އައިޖީއެމްއެޗްގައި މީހަކު ޑައިލިސިސް ހަދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
22 ޖޫން 2025 - 10:45
ލޯބިން ހިތް ހަދިޔާ ކޮށްފީމޭ ބުންޏަސް އެއީ ދިރިހުއްޓައި މީހަކަށް ކޮށްދެވޭނެ އަދި ވާނެ ކަމެއް ނޫނެވެ. އެކަމަކު، ލޯބިވާ މީހަކަށް ހަދިޔާކުރެވޭނެ ބައެއް ގުނަވަންތައް އެބަހުއްޓެވެ.
އޭގެ ތެރެއިން އެންމެ މުހިއްމު އެއް ގުނަވަނަކީ ކިޑްނީ އެވެ.
ރާއްޖޭގެ ފުރަތަމަ ކިޑްނީ ބަލީގެ ސްޕެޝަލިސްޓު، ޑރ. އިބްރާހިމް ޝިހާމް ވިދާޅުވީ ކިޑްނީ ހަދިޔާކުރުމުން މީހެއްގެ މުޅި ދިރިއުޅުން އާރާސްތުކޮށް، އާ ދިރިއުޅުމެއް ލިބިގެންދާ ކަމަށެވެ. އެހެންވެ، އެއީ ލޯބިވާ މީހަކަށް ކޮށްދެވިދާނެ އެންމެ ބޮޑު އެއް ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"ލޯބިވާ މީހުންނަށް ދެވޭނެ އެއްޗަކީ ކިޑްނީ،" އައިޖީއެމްއެޗްގައި ފާހަގަކުރި ކިޑްނީ ހަފުތާއާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯގައި އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ވެސް ކިޑްނީ ބަލީގެ މީހުން ނިސްބަތުން ގިނަ އެވެ.
ކިޑްނީ ފެއިލްވެއްޖެ ނަމަ އެކަމަށް އޮތް ވަގުތީ ފަރުވާއަކީ ޑައިލިސިސް ހެދުމެވެ. ނަމަވެސް، ދާއިމީ ހައްލެއް ބޭނުންވާ ނަމަ ޖެހެނީ ޓްރާންސްޕްލާންޓް ހަދާށެވެ. އެކަމަކު، ބައެއް ފަހަރު ގުނަވަން ހަދިޔާކުރަން ފަސްޖެހޭތީ ބަލި މީހާއަށް އެ ފަރުވާ ނުލިބި ލަސްވެގެންދެ އެވެ.
— IGMH (@igmhmv) June 20, 2025
ޝިހާމް ވިދާޅުވީ ރަނގަޅަށް ބަލައި އެކަމަށް ބޭނުންވާ ޓެސްޓްތައް ހަދައިގެން ކިޑްނީ ހަދިޔާކުރެވިދާނެ ކަމަށެވެ. އެ ސަބަބާ ހެދި އެއީ ރައްކާތެރިކަމެއް ކަމަށާއި ކިޑްނީ ހަދިޔާކޮށް ކުޑަ ވަގުތުކޮޅެއްގެ ރިކަވަރީއަށް ފަހު މީހާ އާއްމު ހާލަތަށް ބަދަލުވެގެންދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"އެއް ކިޑްނީ، މުޅި ދިރިއުޅުން ސިއްހަތު ރަނގަޅުކޮށް ހުރުމަށް ފުދޭނެ. ކިޑްނީ ހަދިޔާކުރަން ތި ބޭފުޅުން އެއްވެސް ވަރަކަށް ޖެހިލުންވާނެ ކަމެއް ނެތް އަދި ކިޑްނީ ހަދިޔާކުރެވޭތޯ ހުރިހާ ވަގުތެއްގައި ވެސް ބައްލަވަން ވާނެ،" ތަޖުރިބާކާރު ޑޮކްޓަރު ވިދާޅުވި އެވެ.
"ލޯބިވާ މީހަކަށް ކިޑްނީ ހަދިޔާކުރަން ލިބޭ ފުރުސަތަކީ ވަރަށް ވެސް ބޮޑު އޮޕޮޗިއުނިޓީއެއް ގޮތަށް ދެކިލައްވައިގެން އިސްނެގުމަކީ ވަރަށް މުހިއްމު ކަމެއް."
އައިޖީއެމްއެޗުން ވަނީ ކުލަގަދަކޮށް ކިޑްނީ ހަފުތާ ފާހަގަކޮށް، އެ ގުނަވަން ހަދިޔާކުރި މީހުންގެ އަގުވަޒަންކުރަން އެވޯޑު ވެސް ދީފަ އެވެ.
