އޮޑިޓާ ޖެނެރަލް ނިޔާޒީ މާލިއްޔަތު ކޮމިޓީގައި -- ފޮޓޯ: މިހާރު
24 ޖޫން 2025 - 15:21
މި އަހަރަށް 576 އޮޑިޓެއްގެ މަސައްކަތް ކަނޑައަޅާފައިވާއިރު އަހަރުގެ މިހާތަނަށް ނިމުނީ 62 ރިޕޯޓު ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ އަހަރުގެ އޮޑިޓްތަކުގެ ތެރެއިން 330 އޮޑިޓެއް ނިސްބަތްވަނީ އޭގެ ކުރީގެ އަހަރުތަކަށެވެ. އޭގެ ތެރެއިން 57 އޮޑިޓެއް ނިންމައި، ވަނީ އާންމު ކޮށްފަ އެވެ. އަދި 173 އޮޑިޓެއްގެ ރިޕޯޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެހެނިހެން މަރުހަލާތަކުގައި 106 އޮޑިޓެއްގެ ކަންކަން ހިނގަމުން އަންނަ ކަމަށް އެ އޮފީހުން ބުންޏެވެ.
މި އަހަރަށް ކަނޑައެޅި އޮޑިޓްގެ ތެރެއިން މިހާތަނަށް ނިމިފައިވަނީ ފަސް އޮޑިޓް ރިޕޯޓެވެ. އަދި 35 އޮޑިޓެއްގެ ރިޕޯޓު ތައްޔާރު ކުރަމުން އަންނައިރު ބާކީ ހުރި އޮޑިޓުގެ މަސައްކަތްތައް ހުރީ އެހެނިހެން މަރުހަލާތަކުގަ އެވެ.
އޮޑިޓް އޮފީހުން އޮޑިޓްތައް ކުރިއަށް ގެންދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ:
- ފައިނޭންޝަލް އެންޑް ކޮމްޕްލައަންސް: 210
- އެންވަޔަމެންޓް އޮޑިޓްސް: 8
- އިންފޮމޭޝަން ސިސްޓަމް އޮޑިޓް: 8
- ސްޕެޝަލް އޮޑިޓް: 17
- ޕާފޯމަންސް އޮޑިޓް: 11
- ލޯކަލް ކައުންސިލް އޮޑިޓް: 188
- އެސްއޯއީ ފައިނޭންޝަލް އޮޑިޓް: 84
- ޑޮނާ ފަންޑް ޕްރޮޖެކްޓް އޮޑިޓް: 50
އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، އެސްއޯއީތަކުގެ މާލީ ހިސާބުތަކުގެ އޮޑިޓްތަކުގެ ތެރެއިން މިހާތަނަށް ނިންމައި އާންމު ކޮށްފައިވަނީ އެންމެ ހަތަރު ރިޕޯޓެވެ. އަދި 40 ޕަސެންޓު ކުންފުނިތަކުގެ އޮޑިޓުގެ މަސައްކަތް އަދި ނުފަށާ ކަމަށް އޮޑިޓް އޮފީހުން މަޖިލީހާ ހިއްސާކުރި މައުލޫމާތުތަކުން އެނގެ އެވެ. އޮޑިޓް އޮފީހުން ބުނީ، ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުގެ ކުރިން މާލީ ބަޔާންތައް ހުށަހަޅާފައިވަނީ 16 ކުންފުންޏަކުން ކަމަށެވެ. މާލީ ބަޔާންތައް ފުރިހަމައަށް ނުލިބޭ ތަންތަނުގެ އޮޑިޓް ރިޕޯޓުތައް ނިންމަން އުނދަގޫ ކަމަށް ވެސް އޮޑިޓަ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
"19 ޖޫންއާ ހަމައަށް ވެސް، ނުލިބިވާ ތަންތަނުން ވެސް ލިބިފައިވަނީ އިތުރު ތިން ތަނެއް. އަދި ވެސް 10 ތަނެއްގެ މާލީ ބަޔާންތައް ސަބްމިޓް ނުކޮށް ހުރީ،" އެސިސްޓެންޓް އޮޑިޓާ ޖެނެރަލް އިބްރާހިމް ފަޒީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މާލީ ބަޔާންތައް ނުލިބޭތީ އެކަން ޕީސީބީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ.
