވެސް މުވައްޒަފުން އެކަން ދައްކުވައިދީފައިވާ ކަަމަށް ވިދާޅުވި އެވެ.
"ކާގޯ ޓާމިނަލް ވިޔަސް ފިއުލް ހައިޑްރަންޓް ވިޔަސް ފަޔާ ސްޓޭޝަން ވިޔަސް މިހެން ކިޔާނެ ކަމެއް ނެތް، ދާދި މިދާކަށް ދުވަހު އަޅުގަނޑުމެންނަށް ފެނުނު އަޅުގަނޑުމެންގެ މުވައްޒަފުން މޫދުން ހޮޅިލައިނެއް އަޅައިގެން އާ ޓާމިނަލާ ހަމައަށް ގެންގޮސް ކޮމިޝަންކޮށް ޕްރެޝާތައް ޓެސްޓުކޮށް މިހާރު އެ އޮތީ އާ ޓާމިނަލަށް ބޭނުންވާ ވަރަށް ފެން ދޭން ފަށާފައި،" ޝަރީފު ވިދާޅުވި އެވެ.
އެމްއޭސީއެލްގެ އާ ޓާމިނަލް އަންނަ ޖުލައި 26 ގައި ހުޅުވުމަށްޓަކައި 35 ދުވަހުގެ ކައުންޓްޑައުން ހަރަކާތް ރޭ ދަންވަރު 12 ޖެހިއިރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ ޝަރީފާއި އެހެން ބައެއް މުވައްޒަފުން.---ފޮޓޯ: ނިޝާން އަލީ| މިހާރު
އޭނާ ވިދާޅުވިގޮތުގައި އެއީ އެެމްއޭސީއެލްގެ މުވައްޒަފުންގެ ހިތްވަރާއި ބުރަ މަސައްކަތުން ހާސިލްވި ކަމެކެވެ.
"އެއްވެސް މީހަކު ގަބޫލެއް ނުކުރޭ މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރެއިން އެކަން ކުރެވިދާނެ ކަމެއް ބޭރުގެ ތެރެއިން. އެކަމަކު އެމްއޭސީއެލްގެ މީހުން ގަބޫލުކުރޭ މިކަން ކުރެވިދާނެކަން،" ދައުލަތުގެ އެންމެ ބޮޑު އަދި އެންމެ މަތީ ފައިދާއެއް ނެރެދޭ އެއް ކުންފުނީގެ މުވައްޒަފުންނަށް ތައުރީފު ކުރައްވަމުން ޝަރީފު ވިދާޅުވި އެވެ.
އެމްޑީ އެދިވަޑައިގަތީ ރާއްޖޭގެ މައި އެއާޕޯޓު ވުޖޫދަށް ގެންނަން މީގެ އެތައް އަހަރެއް ކުރިން ދިވެހިން ކުރި ބުރަ މަސައްކަތުން އިބުރަތް ލިބިގަނެ އަދި "އެމްއޭސީއެލް ވަންތަ" ވެގެން އާ ޓާމިނަލް ކުރިއަށް އޮތް 35 ދުވަހުގެ ތެރޭގައި ހުޅުވައި މުޅި ދުނިޔެ އަށް ނަމޫނާ ބަޔަކަށް އެ ކުންފުނީގެ މުވައްޒަފުން ވުމަށެވެ.
ޝަރީފު ފާހަގަ ކުރެއްވި ގޮތުގައި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރާ ބުރަ މަސައްކަތްތަކުގެ ނަތީޖާ ވަރަށް ފޮނިވާނެ އެވެ. ހާއްސަކޮށް އެމްއޭސީއެލްގެ މުވައްޒަފުންނަކީ ވަރަށް މަދު ވަގުތުކޮޅެއްގެ ތެރޭގައި އެފަދަ ކަންކަން ކޮށް އަދި ނުވާނެ ކަމަށް މީހުން ބުނާ ކަންކަން ވެސް ކުރާ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އާ ޓާމިނަލް މި އަހަރުގެ ޖުލައި 26 ގައި ހުޅުމާ ގުޅޭ ކަންކަން އެ ރޫހުގައި ކުރުމަށް އެމްޑީ އެދިވަޑައިގަތެވެ.