ކިޑްނީ ބަލީގެ ރިސްކު އޮތް މީހުންގެ ތެރޭގައި ލޭ މައްޗަށް ދިއުމާއި ހަކުރު ބަލި ހުންނަ ނުވަތަ އާއިލާގައި ކިޑްނީގެ ބަލި ހުންނަ މީހުން، ޒުވާން އުމުރުގައި ކޮލެސްޓްރޯލް މައްޗަށްދާ މީހުން ނުވަތަ ކިޑްނީގައި ހިލަ އުފެދޭ މީހުން ހިމެނެ އެވެ. އެ ކެޓަގަރީގައި ހިމެނޭ މީހުންނަށް، ޑޮކްޓަރެއްގެ ލަފާގެ މަތިން ސްކްރީނިން ހެދުމަކީ ރައްކާތެރި ގޮތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕިސް
22 June 2025
މަގޭ މަންމަ އާއި ބައްޕައަށް 2 ކިޑްނީ އެއްފަހަރާ ދޭންވެސް ރެޑީ!! (إِنْ شَاءَ ٱللَّٰهُ އެފަދަ އެފަދަ ހާލަތެއް އެއްވެސް މީހަކަށް މެދުވެރި ނުވުން ދުޢާ އަކީ.
ކެޔޮޅުގޯތި އާދަނު
22 June 2025
ބ. އަތޮޅު ހޮސްޕިޓަލްގައި ޑެންޓިސްޓެއް އެބަހުރި. އެކަމަކު ފުޓުނިކޮޅެއް އަޅާލެވެންވެސްނެތް. ސާމާނު ނެތިގެން. މިހާލުގައި އޮންނަތާ މިހާރު ކިހާދުވަހެއް. މިކަމާ ކަންބޮޑުވާ މީހަކު ނޫޅޭ.
އުދުހޭ
22 June 2025
ވަރިވީމަ ކިޑްނީ އަނބުރާ ދޭން ނުބުނާނެބާ؟
ކިމް
22 June 2025
ކެރޭނެ. ޑޮކްޓަރުގެ ކިތައް ކިޑްނީ އެބައިން؟ ލޯބިވާ ޕޭޝަންޓްއަށް ހަދިޔާ ކޮށްލަމާ؟
ފަޅުމަސް
22 June 2025
ކިޑްނީއޭ؟ ލޯބިން ހިތްވެސް ދީފިން!! އެކަމު ގިނަ މީހުން އެވަރު ނުދަންނާތީ ދެރައީ! ހިތް ދިނީމަ ހަލާކުކޮށްލަނީ.. އަނެއްކާ އެތައް ވަރަކުން ފަރުވާކޮށް ރަނގަޅުވީމަ، އެހެން މީހަކަށް ދޭތަނުން އަނެއްކާވެސް ހަލާކުކޮށްލަނީ..
ދަލޭކަ ދައިތަ
22 June 2025
އިޝްގީ ލޯތްބަކަށް ތިވަރު އެއްޗެއްނުދެވޭ. ދީގެން ދެވުނު މޮޔަހީވެ އަރުގައި ހިތިރަހަނޫން ރަހައެއްނުދޭނެކަން ޔަގީންވާތީ. އެހެން ލޯތްބަކަށް ދެވިދާނެ.
ވެންގަބޯ
22 June 2025
މަށަށް ފެންނަނީ ފުރަތަމަ ޑޮކްޓަރުން. ކިޑުނީގެ ބަލިމީހުންނަށް ކިޑުނީ ހަދިޔާކުރުމަށް އެއީ ބަލިމީހުންގެ ހާލަތު އިނގޭނީ. ވީމާ ލޯބިން ވިޔަސް އަދި ބަލިމީހާގެ ހާލަތަށް ޓަކާވެސް ޑޮކްޓަރެއް ކީއްތޯ ވާނީ 1 ކަތި ހަދިޔާ ކުރުން ރަގަނޅު ކަމަށްފެނޭ އޭރުން ރައްޔިތުން ވެސް ދޭން ފަށާނެއެވެ
ޑރ. ރާމީ ޙަސަން (ޕީ.އެން.އެފް)
22 June 2025
ގިނަ ފަހަރަށް ލޯބިން ކިޑްނީ ދީފަ ތިބި މީހުން ތިބީ ވަރިވާން ޖެހި، ކޯޓަށް މައްސަލަ ހުށައަޅާ، ކިޑްނީ އަށް އަގު ހޯދުމަށް ދަޢުވާ ކޮށްފަ!
ހމކރދނ
22 June 2025
ހމ ކެރިދާނެ އެކަމަކު މިހާ ޑްރާމާ ބޮޑެއް ނުކުރާނަން. ވެގެންވިއްޔާ އެ ލިބޭ މީހާއަށްވެސް ނުއަންގާނަން.
މހއމ
22 June 2025
ނާންގަ ނުދެވޭނެ ބްރޯ! :(
ކިޘްނީ
22 June 2025
މާތް ރަސްކަލާނގެއަށް އޮންނަ ލޯބިން ތިކަން ކުރަން ރަގަޅު