އޮޑިޓް މަސައްކަތްތަކުގެ ތެރެއިން އޮޑިޓަ ޖެނެރަލްގެ އޮފީހުން އެންމެ ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ އެއް ބަޔަކީ ކައުންސިލްތަކުގެ އޮޑިޓުތަކެވެ. ތަފާސްހިސާބުތަކށް ބަލާއިރު ލޯކަލް ކައުންސިތްތަކުގެ އޮޑިޓުތަކުގެ ތެރެއިން މިހާތަނަށް ނިންމާފައިވަނީ 16 ރިޕޯޓެވެ. އަދި ރިޕޯޓު ތައްޔާރު ކުރުމުގެ މަރުހަލާގައި 92 އޮޑިޓެއް އޮތް އިރު ފީލްޑް މަސައްކަތުގައި 80 އޮޑިޓެއްގެ މަސައްކަތް އެބަ އޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެރީނިޒާމް
25 June 2025
ޖެހިގެން އެހުންނެވީ ކޮންސަލްޓަންޓެއްތޯ؟ އަޅުގަނޑުމެން އޮފިހުގެ މީޓިނެއްގަ ވަރަށް ކުރިން ވާހަކަ ދެއްކިއިރު މުޅިން އިނގިރޭސިން ވާހަކަ ދެއްކީ. ވޯކް ޕާމިޓު އޮތްތޯ ބަލާލަން ބޭނުންވޭ.
ޕެރީލާ
25 June 2025
ދިވެއްސެއް އެއީ... ފޮނިވާންވެގެން މާ އިނގިރޭސިވަނީ...... ފޮނިކަމުން ހައްދުން ނައްޓާފަ
ބޭރުމީހާ
25 June 2025
އެއީ އަފުންގެ އިބްރާހީމް. އެސޮރު އެހުރީ ޖެމްކިޔު ސްކެމަރުގައި ޖެހި މުޅިން ބޯގޮވާފައި. އެހެންވެކަމަށް ތިވާނީ ބޭރު ބަހުން ވާހަކަ ދެއްކުނީ
ފެންފަކުސާ
25 June 2025
އެންވައިރަންމެންޓް އޮޑިޓް މީ ކިހިނެއް ވާ އެއްޗެއް؟ އަދި މީގެ ހަބަރެއް ނުވޭ ދުވަހަކުވެސް.
އޮޑިޓަރ
24 June 2025
ތަޖްރިބާ ނެއް ގާބިލް ނުން ބޭފުޅުން ޑިރެކްޓަރުންނަށް ހޮވައިގެން ކިހިނެއް އޮޑިޓް އަވަސް ވާނީ
މާއްކޫ އޮޑިޓަރު
25 June 2025
އަސްލުވެސް ރަގަޅު ވާހަކައެއް، އޮޑިޓް ހަޔާތުގައި 10 އަހަރުގެ ތަޖުރިބާ ނެތް މީހުން ޑިރެކްޓަރުންނަށް ލައިގެން، ގާތްމީހުންނަށް ބޮޑެތި މަގާމުތައް ދީގެން އޮފީސް ހިންގަން އުޅުމުން ނަތީޖާއެއް ނުނެރެވޭނެ، އޭޖީއަށް އޮފީސް ހިނގާނުހިނގާ ގޮތް ބަލާލާކަށް ވަގުތެއް ނޯވޭ، އަބަދުވެސް ބެލެނީ ދެން އެންމެ އަވަހަށް ކޮންފަރެންސެއް އޮތީ ކޮންތާކުތޯ، މުޅި ވަގުތު ހޭދަކޮށްލެވެނީ އެކަމުގައި،
އޮޑިޓަރުގެ ބައްޕަ
27 June 2025
ޑިރެކްޓަރުކަން ނުލިބުނީމަ ބޮޑާހާކާފަ ތިބެގެން ޖެއްސުން ކުރަނީ ދޯ؟ ދެން ކިހިނެއް މިކަން ކުރާނީ!!
ދަންނަމީހާ
27 June 2025
10 އަހަރުގެ ތަޖުރިބާ އާ އެކު ނަތީޖާ ނެރެނުދެވެންޏާ ދެން އޮތް މަގަކުން ގޮސްގޮގެން ވެސް ކަން ކުރާނެ! ދެން ނަތީޖާ ފެންނާނެ. އިންތިޒާރު ކޮށްލައްވާ!
