މަޖިލީހުގެ މިއަދު ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: މަޖިލިސް
24 ޖޫން 2025 - 21:42
ކައިވެނި ރޫޅުމުން ހަރަދު ހޯދުމާއި ހަރަދު ނުދިނުމަށް ވެސް ހަތިޔާރެއްގެ ގޮތުގައި ދަރިން ބޭނުންކުރާ ކަމަށް ފެމިލީ ކޯޓުން މިއަދު ބުނެފި އެވެ،
ފެމިލީ ކޯޓުގެ ރަޖިސްޓްރާ އަހުމަދު ނަޝީދު މިހެން ވިދާޅުވީ ދަރިންގެ ހަރަދަށް މިހާރު ގަވާއިދުގައި ކަނޑައަޅާފައިވާ އަދަދު ކުޑަކަމުން އެކަމާ މެދު މަޝްވަރާ ކުރުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ފޮނުއްވި ސިޓީއާ ގުޅިގެން ގަވައިދު ކޮމެޓީން މިއަދު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ފެމެލީ ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) މި ބައްދަލުވުމުގައި ބައިވެރިކުރި އެވެ.
ފެމިލީ ކޯޓުގެ ރަޖިސްޓްރާ ނަޝީދު ވިދާޅުވީ ބައެއް މީހުން އެ މީހުން ދަރިންނަށް ހަރަދު ނުދެނީ އެ ހަރަދު ކުރިޔަސް ދަރިފުޅަށް ޒިޔާރަތްކޮށް، ކުއްޖާއާ އެކު ވަގުތު ހޭދަކުރަން ނުދޭތީ ކަމަށް ބުނެ އެވެ.
އެހެންވެ، އޭނާ ވަނީ ހަރަދުގެ ކަންތަކާ އެކު ނިޒާމެއްގެ ތެރެއިން ބައްދަލުވެވޭނެ ގޮތްތަކާއި ކުއްޖާއަށް މައިންބަފައިންނާ އެކުގައި އުޅެވޭނެ މާހައުލެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"ބައެއް ފަހަރު ކުއްޖާ ބޭނުންކުރަނީ ޓޫލަކަށް ހަރަދު ނުދޭން ވެސް ނޫނީ ހަރަދު ހޯދުމުގައި ވެސް. އެކަންކަމަށް ހައްލެއް ލިބޭނެ ކަހަލަ ގޮތަކަށް އެކަން ކުރުން މުހިއްމު. އަޅުގަނޑަކަށް ނޭނގޭ އެ ކަހަލަ މެޖިކެއް ހެދޭނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
އޭނާގެ އެ ވާހަކަތަކާ ގުޅިގެން ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީގެ ސީނިއާ ލީގަލް ކައުންސެލް އައިޝަތު އިފާދާ ވިދާޅުވީ މިނިސްޓްރީން މިހާރު ހަދާފައި އޮންނަ ގަވައިދުގައި ކުދިންނާ ބައްދަލުކުރުމާ ބެހޭ ތަފްސީލެއް ނޯންނަ ކަމަށެވެ.
އެ ގަވައިދު މިހާރު އޮންނަނީ، ދެމަފިރިންގެ ވަރިވެއްޖެ ނަމަ ދެ ފަރާތުގެ އެއްބަސްވުމާ އެކު ދަރިންނާ ބައްދަލުކުރުމުގެ ކަންކަމުގައި ގާޒީ ގޮތެއް ކަނޑައެޅުމެވެ.
ނަމަވެސް އިފާދާ ވިދާޅުވީ ދަރިންނާ ބައްދަލުނުވެގެން މިނިސްޓްރީއަށް ވެސް އެ ފަދަ މައްސަލަތައް ހުށަހަޅާފައި ހުންނަ ކަމަށެވެ. އެހެންވެ، ދެ ފަރާތުން އެއްބަސްވާ އިޖުރާއަތްތަކެއް ކަނޑައަޅައި ގަވައިދަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދު ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން.-- ފޮޓޯ: މަޖިލިސް
އެ ބައްދަލުވުމުގައި ބައެއް ބޭފުޅުން ވަނީ، ދަރިންނަށް ހަރަދު ނުދޭތީ ރާއްޖޭގައި ކައިވެނި ނުކުރެވި، ބޭރު ގައުމުތަކަށް ގޮސްގެން ކައިވެނިކުރާ މައްސަލައަށް ވެސް އަލިއަޅުއްވާލައިފަ އެވެ.
