އިޒްރޭލާއި އީރާންގެ ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ އެކު މިދިޔަ އަންގާރަ ދުވަހު އީރާންގެ ވެރިރަށް ތެހެރާންގައި ކާމިޔާބީ ފާހަގަކުރަން އެއްވި ބަޔަކު ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ފޮޓޯ ހިފައިގެން: އިޒްރޭލުން ބުނަނީ ހަނގުރާމައިގެ ތެރޭ ޚާމަނާއީ ހޯދައި ފެނުނު ނަމަ އަވަހާރަކޮށްލީސް ކަމަށް. -- ފޮޓޯ: އޭއެފްޕީ
27 ޖޫން 2025 - 17:37
އިޒްރޭލުން އީރާނަށް ދިން ހަމަލާތަކުގައި އީރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށާއި ފެނުނު ނަމަ ހަމަލާދީ އަވަހާރަކޮށްލާނެ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ބުނެފި އެވެ.
"އޭނާ އަހަރެމެންނަށް ފެނުނު ނަމަ ހަމަލާ ދޭނަން،" އިޒްރޭލުގެ ދައުލަތުގެ ރޭޑިއޯ "ކާން" އަށް ދިން އިންޓަވިއުއެއްގައި ކާޒް ބުންޏެވެ.
އޭނާ ބުނީ އިޒްރޭލުގެ އަސްކަރިއްޔާއިން ޚާމަނާއީ ހޯދަން "ވަރަށް ބޮޑަށް މަސައްކަތްކުރި" ކަމަށެވެ.
"ޚާމަނާއީއަށް މިކަން އެނގޭތީ ވަރަށް ފުން ބިންގަރާހަކަށް ވަދެ ހުރިހާ ކޮމާންޑަރުންނަށް މުއާސަލާތްތައް ކަނޑާލި ... އެހެންވެ އެކަން ނުވީ،" ކާޒް ބުންޏެވެ.
ބުރާސްފަތި ދުވަހު އިޒްރޭލުގެ ޓީވީ ޗެނަލް 13 އަށް ދިން އިންޓަވިއުއެއްގައި ކާޒް ބުނީ ޚާމަނާއީ އަވަހާރަކޮށްލަން ކުރާ މަސައްކަތް ހުއްޓާލާނެ ކަމަށާއި އެއީ "ހަނގުރާމަ ހުއްޓާލުމުގެ ކުރިންނާއި ހަނގުރާމަ ހުއްޓާލުމަށް ފަސް ތަފާތުވާތީ" ކަމަށެވެ. އޭނާ ބުނީ ހަނގުރާމައިގެ ތެރޭގައި ނަމަ ޚާމަނާއީއަށް "ދުނިޔޭގައި ހުރުމުގެ ފުރުސަތު ނޯންނާނެ" ކަމަށެވެ.
ކާޒް މިހެން ބުނެފައި ވާއިރު ޚާމަނާއީ އަވަހާރަކޮށްނުލީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެކަން ނުކުރަން އެންގުމުން ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
މިހެން ބުނުމަށް ފަހު ކާޒް ވަނީ ޚާމަނާއީ އަދިވެސް ބިންގަރާހުގައި އުޅުއްވުން ބުއްދިވެރިވާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
ކާޒް ބުނީ އިޒްރޭލުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޮން އަޅައި އަވަހަރާކޮށްލި، ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އަށް ދިމާވި ގޮތުގެ ފިލާވަޅު ޚާމަނާއީ ދަސްކުރައްވަންޖެހޭނެ ކަމަށެވެ.
މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އީރާނުން ބޭރަށް ވަޑައިގެންފައިނުވާ ޚާމަނާއީގެ ކޮންމެ ހަރަކާތަކީ ސަލާމަތީ ގޮތުން އެންމެ ސިއްރު ކަންކަމުގެ ގޮތުގައި އީރާނުން އޮންނަނީ ކަނޑައަޅައިފަ އެވެ.
ކާޒް ބުނީ އީރާންގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް އިޒްރޭލަށް މިހާރުވެސް އެބަ އޮތް ކަމަށާއި އަދިވެސް ހަމަލާދޭން ޖެހިއްޖެ ނަމަ ވަގުތުން ހަމަލާދޭނެ ކަމަށެވެ. އިޒްރޭލުން 12 ދުވަސް ވަންދެން އީރާންގެ އަސްކަރީ އަދި ނިއުކްލިއާ ތަންތަނަށް ހަމަލާދިން ނަމަވެސް މިހާތަނަށް ހާމަވެފައިވާ ޖާސޫސީ އެސެސްމަންޓްތަކުން ދައްކަނީ ނިއުކްލިއާ މަޝްރޫއުއަށް މާބޮޑު ގެއްލުމެއް ނުވާ ކަމަށެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރު123
29 June 2025
ކާޒް މީ ހަމަ ބިރުކުޑަ އަލީދޯ. ލޮލް
ވެންގަބޯ
28 June 2025
ކަލޯމެންގެ ކައިރީގައި ހުއްޓަސް ނުފެންނާނެ ﷲ ރައްކާތެރި ކުރައްވާ އަޅަކު ކަލޭމެންގެ ތެރޭގައި ހުއްޓަސް ނުފެންނާނެ ތިހެން މުސްލިމް ލީޑަރުން ފާރަލަމުން ގޮސް އެންމެފަހުން ބައިމީހާގެ ބޮލަށް ބަޑިޖެހޭ އިރުވެސް ނޭނގޭ ހިސާބަށް އަދިދާނެ ނަތަންޔާހޫގެ ބޯކަނޑާލި މީހަކު ފާފަވެރިވާނެ ރައްޔިތުންގެ ލޭބޯ ޑުރެކިއުލާ ނަތަންޔާހޫ ކަލޭގެ ނިމުންފަލަސްތީނުގެ ﷲ ގެންދާނީ ވަރައްވެސް ވޭންދެނިވި ގޮތަކަށް އާމީން.
ބުރުދޔިަ
28 June 2025
ތީ އެއްކަލަ ޖަހާނަމޭ ޖަހާނަމޭ ކިޔާ ކަހަލަ ކުއްޖާ އުޅޭ ގޮތް، އޭނާ އަކީ އަހަރެން މުނިކާފައަށް ވުރެ ދޮށީ މީހެއް، މަރުވެދާނެތީ ބިރުން އުޅެންޖެހޭ ވަރު މީހެއް ނޫން
ގެދާނޯމޮސް
27 June 2025
ފޮޓޯއަކަށް ނަމަވެސް ފޮނުވާލި ނަމަ!
ޗޫޤީ
27 June 2025
ނަސީބެއްނު ޚާމަނާއީގެ ސިފައިގައި ކަލޭމެންނަށް ނަތަންޔާހޫ ނުފެނުންކަން. މާތްކަލާނގެ ކަލޭމެންގެ ލޯތައް ކަނުކުރައްވާށި. އާމީން.
ބޮޗޭ
27 June 2025
އިޒްރޭލް ހަނދާން ބަހައްޓަން ވާނެ އެރިއެލް ޝެރޯން ކޮމާގަ ކިތައް އަހަރު އޮތްކަން. މާ ފުއްޕާފަ އުޅެވޭނީ ގަޑި ޖެހެންދެން.
އާއިނާ
27 June 2025
ކަލޯމެން ބޭނުންހާ ކަމެއް ނުވާނެ. އަބޫޖަހުލުމެނާއް ވެސް ތިހެންވިއޭ.