ރައީސް މުއިއްޒާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޮރެންސް ވޮންގް މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
30 ޖޫން 2025 - 13:55
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ތިން ދާއިރާއަކުން ގުޅުން ބަދަހިކުރަން އެމްއޯޔޫތަކެއްގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.
ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ދައުލަތުގެ ބައެއް އިސްވެރިން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބޮޑުވަޒީރު ލޮރެންސް ވޮންގްއާ ރައީސް މުއިއްޒު ބައްދަލު ކުރެއްވުމަށް ފަހު ބޭއްވި ރަސްމިއްޔާތެއްގައި ދެ ގައުމުން މިއަދު ސޮއިކުރީ ކެޕޭސިޓީ އިތުރުކުރުމުގެ ދާއިރާއިންނާއި ތިމާވެށީގެ ދާއިރާއިންނާއި މަތީ ތައުލީމާއި ތައުލީމީ ސިޔާސަތާއި ފަންނީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫތަކެއްގަ އެވެ.
ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި ބޭއްވި އެ ރަސްމިއްޔާތުގައި ކެޕޭސިޓީ އިތުރު ކުރުމުގެ ދާއިރާއިން އެމްއޯޔޫގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ. އަދި ސިންގަޕޫރުގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. ވިވިއަން ބަލަކްރިޝަނަން އެވެ.
ރައީސް މުއިއްޒާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޮރެންސް ވޮންގް މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ޓޫރިޒަމް އެންޑް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ސޮއި ކުރެއްވިއިރު، ސިންގަޕޫރު ސަރުކާރުން ސޮއި ކުރެއްވީ އެ ގައުމުގެ މިނިސްޓަރު އޮފް ސަސްޓެއިނަބިލިޓީ އެންޑް އެންވަޔްރަމަންޓް ގްރޭސް ފޫ އެވެ.
މަތީ ތައުލީމާއި ތައުލީމީ ސިޔާސަތު އަދި ފަންނީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ހައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ސޮއި ކުރެއްވިއިރު، ސިންގަޕޫރުގެ ފަރާތުން އެ އެމްއޯޔޫގައި ސޮއިކުރެއްވީ އެ ގައުމުގެ އައިޓީއީ އެޑިއުކޭޝަން ސާވިސްގެ ޗީފް އެގްޒެކެޓިވް ގޮ މޮންގް ސޮންގެވެ.
ރައީސް މުއިއްޒާއި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް މިއަދު ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު މިއަދު ވަނީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެ ގައުމުގެ ބޮޑުވަޒީރު ލޮރެންސް ވޮންގްއާ ވެސް ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމެރިކާ
01 July 2025
ރައްޖޭގެ ރައްޔިތުން އުޅެނީ ސަރުކާރު ފެލަން. އެހެންވެ ސަރުކާރުގެ ތިޖޫރީ ހުސްކޮއްލަން ޖެހޭ ދެން އަންނަ އިންތިހާބަކައް.
ކަކުނިބޯ
30 June 2025
ޢެމެރިކާއިން ޓެކްސްބޮޑުކުރުމުން އަންނާނެ ޅޮލުން ކުޑަކުރުމަށް ރާއްޖެެއިންނެގެންހުރި ފައިދާއެއްނަހަން ސިންގަޕޯރ މިވަގުތުއޮންނާނީ ބުޅާމަސްގަޑަށްބަލާހެން. ޢެހެންނަމަވެސް ވިންވިންއަށް ނުވިސްނަންޔާ އެކަހަލަކަންތަކިގެ ފައިދާ ނުނެގޭނެ
ބޮއި ހަލާކު
30 June 2025
މިތިމާވެށި މިނިސްޓްރީ އޮޑިޓް ކުރަން އެބަޖެހޭ. ދާ ކޮންމެ ގައުމަކުން ފަންޑް ދަމާލާ އެބަ ވާކަމެއް ހަރާން. ތިލަފުށީގަވެސް ރަށްރަށުގަ ވެސް ކުނި އަންދަނީ އެކަމް ފަންޑް ނަގަނީ ކުނި މެނޭޖް ކުރަން. ކުނިން ހަކަތަ އުފައްދަން. އެކަމެއް ނުއެއް ފެނޭ. އިންސިނެރޭޓަރެއް ހުރި ތަނެއް ނުފެނޭ. ރިސައިކަލް ފްލާންޓެއް ނުފެނޭ. މާލެ ސަރަހައްދު ހުރިހާ އެއްޗެއް ތިލަފުއްޓަށް މެދު ރާއްޖެ ހުރިހާ އެއްޗެއް ވަންދޫ ކިޔާ ރަށަކަށް ފުންޔަކަށް ޖެހީމަ ނިމުނީ.
ބަލާށޭ
30 June 2025
ސިންގަޕޯރގެ ޑީބީއެސް ބޭންކް އިން 1 ބިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހުޅުމާލޭގެ އިރުންނާއި އަދި ހުޅަނގުން އޮތް ވިލު ހިއްކާލާ ހުޅުމާލޭގެ ހުޅަނގު ބަނދަރު ކަނޑު ތޮށިލާ އެއ8 ބަނދަރު ކަމުގައި ހަދަންވީ ދެން ހިއްކާ ހުރިހާ ބިން ތައް ބިންތައް ވިއްކާލާނީ 4 ބިލިއަން ޑޮލަރު ލިބެންދެން އެއިރުން އަންނަ އަހަރު ލޯން ދެއްކޭނެއޭ
ޢަލްޓިކޯ
30 June 2025
ޢަންޑަރ ވޯޓަރޓަނަލް އަޅަން ހެދިކަހަލަ ފީސިބިލިޓީ ނޫންތަ އނެއްކާ
ޖައްސާޖައްސާ
30 June 2025
ސިންގަޕޯރ އާއި ރާއްޖެ މި 2 ގައު.މަކީ ޒަމާންވީ ވިޔަފާރީގެ 2 ބައިވެރިން ސޮންގަޕޯރ އިންޑަސްޓްރިއަލް ޕާރކް ހަދަން މާލެ އާއި ވިލިގިލި ދެމެދު އޮތް ތިލަކަނޑު ހިއްކާލާ އެތަނުން ލިބޭ ކުލީގެ %10 ދޮވެހި ސަރުކާރަށް ސިންގަޕޯރ އިން ދޭނީ 1000 އަހަރު ވަންދެން މިގޮތަށް ޖައްސާށޭ ޖައްސާ ޖައްސާ ޖައްސާ
އަފާފް ސައީދު
30 June 2025
މުއިއްޒް މި ދަތުރު ފެއިލްވާނެޔޭ ބުނި މީހުން ކޮބާ؟ ނުލާހިކު ކަންކަމުގައި ސޮއިކުރެވެމުން މިދަނީ.
ބެއްޔާގެ ދަރި
30 June 2025
އެމްއޯޔޫއަކީ ބާރެއް ހިނގާ އެއްޗެއް ނޫން. ތިކަހަލަ ކިތައް އެމްއޯޔޫގައި ސޮއިކޮށްފި އެކި ގައުމުތަކާ. ވީކަމެއް ހަރާން. ހަގީގީ އިންވެސްޓްމަންޓެއްގައި ސޮއިކުރިބާ؟
ޝަހުމް އާދަމް
30 June 2025
ގައުމަށް ނުލާހިކު ފައިދާ ވެގެން ދާނެ މީގެ ސަބަބުން.