"ހަމަ ގައިމު ވެސް ތިޔަބޭފުޅުންނާ އެކު އެއް ސަފެއްގައި އަޅުގަނޑު ހުންނާނެ ކަމުގެ ޔަގީންކަން ތިޔަބޭފުޅުންނަށް އަރުވަން. އަޅުގަނޑު އިހަކަށް ދުވަހު ޑިޕާޓްމަންޓަކާ ބައްދަލުކޮށްފައި ދެންނެވިން އަތް ހަޑިކޮށްލަން ބޭނުން ނުވާ މީހުން ބޭނުންވާ ވަގުތެއް ނޫނޭ މިއީކީ. މޭޒު ކައިރީގައި ތިބެގެން ސޮއިކޮށްލާފައި، ލިޔެލާފައި ދިއުމުގެ އިތުރުން އަމަލީ ގޮތުން ފީލްޑުގައި މަސައްކަތް ކުރަންޖެހޭ ދުވަސް،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ، އެމްއޭސީއެލްގެ އެމްޑީގެ ހައިސިއްޔަތުން މިއަދަކީ އެ ހުރިހާ ކަމަކަށް އޭނާ ތައްޔާރުވެ ހުންނަވަން ޖެހިވަޑައިގަންނަވާ ވަގުތު ކަމަށެވެ. އެހެންވެ، އޭނާގެ ދަށުން ތިއްބެވި ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނާއި އެކްސްކޯގެ މެމްބަރުންނާއި ހުރިހާ އެންމެން ތިބީ އެ ރޫހުގައި ކަމަަށް ވިދާޅުވި އެވެ.
އެމްއޭސީއެލްގެ އާ ޓާމިނަލް ހުޅުވައި ބޭނުންކުރަން ފެށުމުގެ ވަގުތު ކުޑަތަން ވަމުން އަންނައިރު، ސަރުކާރުން ބުނެފައި ވަނީ އެ ޓާނިނަލާ އެކު، އަހަރެއްގެ މައްޗަށް 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ ޖާގަ ލިބޭނެ ކަމަށެވެ.
އެމްއޭސީއެލްގެ އާ ޓާމިނަލް އަންނަ ޖުލައި 26 ގައި ހުޅުވުމަށްޓަކައި 35 ދުވަހުގެ ކައުންޓްޑައުން ހަރަކާތް އެ ކުންފުނީގެ އެމްޑީ ޝަރީރު ރޭ ދަންވަރު 12 ޖެހިއިރު ފައްޓަވައި ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
• އެއިރޯ ބްރިޖުތައް ހުންނާނެ
• ސެލްފް ޗެކިން ސިސްޓަމްތަކުން ހިދުމަތް ހޯދޭނެ.
• އޮޓޯމެޓިކް ބެގޭޖް ހެންޑަލިން ސިސްޓަމްތައް ހުންނާނެ
• އެޑްވާންސް ވިޝުއަލް ޑޮކިން ގައިޑެންސް ސިސްޓަމްގެ ހިދުމަތް ލިބޭނެ
• 78،000 އަކަމީޓަރުގެ ޖާގަ
• އެވްރެޖުކޮށް ދުވާލަކު 8،000 ޕަސިންޖަރުންނަށް ހިދުމަތް ދެވޭނެ
• އިމިގްރޭޝަންގެ 38 ކައުންޓަރު
• އިތުރު ހަތް ޗެކިން ކައުންޓަރު
• އެއްފަހަރާ ފަސިންޖަރުންނަށް ދޭ ހިދުމަތުގެ ސްޕީޑް 20 ޕަސެންޓް އިތުރުވާނެ
އެމްއޭސީއެލް އިން މިދިޔަ މަހު ބުނެފައި ވަނީ އާ ޓާމިނަލް ބޭނުން ކުރާނީ އެ ޓާމިނަލާ އެކު، ބަހައްޓާ ހަ އެއިރޯބްރިޖާ އެކު ކަމަށެވެ. އަދި ޓާމިނަލް ހުޅުވުމަށް ފަހު، ތިން މަސްދުވަހުގެ ތެރޭގައި ކުރީގެ ޓާމިނަލުން ދެމުން އައި ހުރިހާ ހިދުމަތެއް އާ ޓާމިނަލަށް ބަދަލުކޮށް ނިންމާލެވޭނެ ކަމަށް ބުނެފައި ވެ އެވެ.