ފޮރިން މިނިސްޓަރު
24 June 2025
މީނާއަށް ކަމެއްވާނީ ބޭރު ދަތުރުކޮށް ނިމިގެނެއްނުން. އަބަދު ބޭރު ދަތުރެއްގަ. ދައުލަތުން އޭޖީ އޮފީސް ހިންގަން ބަޖެޓް ދިނީމަ އެކުވެރި ކުދިންކޮޅު ގޮވައިގެން ދަތުރު ތަކަށް ހުސްކޮށްލަނީ. ފޮރިން މިނިސްޓަރުގު ދަތުރުތަކަށް ވުރެ މީނާމެންގެ ދަތުރު ގިނަ.
މީނާ
25 June 2025
ހަމައެކަނި މިދިޔަ އަހަރެއް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި އޮޑިޓާޖެނެރަލްއޮފީހުގެ މުވައްޒަފުން ރާއްޖޭންބޭރަށް ކިތައް ދަތުރުކޮށްފައިވޭތޯއާ އޭގެތެރެއިން ކިތައް ދަތުރުގައި އޮޑިޓާޖެނެރަލް ހިމެނިފައިވޭތޯއާ އެދަތުރުތަކުގައި އޮޑިޓާޖެނެރަލް ކޮންމެހެން ބައިވެރިވެވަޑައިންގަންނަވަން ޖެހުނު ސަބަބަކީކޮބައިތޯ ކޮންމެސް ފަރާތަކުން އާރްޓީއައިގެ ދަށުންވިޔަސް ސާފުކޮށްލައްވައިފިއްޔާ ބޮޑުމަންޒަރު ސާފުވާނެ.
އިހްސާސް
24 June 2025
ތިޔައީ ބޮޑު ފެއިލިއަރއެއް. ގާނޫނު ތަންފީޒު ނުކުރާ ބައެއް ބޭނުމެއްނޫން.
އެންމެނަށް އެނގޭ
24 June 2025
ޖެހިގެން ހުރި މީހާ އަކީވެސް މަޖިލިހަށް ގޮސް ހުސް އަނގައިން ހުރިހާ ކަމެއް ކުރާމީހެއް. މަސައްކަތެއް ނުކުރޭ. ދެން ބަލަނީ ކުށްވެރިކުރާނެ އެހެން ކަމެއް ހޯދޭތޯ އުޒުރު ދައްކަން
ބިއްލޫރިޓަނަލް
24 June 2025
އޮޑިޓަރ ޖެނެރަލް އުޅުއްވަނީ ފާޑުފާޑުގެ ކޮންފަރެންސާ ވޯކްޝޮޕްތަކަށް ދުނިޔޭގެ އެކިތަންތަނަށް ދަތުރުކުރެއްވުމުގައި. ދެން ކޮންކަމެއް ނިމޭނީ. ތިބޭފުޅާއަކީ އެންމެ ނަތީޖާ ނުނެރެވުނު އޮޑިޓަރ ޖެނެރަލް. ނުވިތާކަށް ކަންކަން ގޯސްކޮށްދާއިރު އެއިންކަމަކާ ބެހޭ ގޮތުން ބަހެއް ބުނެލަން ނުކެރޭ. ބަލަން ތިއްބާ ތަންތަން ކާ ހުސްކުރަނީ.
ޗޫޤީ
24 June 2025
މުއައްސަސާތަކުގައި ތިބި ބޭކާރު ޑެޕިއުޓީންނާއި ޑީއެމްޑީންނާއި ޕީޑީން ލައިގެން ނަމަވެސް ތި މަސައްކަތްތައް ތަންކޮޅެއް އަވަސްކޮށް ދައުރު ނިމުމުގެ ކުރިން ރިޕޯޓު ނެރެންވެއްޖެއެއްނޫންތަ؟
ކަމަކުނުދާނެ
24 June 2025
އުނހޫން، އޭރުން ކަމަކުނުދާނެ. ކޮންމެސަރުކާރެއްވެސް ވެއްޓުނީމާ އެ ސަރުކާރެއްގެ ދުވަސްވަރުގެ އޮޑިޓްރިޕޯޓުތައް ނެރެންވާނީ. އެހެންނޫނީ، ފައިކައްސާލަފާނެ. ހަތަރު އޮޑިޓާޖެނެރަލުންގެ އެއޮއް އަރިހުގައި މަސައްކަތްކުރި ކުރުމުން ލިބުނުހާ ތަޖުރިބާވާނީ ފޫނެތްފަަޔަށް ފުރި ފެނަކަށްނުން.