29 ޖޫން 2025 - 15:14
ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ އިންޑިއަން އޯޝަން ކެޓަގަރީގެ މި އަހަރުގެ މުހިއްމު ދެ އެވޯޑެއް ރާއްޖެއަށް ލިބިއްޖެ އެވެ.
ޓެންޒޭނިއާގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ހަފްލާގައި ރާއްޖެއަށް ލިބުނު ދެ އެވޯޑާ ހަވާލުވީ،= އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ.
ރާއްޖެއަށް ލިބިފައިވަނީ ޑަބްލިއުޓީއޭ އިންޑިއަން އޯޝަން ކެޓަގަރީ އިން ލީޑިން ޑެސްޓިނޭޝަން އެވޯޑާއި ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑެވެ. މިއީ ލީޑިން ޑެސްޓިނޭޝަން އެވޯޑު ވިދި ވިދިގެން ރާއްޖެ އަށް ލިބޭ ހަ ވަނަ ފަހަރެވެ. އަދި ގްރީން ޑެސްޓިނޭޝަން އެވޯޑު ލިބޭ ދެ ވަނަ އަހަރެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް ދޭން ފެށީ 1993 ގަ އެވެ. އެ އެވޯޑްގެ މަގުސަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ޓޫރިޒަމްގެ ސިނާއަތުގެ ހުރިހާ ދާއިރާއަކުން ހޯދާ ކާމިޔާބީތައް ފާހަގަކުރުމެވެ.
އެ ޝަރަފުވެރި އެވޯޑްތައް މި އަހަރު އަނެއްކާވެސް ލިބުމުން ޝިއުރީ ވިދާޅުވީ، އެ އެވޯޑުތަކުގެ ސަބަބުން ޓޫރިޒަމް ދާއިރާގައި ހާއްސަ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް އިތުރު ހިތްވަރެއް ލިބިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރަށް ރާއްޖެ އިޝްތިހާރުކުރަން އިތުރު ފުރުސަތުތަކެއް ފަހިކުރުމަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާހޭ2090
29 June 2025
ދެން ކޮބައިބާ ރާއްޖޭގެ ޓްރެވަލް އޭޖެންޓުންނަށް ލިބުނު އެވޯޑްތައް. އެވާހަކަވެސް ދައްކާލިނަމަ. އެވެސް ހަމަ އެކި ވަނަތަކަށް ދިޔަ ހަމަ ރާއްޖެއަށް ރީތިނަން ގެނެސްދިން ބައެއް ނޫންބާ. ފުޓްބޯޅަ މެޗެއްވެއްޖިއްޔާމުން އެކަން ފާހަކުރާނެ. އެކަމަކު ރާއްޖެއަށް އެންމެ ގިނަ ފައިސާގެންނަ ކުންފުނިތަކުގެ މަސައްކަތްތަކުގެ އަގު ވަޒަން ނުކުރޭ،