21 ޖޫން 2025 - 23:30
އިރާނުގެ އަސްކަރިއްޔާގެ އިތުރު ކޮމާންޑަރެއް ވެސް އިޒްރޭލުން މަރާލާފައިވާ ކަމަށް އިޒްރޭލްގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާ މިއަދު ބުނެފި އެވެ.
އޭނާ ބުނިގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި އަވަހަރަކޮށްލާފައި ވަނީ ސައީދު އިޒާދީ ނަމަކަށް ކިޔާ ކޮމާންޑަރެކެވެ. ގިޑިއޯން ސާ ބުނީ އިޒާދީ އަވަހާރަކޮށްލީ އިރާނުގެ ގުމް ސިޓީ އަށް ދިން ހަމާލަތަކުގައި ކަމަށެވެ.
އެކަމަކު އެކަމާ ބެހޭގޮތުން އިރާނުގެ ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އިޒްރޭލްގެ ފޮރިން މިނިސްޓަރު ބުނީ އިޒާދީއަކީ ފަލަސްތީނުގެ ހަމާސް އަށް އިރާނުގެ ފަރާތުން މުއާމަލާތް ކުރާ ކޮމާންޑަރު ކަމަށެވެ.
މި މަހުގެ 13 ވަނަ ދުވަހު އިޒްރޭލުން އިވެސް އިރާނަށް ދޭން ފެށި ހަމަލާތަކުގައި އެ ގައުމުގެ އަސްކަރީ އިސް ތިން އޮފިޝަލަކު މީގެކުރިން ވަނީ އަވާހަރަކޮށްލައިފަ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ދިން ހަމަލާތަކުގައި ރިވޮލިއުޝަނަރީ ގާޑްގެ ލަޝްކަރުގެ ކޮމާންޑަރު އަލީ ޝަދްމާނީ އަވަހާރަކޮށްލި އެވެ. ރިވޮލިއުޝަނަރީ ގާޑްގެ ލަޝްކަރުގެ ކޮމާންޑަރަކަށް އޭނާ ހަމަޖެއްސީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ސަލާމީ ވެސް އިޒްރޭލުން އަވަހާރަކޮށްލުމުންނެވެ. އިޒްރޭލުން ވަނީ އިރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ގްލާމް އަލީ ރާޝިދު ވެސް މިދިޔަ ހަފުތާގައި އަވަހާރަކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިރާނަކަ ނުކުޅެވޭނެ
22 June 2025
އިރާނުގެ 25ހަކަށް ކޮމާންޑަރުން މަރާލާފި. އަސްކަރިއްޔާގެ އެތައް ސިފައިންނަކާ އާއްމު ރައްޔިތުންގެ ފުރާނަ ހިގައްޖެ. އަސްކަރީ މަރުކަޒުތަކާއި ނިއުކުލިއަރ ފެސިލިޓީތައް ހަލާކު ކޮށްލާއިފި. އެންމެފަހުން އެމެރިކާއިން ސީދާގޮތުން ހަނގުރާމައިގެ ތެރެއަށްވަދެ އިރާނަށް ހަމަލާދީފި. އެއްކަލަ ބާރުގަދަ ރަސިޔާއާ ޗައިނާ އަމަލު ކުރާނެ ގޮތެއްބަލަން މިހުރީ ކެތްމަދުވެފަ. 2ގައުމުގެ ލީޑަރުން ފޯނުކޯލަކުން މަސްވަރާކޮށް އެމެރިކާއަށް އިންޒާރުދިންއިރު ހީވީ އެހެންފަދަ ކަމެއްހެން