ރައީސް މުއިއްޒަށް ސިންގަޕޫރުން މިއަދު ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ގޮތުން ގާޑް އޮފް އޮނާއެއް އަރުވާއިރު، އަރިހުގައި އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް.---ފޮޓޯ: ރައީސް އޮފީސް
30 ޖޫން 2025 - 12:42
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެ އެ ގައުމުގެ ރައީސާއި ބޮޑުވަޒީރު ރަސްމީކޮށް މިއަދު މަރުހަބާ ދަންނަވައިފި އެވެ.
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދައުވަތަކަށް ރައީސް މުއިއްޒާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒަށް ރައީސް ތަރުމަން މަރުހަބާ ދެންނެވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނަށް ގާޑް އޮފް އޮނާއެއް އެރުވި އެވެ.
ރައީސް މުއިއްޒާއި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް މިއަދު ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ތަރްމަންގެ ދެކަނބަލުން ރައީސް މުއިއްޒުގެ ދެކަނބަލުންނާ ބައްދަލު ކުރެއްވި އެވެ. އެ ރަސްމިއްޔާތަށް ފަހު، ސިންގަޕޫރުގެ ބޮޑުވަޒީރު ލޮރެންސް ވޮންގް ވެސް ވަނީ ރައީސް މުއިއްޒާ ބައްދަލު ކުރައްވައިފަ އެވެ.
ރައީސް މުއިއްޒު ވަނީ ސިންގަޕޫރާއި ރާއްޖެއާ ދެމެދު އޮތް ހާރިޖީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅޭ ހާއްސަ ފޮތެއް ވެސް ސިންގަޕޫރުގެ ރައީސަށް އަރުވައިފަ އެވެ.
އެ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫތަކެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަސްމީ ޔޯ
30 June 2025
ކޮބާ ރަތް ކާޕެޓް؟
އަސްލަމް ވަހީދު
30 June 2025
މީ ގައުމު ފަހުރުވެރިކުރުވާނެ ރައީސް. މަރުހަބާ ރައީސް