ކުޅިވަރު / އެފްއޭއެމް އިލެކްޝަން

އެފްއޭއެމްގެ އަސާސީ ގަވާއިދުން ވެސް ޒޯންތައް އުވާލައި މަތީ ދެ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދު އިތުރުކޮށްފި

އެފްއޭއެމުން މާޗް މަހު ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން: ހުކުރު ދުވަހުގެ ރޭ ބާއްވާ ކޮންގްރެސްގައި އައާ އަސާސީ ގަވާއިދަށް ވޯޓަށް އަހާނެ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެފްއޭއެމްގެ އަސާސީ ގަވާއިދުން ވެސް ޒޯންތަކުގެ މާއްދާ އުވާލައި މަތީ ދެ ޑިވިޝަނުގެ ކްލަބްތަކުގެ އަދަދު އިތުރު ކުރުމަށް ގަވާއިދުގެ ޑްރާފްޓްގައި ހިމަނައިފި އެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ކޮންގްރެސްގައި އެ އަސާސީ ގަވާއިދަށް ވޯޓަށް އަހާނެ އެވެ.

ޑްރާފްޓް އަސާސީ ގަވާއިދު ކްލަބްތަކަށް އެފްއޭއެމުން ވަނީ ފޮނުވައިފަ އެވެ. އެ ގަވާއިދަށް އަންނަ އެންމެ ބޮޑު ބަދަލަކީ އެންމެ މަތީ ޑިވިޝަނުގެ ކްލަބްތަކުގެ ގާނޫނީ އަދަދު އިތުރު ކުރުމާއި ޒޯންތަކުގެ މާއްދާ އުވާލުމެވެ.

ފުރަތަމަ ޑިވިޝަނުގައި މި ވަގުތު 10 ޓީމު އެބައޮތެވެ. އެއީ ކުރިން ވެސް އޮތް އަށް ޓީމުގެ އިތުރުން އެންމެ ފަހުގެ ދެ ވަނަ ޑިވިޝަން މުބާރާތުން ކޮލިފައިވި ވިކްޓަރީ އާއި އޮޑި އެވެ. އެކަމަކު އެފްއޭއެމްގެ މިހާރު އޮތް އަސާސީ ގަވާއިދުގައި ބުނެފައި ވަނީ އެއް ވަނަ ޑިވިޝަނުގެ މެންބަރު ކްލަބްތަކުތެ އަދަދަކީ އަށެއް ކަމަށެވެ. އެހެންވެ އެންމެ ފަހުން ބޭއްވި ކޮންގްރެސް އަށް ވެސް ވިކްޓަރީ އާއި އޮޑިއަކަށް ދައުވަތެއް ނުދެ އެވެ.

ދެ ވަނަ ޑިވިޝަނުގައި ކުރިން އޮންނަނީ 10 ޓީމެވެ. މިހާރުގެ ގަވާއިދުގައި ވެސް އޮންނަނީ އެހެންނެވެ. އެކަމަކު ދެ ވަނަ ޑިވިޝަނުގައި ވާދަކުރަން 13 ޓީމު އެބައޮތެވެ. އެހެންވެ އަސާސީ ގަވާއިދު ވެސް އެގޮތަށް ބަދަލު ކުރުމަށް ޑްރާފްޓްގައި ވަނީ ހުށަހަޅައިފަ އެވެ.

އެފްއޭއެމުން އަމަލު ނުކުރިޔަސް މިހާރުގެ ގަވާއިދުގައި ރާއްޖޭގެ ނުވަ ޒޯނަށް ކޮންގްރެސްގައި ހައިސިއްޔަތު ލިބެން ޖެހޭނެ ކަމަށް އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާއިން ބާރު ލިބޭ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

މިހާރުގެ ގަވާއިދުގެ 10 ވަނަ މާއްދާގައި އެފްއޭއެމްގެ މެންބަރުން ކަމަށް ބުނެފައި ވަނީ:

- އެއް ވަނަ ޑިވިޝަނުގެ 8 ކްލަބް

- ދެ ވަނަ ޑިވިޝަނުގެ 10 ކްލަބް

- 9 ޒޯން

މިއީ ޖުލައި 2020 ގައި އެފްއޭއެމުން ބޭއްވި ކޮންގްރެސްއިން އިސްލާހު ކުރި އަސާސީ ގަވާއިދުގައި އޮތް ގޮތެވެ.

ނުވަ ޒޯންކަމަށް ބުނެ އެފްއޭއެމުން ކޮންގްރެސްއިން ޖާގަ ދެނީ ތިން ވަނަ ޑިވިޝަނުގެ އެއް ކްލަބަށެވެ. ނޯމަލައިޒޭޝަން ކޮމިޓީ ހަވާލުވެގެން ބޭއްވި ފުރަތަމަ ކޮންގްރެސްގައި ވެސް ތިން ވަނަ ޑިވިޝަނުން އެ ޖާގަ ދިނީ ސީބީއެލްއަށެވެ.

ޑްރާފްޓް އަސާސީ ގަވާއިދުގެ 13 ވަނަ މާއްދާގައި ބުނެފައިވާ އެފްއޭއެމްގެ މަންބަރުން

- އެއްވަނަ ޑިވިޝަނުގެ 10 ކްލަބް

- ދެ ވަނަ ޑިވިޝަނުގެ 13 ކްލަބް

ހުކުރު ދުވަހުގެ ރޭ ބާއްވާ ކޮންގްރެސް އަށް ވެސް އެ ޓީމަށް ދައުވަތު ފޮނުވާފައިވާ ކަމަށް ސީބީއެލްގެ އޮފިޝަލް ބުންޏެވެ.

އެކަމަކު، މިހާރު ހުށަހަޅާފައިވާ އަސާސީ ގަވާއިދު ފާސް ވެއްޖެނަމަ ޒޯން ނުވައެއް ނޯންނާނެ އެވެ. އޭރުން އޮންނާނީ ގަދަ ދެ ޑިވިޝަނުން ޖުމުލަ 23 ކްލަބެވެ.

އަސާސީ ގަވާއިދު ފާސް ކުރާ ކޮންގްރެސް ބޭއްވުމުގެ ކުރިން ބުރާސްފަތި ދުވަހު ކްލަބްތަކާ އެކު ފީފާގެ ވަފުދުން މަޝްވަރާ ކުރުމަށް ކޮންފަރެންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮންގްރެސްގެ އެޖެންޑާގައި ދެން ހިމެނޭނެނީ؛ 2023 އަދި 2024 ގެ އަހަރީ ރިޕޯޓް ފާސް ކުރުން، މި އަހަރުގެ ބަޖެޓް ފާސް ކުރުން، 2025 އިން 2028 އަށް އޮޑިޓްކުރާނެ އޮޑިޓަރުން އައްޔަން ކުރުން، އަދި އިލްކްޓޯރަލް ކޯޑް ފާސް ކުރުމާއި އާ އިންތިހާބު ބާއްވާނެ ތާރީހު ކަނޑައެޅުމެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުޑުފި

24 June 2025

ފުޓްބޯލް އެސޯސިއޭޝަން އޮފް މާލެ އަށް ނަން ބަދަލުކޮށްލާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454