ނަޝީދު ވިދާޅުވީ ރާއްޖެއިން ބޭރުގައި ކައިވެނި ކުރިއަސް އެ ކައިވެންޏަށް ރާއްޖޭގައި ރަޖިސްޓްރީކުރަން ޖެހޭ ކަމަށެވެ. އެކަމަކު، އެކަންކަން ފުރިހަމަވާނީ ދަރިންނަށް ހަރަދު ދޭކަމުގައިވާ ނަމަ އެވެ. އެކަން ދޫކޮށްލައި ކައިވެނި ރަޖިސްޓްރީކޮށްފި ނަމަ އެ ބުނެދެނީ، ނަޝީދު ވިދާޅުވި ގޮތުގައި ދަރިންގެ ހަރަދު ލާޒިމްކުރުމުގެ ބޭނުމެއް ނެތް ކަމެވެ.
އެފަދަ ހާލަތްތަކުގައި ކައިވެނިކުރަން ދިވެހިން އެންމެ ގިނައިން ދަނީ ސްރީ ލަންކާއަށެވެ. އެހެންވެ، ފެމިލީ ކޯޓާއި ފޮރިން މިނިސްޓްރީން ވަނީ ލަންކާ އަދި އިންޑިއާގެ މިޝަންތަކާ އެކު މާދަމާ އޮންލައިން ބައްދަލުވުމެއް ބާއްވަން ނިންމައިފަ އެވެ.
އެ ބައްދަލުވުމުގައި ފެމިލީ ކޯޓުން ވަނީ ކައިވެނިކުރުމުގެ ކުރިން އެމްބަސީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ބަދަލުކޮށްދޭން އެދިފަ އެވެ.
ނަޝީދު ވިދާޅުވީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން މިހާރު ކައިވެނީގެ ކަންކަމުގައި ކުރާ ހަމައެކަނި ކަމަކީ، ކައިވެނިކޮށްދޭ އެ ޖަމާއަތަކީ ލަންކާގެ ސަރުކާރުގެ ހުއްދަ އޮންނަ ބައެއްކަން އަންގައިދޭ ލިޔުމެއް ދިނުން ކަމަށެވެ. އެހެންވެ، އެ ކައިވެންޏާ ބެހޭ އެއްވެސް މައުލޫމާތެއް އެމްބަސީގައި ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ލިޔުމުގައި ނޯންނާނެ އެ ތަނުން ކޮށްދިން ކައިވެންޏެއް ކަމަށް ވެސް... ރިކުއެސްޓުކުރީ، ޖަމާއަތްތެރިންނަށް ދިވެހިން ކައިވެނިކުރާއިރު އެއީ ހުއްދަ ލިބުނީމަ ކުރާ ކައިވެންޏެއްތޯ، އެމްބަސީން އެ ހުއްދަ ދޭނީ ދަރިންގެ ހަރަދުގެ މި ކަންތައް ބަލާފައޭ،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޯޓުން މިހާރު ވެސް ދަރިންގެ ހަރަދާއި ބޯހިޔާވަހިކަމުގެ ހަރަދާއި އެހެނިހެން ހަރަދު ނަގައިދޭ ކަމަށެވެ. ނަމަވެސް، އެ އަދަދުތަކަށް ވުރެ އެންމެ ބޮޑު މައްސަލައަކީ އެ ގަވައިދު ތަންފީޒުނުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"..ހަރަދު ލިބެންޖެހޭ މީހުން ނުލިބޭތީ ގިނައިން ދޭ. މީގެ ކުރިން ކޯޓުން އިސްނަގައިގެން ހުކުމް ތަންފީޒުކުރަން ފެށި. އެކަމަކު ގާނޫނަކަށް ގެނައި ބަދަލަކުން ކޯޓުން އިސްނަގައިގެން މައްސަލަ ނުބެލޭ ގޮތަށް ހަމަޖެއްސީމާ މިހާރު އަމަލުކުރަނީ މައްސަލަ ހުށަހެޅުމުން ތަންފީޒުކުރަން ފެށުން،" ނަޝީދު ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓްރީން މިހާރު އަންނަނީ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، އަންނަ ސެޕްޓެމްބަރު މަހުގެ މެދެއްހާ ހިސާބުގައި އެ ގަވައިދު ގެޒެޓުކުރުމަށް މަސައްކަތްކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަމްބޮޑީ
