ރައީސް މުއިއްޒު ކެބިނެޓުގެ ބައްދަލުވުމެއް ކުރިއަށް ގެންދަވަނީ.
24 ޖޫން 2025 - 10:32
ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ދިރިއުޅޭ ރަށްރަށުގެ އެންމެންނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ދިރާސާއެއް ހެދުމަށް ކަމާ ގުޅޭ ދާއިރާތަކުގެ މިނިސްޓަރުންގެ އަރިހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
އެ މަނިކުފާނު ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ، ދުޅަހެޔޮ މުޖުތަމައުއަކަށް ހެދުމަށް އާ ކަންތައްތަކެއް ކުރުމަށް ރާވާފައިވާކަން އިއުލާން ކުރައްވައިފަ އެވެ.
އޭގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ މީހެއްގެ ބޭންކު އެކައުންޓަށް ޖަމާކޮށްދޭ ފައިސާއެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ދިރާސާއެއް ހެދުމަށް ފަހު އެއާ ގުޅޭ ކަރުދާހެއް ތައްޔާރުކޮށް ހުށަހެޅުމުން މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި މިނިސްޓަރުންނަށް ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެކަމަކު، އޭގެ ތަފުސީލެއް އަދި ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށްފަ އެވެ. އަދި ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކޮށް، ނުރައްކާ އަންގައިދޭ ލޭބަލް ނުޖަހާނަމަ އެ ތަކެތި އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫމިނާ މުހައްމަދު
25 June 2025
ފައްކާ ވާނެ މިކަން. މީގެ ސަބަބުން ހަމަ ގައިމުވެސް އެތައް ރަށަކުން މިކަން ހާސިލް ކުރަން މަސައްކަތް ކުރާނެ. މާނައަކީ އެރަށްރަށުގެ ސިއްހަތް ރަނގަޅުވާނެޔޭ
އަޝްމަލް މުހައްމަދު
25 June 2025
ވަރަށް ރަނގަޅު ކަމެއް. ދުންފަތުން ގައުމު ސަލާމަތް ކުރަން ޖެހޭ
ދަސްވާރު
25 June 2025
ދުންފަތާ ޖެހުނު ވިގަނި.
ކޮރަލް
25 June 2025
ކެފޭ އެއް ނުހުންނަ ހަނި ގޯޅި ގަނޑެއް މަދު ވާނެ އެވެ .ހުރިހާ ތާކު ބިދޭސީން ނެވެ . ވަކިން ސިނގިރޭޓް ވިއްކަ އެވެ ގްރޫޕް ހަދާފަ މަގުމަތީ ސިނގިރޭޓް ބޯން ހުރެ އެވެ . މިކަން ހައްލު ކޮށްލަ ބަލާށެވެ .
ފެކްޓްް
25 June 2025
ފުރަތަމަ ރަށްރަށަށް ބޭސް ބަހާބަލަ. މިއުޅެނީ ހުމަށްވެސް ދޭނެ ބޭސް ނެތިގެން. ރާއްޖެއަކު ނެތޯ ބުނަނީ. ހެއްވާ ކަމަކީ ބަލިމީހާ ކާރީ ޑޮކްޓަރު މިއަހަނީ ތިބޭސް ލިބޭހެއްޔޯ މިހާރު ގަންނަން. ލަދު.
ޑރ. ރާމީ ޙަސަން (ޕީ.އެން.އެފް)
24 June 2025
އެއްމެ ކައިރިން އިންޑިއާ ގައި ވެސް އިންތިޙާބެއް އައްނަން ދެ އަހަރަށް ވީމަ މަސްދަޅު ބަހާ، ލާރި ބަހާ ނުހެދޭނެ! އިންޑިއާ ގައި ބަލަނީ ވޯޓު ހޯދަން ދެވޭ ރިޝްވަތެއް ކަމަށް!
ފެގުފޮށި
24 June 2025
ފުރަތަމަ ސިޔާސީ މަގާމުތަކުގަ ތިބި ދުންފަތުގެ އިސްތިއުމާލް ކުރާ އެމްމެން ވަޒީފާއިން ކަނޑާލަބަލަ.. ދެން އެހެން ކަންކަމާ އުޅެބަލަ.
އަޅި އަލީ
24 June 2025
ވައްކަން ނުކުރާ ރައްރަށުމީހުންނަށްވެސް ފައިސާ ދީބަލަ!
ނިމާލް ހަަން
24 June 2025
މީގެ ސަބަބުން ދުން ފަތް ބޭނުން ނުކުރާ މީހުންނަށްވެސް ރައްކާތެރިކަން ކަށަވަރުވެގެން ދާނެ.
ބަގުޑި
25 June 2025
ދުންފަތް ބޭނުން ނުކުރާމީހުންނަށް އާސަންދަ ހިލޭ ކިހިނެއްވާނެ
އަހްނަފް ރަޝީދު
24 June 2025
މިދިޔަ އެއްވެސް ސަރުކާރަކުން އިހްލާސްތެރި ކަމާއެކު ދުންފަތާ ދެކޮޅަށް މަސައްކަތެއް ނުކުރޭ. އަދުގެ ސަރުކާރުން މިކަން ރަނގަޅަށް ކުރާކަން އެބަފެނޭ