ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގު: އޭނާގެ ދައުރު ދަންމާލަން ރައީސް ވަނީ މަޖިލީހުގައި އެދިވަޑައިގެންފައި.-- ފޮޓޯ: މިހާރު
14 ޖުލައި 2025 - 11:56
ޗިލްޑްރަންސް އޮމްބަޑްސްޕާސަން މަގާމުގައި ހުންނަވާ ނިއުމާތު ޝަފީގުގެ ދައުރު ދަންމާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިވަޑައިގެންފި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ރައީސް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމާތުގެ ދައުރު މި މަހު 23 އަށް ހަމަވާތީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ގޮތުން މަތިން އޭނާގެ ދައުރު ފަސް އަހަރަށް އިތުރުކުރުމަށް ހުށަހަޅުއްވާ ކަމަށެވެ.
އެކަމުގެ މަޖިލީހުން ނިންމާ ގޮތެއް އަންގައިދިނުމަށް ވެސް ރައީސްގެ ސިޓީފުޅުގައި އެދިވަޑައިގަތެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައިވާ ކަންތައްތައް ތަންފީޒުކުރާ މިންވަރު ކަނޑައަޅަން މިނިވަން މުސްތަގިއްލު މަގާމެއް ގޮތަށް އުފެއްދި ޗިލްޑްރަން އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު އައްޔަންކުރެއްވީ ޖުލައި 23، 2020 ގަ އެވެ. އެއީ ފަސް އަހަރުގެ ދައުރަކަށް އައްޔަންކުރާ މަގާމެކެވެ.
ރާއްޖޭގައި ޕްރީ ސްކޫލުތައް ހެދުމަށް ޔުނިސެފްގެ އެހީއާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވުމުގެ އިތުރުުން ނިއުމާތަކީ ކުޑަކުދިންނަށް ކިޔަވައިދިނުމުގައި ވެސް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޮސްޓްރޭލިއާ އިން އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން އިން ޑިގްރީ އަދި ހަމަ އެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވެ އެވެ.
މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަންގެ ޗީފް ކޮމިޝަނަރުކަން ވެސް އޭނާ ކުރިން ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައްދޭ
14 July 2025
މިގޮތަށް ދައުރު ދެންމުމަކީ ވަރަށް ބޭއިންސާފުކަމެއް ރައީސް ކުރެއްވިޔަސް. މިހާރު ތިމަގާމުގައި ހުރި މީހާޔަށް ވުރެން މާގާބިލް މީހުންތިބެދާނެ. ޢެމީހުނަށް ލިބެން އޮތް ފުރުސަތުން މަހުރޫމް ކުރެވެނީ ތި.
ޑރ ވާންޗޯ
14 July 2025
އެވިދާޅުވީ ޖެހިޖެހީނުންނެއްނޫން، ރީތިކޮށް. މެންބަރުންވީމަ އޮޅިވަޑައިގެންފާނެތީ ދަންނަވާލީ.
ޝާންބި
14 July 2025
މަހިޔެއް ނުކުރަން މިސަރުކާރުގެ ވެރިންނަށް މިކަހަލަ ޖާދޫ ދެއްކިދާނެކަމަށް. އެކަމަކު އެމްޑީޕީ މީހުންނަކީ ވަޒީފާ ހޯދުމުގައި އާދަޔާއި ޚިލާފު ހުނަރުވެރި ބައެއްކަން މިފެންނަނީ. ޝުކުރިއްޔާ ރައިސް
މިއެދުރު
14 July 2025
މިއީ ވަރަށް ޚިދުމަތްތެރި ކަނބަލެއް. ކޮންމެހެންވެސް ބަހައްޓަންޖެހޭ. އެއްކަލަ ކުއްޖާގެ ވޭޕް މައްސަލައިގައިވެސް ނުހުނު އެހީތެރިވި. އެއީ އިނާމު ހައްގު މަސައްކަތް. އަދި ވާނެ ރިޓަޔަރމަންޓް ޕްލޭނެއްވެސް ހަމަޖައްސަދިނުން ރަނގަޅު
ބަތަން
14 July 2025
މޮޅެތި މީހުން މިއީ. މީނަ ގެ ހުނަރު ގުޅިފައި އޮންނަނީ ގާލްގައިޑާއި. ކޮންމެ ރައީސަކު އަންނަ އިރަށް ފަސްޓްލޭޑީޔަކު ގެންގޮސް އޭނަގެ ޖާދޫގައި ޖައްސާނެ. މިހާރުގެ ފަސްޓް ލޭޑީ ވެސް ގެންގޮސްފި މިހާރު.