25 June 2025
ޚަރަދު ދިނުމަށްބަލާއިރު ބަރާބަރަށް ޚަރަދު ދިނަސް ބައެއް އަންހެނުން ކުދިންގެ ބަފައިންނަށް ހަދަނީ ހަދާނެ ގޮތެއް. ދަރިއާ ބައްދަލުނުވާތާގަ ވާހަކަ ދެއްކިޔަނުދީފަވެސް އެބަ ހުރި. ހުރިހާ އަންހެނުން ގޯހެކޭ ނޫން. ޚަރަދު ނުދީ ތެޅިއަރުވާ ބަފައިންވެސް ވަރަށް ގިނައިން އެބައުޅޭ. އެކަމުގެ ސަބަބުން ދަރިންނާއި އެ ދަރިންގެ މައިން ވަރަށް ދަތި ޙާލުގައި ދުނިޔޭގައި އުޅެމުން އެބަދޭ. އަސްލު ލިބޭ މިންވަރަކުން ޚަރަދު ނުދިނުމަކީ ފިރިހެނުންގެ ފިނޑިކަމާ ރަނޑު ކަން. ޚަރަދު ލައްވާއިރު ބައްޕަޔަށް ލިބޭ މުސާރައަށްވެސް ރިޢާޔަތް ކުރަން ޖެހޭ. މީ ކޭސް ބައި ކޭސް ނަގަން ޖެހޭ ކަހަލަ މައްސަލައެއް އަސްލ
ސަމްބޮޑީ
25 June 2025
ރާއްޖޭގަ އެންމެ ބޮޑު މައްސަލައަކީ ދެމަފިރިން އެކަކު އަނެކަކަށް އިޙްތިރާމް ނުކުރުން. ޚާއްޞަކޮށް އަންހެން މީހާގެ ގޭގައި ދިރިއުޅުން ހަމަޖެހިފައިވާނަމަ ނޫނީ ފިރިމީހާއަށްވުރެ ގިނަ ލާރި އަނބިމީހާއަށް ލިބޭނަމަ އެކަންތައްގަނޑު އަންހެންމީހާ ގެ ފަރާތުން ފެންނަލެއް އެތައް ގުނައެއް ބޮޑު. އަނބިމީހާގެ ފަރާތުން އެއްވެސް އަޅާލުމެއް އުފަލެއް ނުލިބިގެން މަސާޖްޕާލަރ ތަކަށް ވަންނަ މީހުންވެސް މަދެއް ނޫން. އެއްވެސް ޙާލެއްގައި މި އެކަމަށް ހިއްވަރު ދެނީކީ ނޫން. ޙަރާމް ކަމަކަށް އަރައިގަނެގެން ނުވާނެ.
ބައްޕާ
25 June 2025
ހަރަދު ނުކުރެއޭ ބުނެ ދޮގު ބުނާ މައިންވެސް މަދެށްނޫން. އަނެއްކަމަކީ ކުއްޖާއާ ބޭނުންވަގުތަކު ބައްދަލުކުރެވޭނެ ފުރުސަތު ފަހި ކޮށްދެނީވެސް މަންމަ ބުނާ ވަރަކަށް ރުފިޔާ ދިނީމަ. މަހަކު އެބަދެން 10،000 ވުރެ މަތިން މަދުވެގެން މީ އަދި ކުއްޖާއާއެކު ހޭދަކުރާ ވަގުތު ކުރާ ހަރަދު ނުލާ.އެވަރުންވެސް ނުފުދޭ ލަދު ގަންނަންޖެހޭ މިމީހުން ތިމަންނަމީ މަންމަ އެކޭ ބުނަން.
ހާމަނާ
26 June 2025
ތެދު ވާހަކަޔެއް. މަވެސް ދަންނަ ބަފަޔަކު 10000 ރުފިޔާ ކުދިންނަށް ހަރަދު ކުރޭ. އޭގެ އިތުރަށް ބޭސްފަރުވާ އަދި ސްކޫލް ކަންތައްވެސްކޮށްދޭ. މަންމަ އުޅެނީ ބޮޑު މުސާރަ ލިބޭ މީހަކާ އިނދެގެން. އެކަމަކު ގެޔަށްބޭނުންވާ ތަކެތި އިތުރަށް ނުދެންޔާ ކުދިންނާ ބައްދަލު ނުކުރެވޭ. ހާލަކުން ފަހަރަކު ސުކޫލުދަށަށް ދާން ލިބޭ ޗާންސަކީ ކުދިންނާ ދިމާވާގޮތް. ބޯހަލާކު
ތުނިޔަ
25 June 2025
ޖަމާއަތްތެރިންނަކީ ކަށުކަމާ ކެމީގެ ކަންތަށް ކުރާ ބޭފުޅުން ނޫންތޯ؟ މިލިޔުމުގަ ޖަމާއަތްތެރިންނަށް އަންގާ ވާހަކައެއް އޮތީމަ.