އަޅުގަނޑު އިހަކަށް ދުވަހު ޑިޕާޓްމަންޓަކާ ބައްދަލުކޮށްފައި ދެންނެވިން އަތް ހަޑިކޮށްލަން ބޭނުން ނުވާ މީހުން ބޭނުންވާ ވަގުތެއް ނޫނޭ މިއީކީ. މޭޒު ކައިރީގައި ތިބެގެން ސޮއިކޮށްލާފައި، ލިޔެލާފައި ދިއުމުގެ އިތުރުން އަމަލީ ގޮތުން ފީލްޑުގައި މަސައްކަތް ކުރަންޖެހޭ ދުވަސް"--- ޝަރީފު
ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން ކުރަން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ވަނީ ހޯދައިފަ އެވެ. އެއާ އެކު އެ ޕްރޮޖެކްޓްގެ ޖުމްލަ އަގު ހަތް ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.
އާ ޓާމިނަލްގެ މަސައްކަތް އަވަސް ކުރުމަށް 600 ލޭބަރުން ކޮންމެ ދުވަހެއްގެ ގާތްގަނޑަކަށް 18 ގަޑިއިރު އެ މަސައްކަތުގައި ހޭދަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަބިޠާ
21 June 2025
މީދިވެހިރާއްޖޭގެ މައްސަލައަކީ، އަބަދުވެސް ހަދާމިކަހަލަ ބޮޑެތި ޕްރޮޖެކްޓްތައް ރަނގަޅަށް ނުނިމެނީސް ސިޔާސީ ސަބަބުތަކަށްޓަކައި ވަކިތާރީހަކަށް ހުޅުވަން ތެޅިފޮޅިގެން ކޮލިޓީ ކޮމްޕްރޮމައިޒްކޮށް އަވަހަށް ނިއްމާލަނީ،
ހުސެންފުޅު
21 June 2025
މެޑަލް ޖަހަން އުޅުނަސް ތިކަމުގަ މަ ކްރެޑިޓް ދޭނީ ރައީސް ޔާމިންއަށް އޭނަ އަދި އެއީ މަ ސަޕޯޓް ނުކުރާ ލީޑަރަކަށް ވިޔަސް ތީ އޭނަގެ ވިޝަން އެއް އަދި އިނީޝިއޭޓް އެއް ، ހަގީގަތް ވާނީ ހަގީގަތަށް
ބެއްޔާބޭ
21 June 2025
ޓާމިނަލް އަވަހަށް ނިމެން ބޭނުން. ޢެކަމަކު އަވަސްއަރުވާލައިގެން ނިންމުމަކީ ވަކި މޮޅުކަމެއް ނޫން. 6 މަސް ވާއިރު ބާލިދީތައް ފެންނަން ފަށާފާނެ ޓާމިނަލް ތެރެއިން.
