ޗައިނާގެ މިލިޓަރީ ޔުނިވަސިޓީއަކުން އުފެއްދި، މަދިރިއަކާ އެއްވަރުގެ ޑްރޯން
27 ޖޫން 2025 - 21:39
ޗައިނާގެ މިލިޓަރީ ޔުނިވަސިޓީއަކުން، ސަވައިލެންސަށް ބޭނުންކުރުމަށް ހާއްސަކޮށް، މަދިރިއަކާ އެއްވަރުގެ ޑްރޯންއެއް އީޖާދުކޮށްފި އެވެ.
"މި ބާވަތުގެ މައިކްރޯ ރޮބޮޓަކީ ހާއްސަކޮށް ހަނގުރާމައިގެ މައިދާނުގައި އިންފޮމޭޝަން ރިކޮނިސެންސް ފަދަ ހާއްސަ މިޝަންތަކަށް އެންމެ އެކަށޭނެ އެއްޗެހި،" ޗައިނާ ސެންޓްރަލް ޓެލެވިޒަންގެ ރިޕޯޓެއްގައި ނޭޝަނަލް ޔުނިވާސިޓީ އޮފް ޑިފެންސް ޓެކްނޮލޮޖީގެ ދަރިވަރެއް ކަމަށްވާ ލިއަންގް ހެކްސިއާންގް ޖޫން 14 ގައި ބުނެފައިވެ އެވެ.
ޗައިނާގެ ނޭޝަނަލް ޔުނިވާސިޓީ އޮފް ޑިފެންސް ޓެކްނޮލޮޖީގައި އުފެއްދި މި އާ ޑިވައިސްގެ ދިގުމިނުގައި ހުންނަނީ އެންމެ ދެ ސެންޓިމީޓަރެވެ. ފުޅާމިނުގައި ތިން ސެންޓިމީޓަރު ހުންނައިރު ބަރުދަން 0.2 ގްރާމަށް ވުރެ ލުޔެވެ.
ސީސީޓީވީ އިން މި ޑްރޯން ދައްކާލި އިރު މީގެ ރިސާޗަރު ދެ އިނގިލިން އެ ޑޯން ހިފަހައްޓާލައިގެން ހުންނައިރު އެއްޗެއް އޮންނަހެން ވެސް ހީނުވެ އެވެ.
⚡️The Chinese military has shown a microscopic drone the size of a mosquito, — South China Morning Post.
— Matt Grimes (@mattgrimesbrook) June 21, 2025
The developers believe that such a drone is almost impossible to notice, so it is ideal for reconnaissance, and a small portable device is enough to control it.
According… pic.twitter.com/iwMoqPsRmh
ރިޕޯޓްތައް ބުނާ ގޮތުގައި މި ޑްރޯން ރާޑަރަަކަށް ނުފެންނާނެ އެވެ. ވަރަށް ކުދި ކެމެރާތަކާއި މައިކްރޯފޯންތައް ބޭނުންކޮށްގެން ވިޝުއަލް، އަޑު އަދި އިލެކްޓްރޯނިކް ސިގްނަލްތައް ރެކޯޑުކުރާއިރު މި ޑްރޯން އުދުހޭ އަޑު ވެސް ވަރަށް މަޑުވާނެ ކަމަށްވެ އެވެ.
ޑްރޯން ޓެކްނޮލޮޖީ ކުރިއަރަމުން ދާއިރު މިފަދަ މައިކްރޯ ރޮބޮޓިކްސް ދިރާސާތައް އެހެން ތަންތަނުގައި ވެސް ދަނީ ކުރަމުންނެވެ.
އަސްކަރީ އެޕްލިކޭޝަންތަކަށް ބަލާއިރު، ނޯވޭގައި އެންމެ ފުރަތަމަ އުފެއްދި އަދި ޓެލެޑައިން ފްލާރް ޑިފެންސް އިން އުފައްދަމުން އަންނަ ބްލެކް ހޯނެޓް އަކީ މިއަށްވުރެ ތަންކޮޅެއް ބޮޑު މައިކްރޯ ޑްރޯންއެކެވެ. އޭގެ ސަބަބުން ސިފައިންނަށް ހާލަތު ވަޒަންކުރުމުގައި ވަނީ ރައްކާތެރި އަދި ފަސޭހަ ގޮތެއް ލިބިފަ އެވެ. އެންމެ ފަހުގެ މޮޑެލް، ބްލެކް ހޯނެޓް 4 އަކީ ތާމަލް ފޮޓޯތައް ދެ މޭލު ދުރުން ޓްރާންސްމިޓްކޮށްދޭ އަދި 30 މިނެޓަށް ވުރެ ގިނަ އިރު އުދުހުމުގެ ގާބިލުކަން ލިބިފައިވާ މޮޑެލްއެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެދޮރޭ
28 June 2025
މަދިރީގައި 2 ސެންޓިމީޓަރު ހުރޭބާއޭ މި ހިތަށް އަރަނީ. ކޮންމެ ގޮތެއްވިޔަސް 2ސމ ގެ ޑްރޯން އެއް އުފެއްދުމަކީ ބޮޑު ކާމިޔާބީއެއް
ކޮރަލް
28 June 2025
ކޮންމެ ވެސް ބަޔަކު އެއްޗެއް ހެދީމަ އެހެން މީހުން ކޮޕީ ކުރަނީ އެވެ. އެހެދި ބަޔަކު އެހެދި ގޮތް ބަލައިގެންނެވެ. ދެން ކުދި ކުދި ބަދަލު ތައް އާދެ އެވެ. ޒަމާން ބަދަލު ވާ ވަރަކަށް އަންނަ ބަދަލު ތައް ވެސް ބޮޑޫވެގެން ދެ އެވެ. ދިވެހީން ވެސް ކޮޕީ ކުރެވޭ ކަހަލަ އެއް ޗެހި ކުދި ކުދި ބަދަލު ތަކާ އެކު ކޮޕީ ކުރަން ދަސް ކުރަން ވީ އެވެ.