ސަމްސާ
14 July 2025
އެއްވެސް ކަމެއް ނުކޮށް ބޮޑު މުސާރަ ނަގައިގެން މިއޮތް ހުރިހާދުވަހު ހުރި މީހެއްގެ މަގާމު ދަމަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް. ފެއިލްވެފަ ހުރި މީހެއް ދެވަނަ ފަހަރަށް އެމަގާމަށް ގެނަންވީ ކީއްކުރަން؟ މުއިއްޒުގެ އަގު ވެއްޓެނީ މިކަހަލަ ނާގާބިލު މީހުން ގެންގުޅޭތީ.
މުއީޒު ފޯ އެވާރ
14 July 2025
މިހާރުގެ ރައީސް މުއިއްޒުގެ ދައުރުވެސް 25 އަހަރަށް ދަންމާލަ ދިނުމަށް މަޖިލިސް މެމްބަރުންގެ އަރިހުން އެދެން. ރމ2028
ފޫހި
14 July 2025
މީނަ ހުންނަކަން އެނގޭމީހަކު ވެސް މަދުވާނެ. ޓެކްސް ފައިސާއިން ބޭކާރު އިސްރާފުނުކޮށް ތިޔަ މަގާމު އުވާލަބަލަ. މިއަދު ވެސް މި އުޅެނީ ޑޮލަރެއް 20 ރުފިޔާއިން މަތިވެގެން. ފައިސާގެ އަގެއްނެތް. ގައުމު ދަރާވިކިފަ. އަދިވެސް ދިވެހިންނަށް ކިޔަންއުނދަގޫހާ ފާޑުފާޑުގެ ނަންނަމުގަ މަގާމުތައް އުފައްދައިގެން މީހުން ލާބަލަ.
މައުރޫފް އެޑްމިން
14 July 2025
ނިއުމަތުގެ އޮފީހުގެ ކޮމްޕްލަޔަންސް އެންޑް އޮޑިޓް އަދި އޮޕަރޭޝަން ޑިރެކްޓަރ އޮފީހުގައި ކިސްކޮށް ބަދުއަޚްލާޤީ މައްސަލަތައް ހިންގާކަން ނިއުމަތުގެ ސަމާލުކަމަށް ގެއައުމުން، އޭނާގެ އަރިސް ބަޔަކަށްވުމުން އެއްވެސް ފިޔަވަޅޭއް ނާޅާ. ނިއުމަތުގެ މައްސަލަތައް އޭނާގެ ސެކްރެޓަރީ މަލީހާ އަދި އެހެން މުވައްޒަފުންތަކެއް ގުޅިގެން ވަނީ މަޖިލީހަށް ހުށަހަޅާފަ. ނިއުމަތަކީ ގަރލްގައިޑް ބޭރުފުށަށް ދައްކައިގެން މެޑަމް ސާޖިދާގެ ސަމާލުކަން ހޯދަން އުޅޭ މީހެއް
ރެންޑަމް ކޮމެންޓްސް
14 July 2025
މިއަދު އަތުގަ ވަރު ހުރީތީ މީހުން ބަދުނާމުކޮށް ލިޔެވިދާނެ. ޖަވާބުދާރީވާންޖެހޭ ދުވަހެއް ވެސް އެބައޮތް. ތެދުމަގު ދައްކަވާށި.
އަކަރު
14 July 2025
މީ ކީއްކުރާ މަގާމެއްތަ. ހަމަ ސޭމް މަސައްކަތްކުރަން ސަރުކާރުގެ އެހެން އިދާރާތަކާއި މިނިވަން އިދާރާތައް ހަދާފައި ވަނިކޮން މީނަގެ ގަޔަށް ކުރީ ސަރުކާރުން ފަހައިދީފަ އޮތް ހެދުމެއް މިއީ.