ދައުލަތުގެ ކުންފުނިތައް ހަރުދަނާ ކުރުމާ ބެހޭގޮތުން މިއަދު އެމްއޯޔޫގައި ސޮއިކުރަނީ. --- ފޮޓޯ | ފިނޭންސް މިނިސްޓްރީ
01 ޖުލައި 2025 - 15:31
ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރަން ދިވެހި ސަރުކާރުން ސިންގަޕޫރުގެ ކޯޕަރޭޝަން އެންޓަޕްރައިޒްއާ އެކު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ސިންގަޕޫރުގައި މިއަދު ބޭއްވި މޯލްޑިވްސް-ސިންގަޕޫ ބިޒްނަސް ފޯރަމްގެ ތެރެއިން އެ އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި ސިންގަޕޫރު ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު ޓޭ ލިއަން ޗިއު އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެ އެމްއޯޔޫގެ ދަށުން ގާއިމްކުރެވޭ ޕާޓްނާޝިޕްގެ ދަށުން ސިންގަޕޫރުގެ ޕަބްލިކް ސެކްޓާގެ އިލްމާއި ނަމޫނާ އާދަތައް ބޭނުންކޮށްގެން ރާއްޖޭގައި މުހިންމު ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިވާނެ ކަމަށެވެ.
ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ނިޒާމާއި ގާބިލުކަން އެ އެމްއޯޔޫގެ ދަށުން އިތުރުކޮށް، މަސައްކަތުގެ ފެންވަރު ބެލުމާއި ވަޒަންކުރުމުގެ ހަރުދަނާ އޮނިގަނޑުތަކެއް ގާއިމް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި މައިގަނޑު މަސައްކަތުގެ ފެންވަރު ދައްކުވައިދޭ މިންގަނޑުތަކާއި (ކޭޕީއައި) ޖަވާބުދާރީވުމުގެ ނިޒާމުތައް އެކުލަވާލުމުގެ އިތުރުން ދައުލަތް ހިއްސާވާ ކުންފުނިތަކުގެ މާލީ ހިންގުމާއި ހިންގުމުގެ ހަރުދަނާ ކަމާއި ވިޔަފާރީގެ ރަނގަޅު އުސޫލުތައް ހަރުދަނާ ކުރެވޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް މިއަދު ކުރިއަށް ގެންދިޔަ ބިޒްނަސް ފޯރަމްގައި ރާއްޖޭގެ ފުރަތަމަ އެސްއީޒެޑް އިންވެސްޓްމަންޓް މަޝްރޫއުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޫބާ ނާޒިމް
03 July 2025
ކުންފުނިތައް މީގެ ސަބަބުން ކުރިއެރުމުގެ ފުރުސަތު ބޮޑު. ކޮރަޕްޝަން މަދުވާނެ ހަމަ ޔަގީނުންވެސް.
މުސްތާން
03 July 2025
ވަރަށް ރަނގަޅު ނިންމުމެއް. މީގެ ސަބަބުން ތަރައްގީ ވެގެންދަނީ ކުންފުނިތަކުގެ ވެރިންގެ ސިކުޑި. ކުންފުނި ކުރިޔަށް ދާނެ އޭރަށް
ނޯބަލް
02 July 2025
ކަލޯ ސިންގަޕޫރުގެ ދުވަސް ތި ދިޔައީ،
އިންބާ
01 July 2025
ކޮންމެ ތަނަކާ އެކު ސޮއި ކުރިޔަސް ވާނެ ކަމެއް ހަމަ ހަރާމް. ދޮގުހެދުމާ ވައްކަމާއީ ނާޖާއިޒު ފައިދާ ނަގާ ފަރާތްތަކަށް ސިންގަޕޯރއިން އަމަލު ކުރާ ގޮތް އަހަރުމެންނަށް ނޫސް ތަކުން ފެނިގެންދޭ، އެގޮތައް އަމަލު ނުކޮށް ތިކަމުން ކުރާނެ ފައިދާއެއް ނޯންނާނެ.
ލޫޓު
01 July 2025
ވެރިކަމަށް އަންނީ އެސް.އޯ.އީ ތައް މެެދުވެރިކޮށް ޤައުމު ލޫޓުވުމުގެ ފޮނި އުންމީދުގައި. އެކަން މި ވެރިކަމުން ވެސް ވަރަށް ރަގަޅަށް އެބަ ކުރޭ. ނިމިދިޔަ ވެރިކަންތަކުންވެސް ކުރީ އެކަން. ވެރިކަމަށް އައުމަށް މަސައްކަތްކުރާ މީހުން އެކުރަނީވެސް ލޫޓުވުމުގެ ފޮނި އުންމިދު. އެއްބަޔަކަށްވުރެ މޮޅަށް އަދި ބޮޑަށް ލޫޓުވާލާ ދަވާލެވޭތޯ ބަލަނީ. ރައްޔިތުން ވޯޓުލައިގެން ހޮވަނީ ވަގުންގެ ތެރެއިން ބޮޑު ވަގު.
ދައިގަންނަގުރާ
01 July 2025
ހަމަ އެއްކަމެއްވެސް ކުރަން ނޭނގޭ ބަޔަކާތަ ތަންތަން ހިންގަން ހަވާލުކުރަނީ؟ ކަނޑުގަ ތިބި މަސްތައްވެސް މާ މޮޅުތާ އެހެންވީމަ؟ މީގެ ކުރިންވެސް އެސްއޯއީތައް ހިންގި. ފައިދާވޭ. ކޯޕަރޭޓް ޕްރެކްޓިސަސް ފޮލޯ ކުރޭ. އެމްއޯޔޫ އެއްގަ ސޮއިކޮށްގެން ކޮށް އުޅުނުކަމެއް ކަމަށް ނުދެނަހުރިން.
ޢަލްޓިކޯ
01 July 2025
ޜަގަޅޭ ތިވަރުވަރުވެސް ފަސްއަހަރު ނިމޭއިރު ގަލަމުތުޑުން ރޮގެއް ކުރެހިއްޖެއެއްނު
އެހެން
01 July 2025
މިފަހަރު ސިންގަޕޫރު މީހުންވެސް ހައިރާން ވާވަރުކުރާނެ، އެމީހުންގެ ކުންފުނިތަކައް މިމީހުންގެ ކޮރޮޕްޝަން ބަލި ނުޖެހިއްޖެއްޔާ ރަނގަޅު
ޝަހުމް އާދަމް
01 July 2025
ކުންފުނިތައް ދުނިޔޭގެ އެއްމެ ހަރުދަނާ ނިޒާމަކަށް ހިންގަނީ ސިންގަޕޫރުން. އެހެންވީމަ މީގެން ހެޔޮ ބަދަލްތަކެއް އަންނާނެކަން ޔަގީން
މޫސާ ޔައީޝް
01 July 2025
ސިންގަޕޫރުން ނަމޫނާ ހޯދައިގެން މިގައުމުގެ އެސްއޯއީތައް ކުރިއެރުވޭނެ