ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ބްރެޑް ޕިޓާއި ޓޮމް ކްރޫޒް.
24 ޖޫން 2025 - 10:39
ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ބްރެޑް ޕިޓާއި ޓޮމް ކްރޫޒް 24 އަހަރު ފަހުން ބައްދަލުވެއްޖެ އެވެ.
ޕިޓާއި ކްރޫޒް ބައްދަލުވީ ޕިޓްގެ އާ ފިލްމު "އެފް ވަން"ގެ ޕްރިމިއާއަށް ލަންޑަނުގައި އިއްޔެ ބޭއްވި ރެޑްކާޕެޓް އިވެންޓުންނެވެ. އެ އިވެންޓުގައި ދެ ތަރިން އެކުގައި ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުކޮށްފަ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ޕިޓާއި ކްރޫޒް އިވެންޓަކުން މި ބައްދަލުވީ 24 އަހަރު ފަހުންނެވެ. އެ ދެ ތަރިން އެކުގައި އެންމެފަހުން ފެނިފައި ވަނީ 2001 ވަނަ އަހަރު ގެނެސްދިން މިއުޒިކަލް ޑޮކިއުމެންޓްރީ "އެމެރިކާ: އަ ޓްރިބިއުޓް ޓު ހީރޯސް"ގެ އިވެންޓަކުންނެވެ.
އޭގެ ފަހުން އެ ދެ ތަރިން އެކުގައި ފޮޓޯއެއް ނެގި ވެސް މިއީ ފުރަތަމަ ފަހަރެވެ.
ޕިޓާއި ކްރޫޒް އެކުގައި މަސައްކަތްކުރީ އެންމެ ފިލްމެއްގަ އެވެ. އެއީ 1997 ވަނަ އަހަރު ގެނެސްދިން ބިރުވެރި ފިލްމު "އިންޓަވިއު ވިތު ދަ ވެމްޕަޔާ"ގަ އެވެ.
Louis and Lestat, back together again.
— IMDb (@IMDb) June 24, 2025
[Photos 1998 → 2025] pic.twitter.com/QnInRee6Zq
ޕިޓްގެ އެކްޝަން ސްޕޯޓްސް ވިލްމު "އެފް ވަން" އިއްޔެ ލަންޑަނުގައި ޕްރިމިއާކުރި އިރު، އެ ފިލްމު ސިނަމާތަކުގައި ދައްކާނީ އަންނަ ހުކުރު ދުވަހުން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހައްމަދޫ
24 June 2025
އަހަރުންނަށް ކޮންކަމެއް
1996
24 June 2025
ޔޫއްޕެއާއި ޔޫސޭ އެއްވެސް އިރެއްގަ ބައްދަލުވިތަ؟