އޮނަރަބްލް އަފީފު ދީދީ
21 June 2025
ރާއްޖޭގެ އެންމެ ފުރަތަމަ އެއަރޕޯޓް GAN International Airport އާއި ރާއްޖޭގެ އުތުރުގައި އޮތް ހަނިމާދޫ އެއަރޕޯޓް ގައި "މަރުތަޅު އަޅުވައިގެން ތިބެ" ރާއްޖޭގެ އުތުރާއި ދެކުނުގެ އިޤްތިސާދަށް ހުރަސް އަޅައި ދައުލަތް ދަރަނިކޮށް އެތައް ބިލިޔަން ޑޮލަރުގެ ލޯނު ނަގައިގެން ކ.މާލޭ އެއަރޕޯޓް ހެދުމަކުން ތިރަށާއި ތިރަށުގެ ބިންވެރިންނާއި ކ.އަތޮޅު ފެންނަ ހިސާބުގައި ރިސޯޓް ހަދައިގެން ތިބި މަހުޖަނުން ނޫން ދިވެއްސަކަށް ތީގެ ސަބަބުން ލިބޭ އެއްވެސް ފާއިދާއެއް ނެތް އިގޭތޯ.
އޮނަރަބްލް އަފީފު ދީދީ
21 June 2025
ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމުގައި ވައިގަދަ ވުމުގެ ސަބަބުން ތިތަނަށް ނުޖެއްސިގެން ސިލޯނަށާއި އިންޑިޔާ އަށް އެތައް ފުލައިޓެއް ޑައިވާޓް ކުރަމުންދާއިރު ވެސް ނުވަތަ ކ.މާލޭ އެއަރޕޯޓަށް ކަމެއް ދިމާވެ އެއަރޕޯޓް ހުއްޓުމަކަށް އަންނަ ޙާލަތުގައިވެސް އޯލްޓަނޭޓިވް އެއަރޕޯޓެއްގެ ގޮތަށް އައްޑޫ GAN International Airport ނުވަތަ ހަނިމާދޫ އެއަރޕޯޓް ހަދާކަށް ވެސް މާލޭސަރުކާރު ސިޔާސަތު ކަޑައަޅާ ތަންފީޒު ކުރާންތިބި ތިރަށުމީހުން ބޭނުމެއް ނުވޭ.
ޜަސްގެ
21 June 2025
ސާބަސް
އަދުރޭސް
21 June 2025
8000×365 ކިހާވަރެއް ތޯ! 7.5 މިލިއަން ތޯ. މިހާރުވެސް 8000 ވަރަކައް މީހުނަށް ހިދުމައް ދޭ. ރިބަން ކެނޱުން ނޫން އަތުރު ކަމެއް ވެފަނެތް.
ޢަބުދާ
21 June 2025
ތިޔަ ޓާމިނަލަކީ 1 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ ދުނިޔޭގެ އެންމެ އަގުބޮޑު ޓާމިނަލް. (ސައިޒުގެ ނިސްބަތުން) ބުނެލަން ބޭނުންވަނީ ތިޔަ ޓާމިނަލް މިހާރުވެސް އޮޕަރޭޝަނަލް ގޮތުން ކުޑައޭ، އަދިހަމަ ބޭންކުރަން ފެށުމުން ޚިދުމަތް ނުދެވޭނެޔޭ އަދިވެސް އިތުރު ޖާގަ ނެތި. ހިތާމައަކީ ތިޔަ ފޮށިގަނޑަށް 1 ބިލިއަން ޑޮލަރ ހަރަދު ކުރިއިރު ތާކުންތާކު ނުޖެހޭކަން.
ހިމް
21 June 2025
ކުންފުނިން އެހާ ބޮޑަށް ފައިދާ ނެރެނީ އެއްވެސް އިންވެސްޓްމަންޓެއް ނުކޮށް. މިހާރު 10 އަހަރު ވީ އެއްވެސް އިތުރު ހިދުމަތެއް ނުލިބި އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖެއް ކޮންމެ ފަސިންޖަރެއް އަތުން ނަގަމުން އަންނަތާ. ދެން ތިޔަތަން ނިމުނީމާ އެޗާޖު ކަނޑާލަންވީނުން؟ ނޫނީ ވަކި މުއްދަތެއް ދޭންވީނުން އެޗާޖު ކަނޑާލަން؟
ފަލަޑޭ
21 June 2025
ތެޅި ގަނެގެން ކުރާ މަސައްކތުގެ ނަތީޖާ ރަގަޅެއް ނުވާނެ