ޖަމާޢަތްތެރިޔާ
25 June 2025
ލައްބަ! އެއީ ލިޔުމުގެ ކުށަކަށް ވާނީ
މުޙައްމަދު ފައިޞަލް
25 June 2025
ދަރިންގެ ޙައްޤު ހޯދައި ދިނުމަކީ މައިންބަފައިންނަށް އޮންނަ އިޚްތިޔާރެއް ނޫން. ޢެއީ މައިންބަފައިންނަށް ވާޖިބުވެގެންވާ އެކުދިންގެ ޚައްޤެއް. ދެމީހުންގެ ތެރެއިން އެކަކު އެ ވާޖިބު އަދާނުކުރުމަކީ އަނެކަކު އެވާޖިބު އަދާނުކުރުމަށް ހުއްޖަތެއް ނޫން. ޤިޔާމަތްދުވަހުން ސުވާލު ކުރެވޭނީ އެމީހެއްގެ ވާޖިބު އެމީހަކު އަދާކުރިތޯ. އަނެކާ ކުރިކަމަކާއި ތިބާއާއި ސުވާލު ނުކުރެވޭނެ. ސަޒާއާއި ޖަޒާ ދެއްވާނީވެސް ތިބާގެ ޢަމަލަށް. ޢަނެކާގެ ޢަމަލަކަށް ނޫން.
އެމީހ
25 June 2025
ވަރަށް ގިނަ ދެމަފިރިންގެ މެދުގަ ޖެހޭ މައްސަލަތަށް އަޑުއަހައިފިން. މައިގަނޑު ގޮތެއްގައި ފާހަގަ ކުރެވެނީ ދީނުގެ އުސޫލުތަކުގެ ތެރެއިން ފިރިމީހާ އެދޭ ކަންތައްތައް ކޮއްދޭން އަނބިމީހާ އިންކާރު ކުރުން. ގިނަފަހަރު ކަންނެތްކަމުން ކަމުގައި ފާހަގަ ކުރެވޭ. ފިރިމީހާގެ މައްސަލައަކީ އެއްފަހަރު ނުވަތަ ދެފަހަރަކު އެދިފަ ދެން އެވާހަކައެއް ނުދަށްކާ. ހިތްހަމަ ނުޖެހުމުގަ ދަނީ ވަރިޔަށް
ތޮއްޔިބު
25 June 2025
ބައެއް އަންހެނުން މީހުންނާ އެބައިދޭ ދަރިއަކު ހޯދާފަ ވަރިވާންވެސް އަހަރެން ކުރިން އިން މީހާއަކީ އެކަލަ މީހެއް އޭނަ ފުރަތަމަ އިންމީހާއަށް ލިބިފަ ހުރި ދަރީގެ ހަރަދަށް 8000ރ ކޮންމެމަހަކު ހޯދާ މަގޭ ދަރީގެ ހަރަދަށް 6000ރ ހޯދާ މިހާރު ފަހުން އިންމީހާގެ ދަރީގެ ހަރަދަށް 5000ރ ކޯޓު މެދުވެރިކޮށް ހޯދާ ދެން ވަޒީފާއަކަށް ނުގޮސް 19000ރ މަހަކު ލިބިލިބި ހުންނާނެތާ ނުވިތާކަށް އެކަނިވެރި މައިންގެ ލާރިވެސް ނަގަނުންދަނީ.
ޢިދްރީސް
25 June 2025
ވަރަށް ބޮޑު ތެދެއް ތީ
ދަންނާތި
25 June 2025
ދަރިންނަށް ޚަރަފުދޭން އެއްބަސްވެ އެކަން ނުކުރާ މީހުންނަށް އެކުރެވެނީ ނުދިންނަވާ ވަރުގެ ބޮޑު ފާފައެކޭ ގަމާރު ބީތާ އިންނޭ މިކަން ތަމެން ދަންނާތި ދަންނާތި ދަންނާތި
ކޮރަލް
25 June 2025
ހަށި ވިއްކާ ތަންތަނަށް ދާ ދިވެހީން ވ ގިނަ އެވެ . ކޮންމެ މަގަކު އޭ ގެ ތަނެއް އެބަ ހުރެ އެވެ . ގިނަ ތަން ތަނާ ހަވާލުވެ ބިދޭސީންނެވެ . މިއީ ވެސް ވަރި ގިނަ ވާ އެއް ސަބަބެވެ . ދެން ހުންނަނީ އަތުގަ ހުންނަ ފައިސާ ކޮޅު ހުސް ވެފަ އެވެ .
ކައިވެނި ރެޖިސްޓްރޭޝަން ހަތިޔާރަކަށް
25 June 2025
ރެޖިސްޓްރޭޝަން ހަތިޔާރަކަށް ޙެދުމުން މައްސަލަ އިތުރަށް ގޯސްވޭ. ޢެފަދަ ކައިވެންޔަށް ލީބޭ ކުދިން ރަޖިސްޓްރީ ނުވެ، ކައިވެނީގެ ހައްގުތައް ހޯދަން އުންދަގޫވެ، އަނިޔާވެރި ކައިވެނި ތަކުން ސަލާމަތް ނުވެވި، ވަރި ނުވެވި……