ޚަބަރު / ޑރ. އަބްދުﷲ ހަލީލް (ފޮރިން މިނިސްޓަރު)

ހާރިޖީ ސިޔާސަތު އޮތީ ދިވެހިންގެ ފައިދާއަށް، ނޫނެކޭ ބުނަން ފަހެއް ނުޖެހޭނެ: ހަލީލް

ސިންގަޕޫރުގައި ދިރިއުޅޭ އާއިލާއެެއްގެ ބަޔަކާ އެކު ރައީސް މުއިއްޒުގެ ދެކަނބަލުން ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް

01 ޖުލައި 2025 - 18:13

15 comments

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވަނީ ދިވެހިންނަށް ފައިދާ ހޯދައިދިނުމަށް ކަމަށާއި ދިވެހިންގެ ހައްގުގައި "ނޫނެކޭ ބުނަންޖެހޭ ނަމަ" އެކަން ކުރާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި އުޅޭ ދިވެހިންނާ ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ހަލީލް ވިދާޅުވީ ދިވެހިންނާއި ރާއްޖެއަށް ފައިދާވާނެ ގޮތަށް ހާރިޖީ ސިޔާސަތު ބައްޓަންކުރުމަކީ ރައީސްގެ ވައުދުފުޅެއް ކަމަށްވާތީ، މިހާތަނަށް ވެސް ހާރިޖީ ހުރިހާ ކަމެއް އެ މަނިކުފާނު ނިންމަވަނީ އެގޮތަށް ކަމަށެވެ. އަދި ދިވެހިންގެ ހައްގުގައި "ނޫނެކޭ ބުނަން ޖެހޭ" ތަންތަނުގައި އެގޮތަށް އެކަން ކުރައްވާފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ.

ސިންގަޕޫރުގައި ދިރިއުޅޭ މީހުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން މިއަދު ބޭއްވި ހަފުލާގައި ފޮރިން މިނިސްޓަރު ހަލީލް ވާހަކަ ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

"އެކަން އެމަނިކުފާނު އަމަލާއި ބަހުން ވެސް އެ ވަނީ ދައްކަވާފައި. ނޫނެކޭ ވިދާޅުވާން ޖެހޭ ތަންތަނުގައި ނޫނެކޭ ވިދާޅުވެފައި އަދި އާއެކޭ ވިދާޅުވާން ޖެހޭ ތަންތަނުގައި އާއެކޭ ވިދާޅުވެފައިވަނީ. ދިވެހިންނާއި ގައުމަށް ހެޔޮގޮތް ހޯއްދަވަން ކުރައްވަންޖެހޭ ކަންކަން ކުރައްވައި, އެ ގެންދަވަނީ ރައްޔިތުންނަށް އެކަންކަން ހާސިލް ވެސް ކޮށްދެއްވަމުން." ހަލީލް ވިދާޅުވި އެވެ.

ސިންގަޕޫރުގައި ދިރިއުޅޭ މީހުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން މިއަދު ބޭއްވި ހަފުލާ އަށް ވަޑައިގަތުމުން ކުޑަކުދިންތަކެއް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ހަލީލް ވިދާޅުވީ ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ދަތުރުފުޅެއްގައި އެ ގައުމެއްގައި އުޅޭ ދިވެހިންގެ ހާލު އަމިއްލަފުޅަށް ބައްލަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި މިއީ ހަލީލް ވިދާޅުވި ގޮތުގައި، ބޭރުގައި އުޅޭ ދިވެހިންގެ ހާލަތު ރައީސަކު އެހާ ގާތުން ބައްލަވާ ފުރަތަމަ ފަހަރެވެ.

ހަލީލް ވިދާޅުވީ ސިންގަޕޫރު ދަތުރުފުޅުގެ ތެރެއިން ގިނަ އެމްއޯޔޫތަކެއްގައި ރާއްޖެއިން ސިންގަޕޫރާ އެކު ސޮއިކުރީ ވެސް ދިވެހިންނަށް ފައިދާހުރި ގޮތްތަކެއް ހޯދުމަށް ކަމަށެވެ. އަދި އޭގެ ހެޔޮ ބަދަލު ފެންނާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

ސިންގަޕޫރުގައި ދިރިއުޅޭ އާއިލާއެެއްގެ ބަޔަކާ އެކު ރައީސް މުއިއްޒުގެ ދެކަނބަލުން ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް

ހަލީލް ވިދާޅުވީ ބޭރު ގައުމުތަކުގައި އުޅޭ ގިނަ ދިވެހިންނަކީ އެ ގައުމުތަކުގެ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާ ބައެއް ކަމަށާއި އެކަމަކު "މަދު ދެތިން މީހަކު" އަމަލުކުރާ ގޮތެއްގެ ސަބަބުން، ބޭރުގައި އުޅޭ އެތައް ދިވެހިންނަށް ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. ވިސާ ހޯދުމަށާއި ވިސާގެ މުއްދަތު އިތުރުކުރުން ނުވަތަ ތައުލީމީ ފުރުސަތުތައް ހޯދުމުގައި އިތުރު ދަތިތައް އެފަދަ ކަންކަމުގެ ސަބަބުން ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ކޮންމެ ދިވެއްސަކު ވެސް އެކަންކަމަށް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިންގަޕޫރުގައި ދިރިއުޅޭ މީހުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން މިއަދު ބޭއްވި ހަފުލާ އަށް ދިޔަ ބައެއް މީހުން.---ފޮޓޯ: ރައީސް އޮފީސް

"އެ ދިރިއުޅޭ ގައުމެއްގެ މުޖްތަމައުގެ ތެރެއަށް ނިކުންނައިރުގައި ދިވެހިން އަހްލާގާއި ރީތި ސިފަތައް އެ މުޖްތަމައުގެ ތެރޭގައި ފަތުރާ އަދި އެގޮތަށް ދިރިއުޅޭ ރައްޔިތެއް ކަމުގައިވުން އެއީ ވަރަށް މުހިންމު ކަމެއް." ހަލީލް ވިދާޅުވި އެވެ.

މިރޭގެ އެ ރަސްމިއްޔާތުގައި، ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރުގައި ދިރިއުޅޭ ރައްޔިތުންނާ ވަކިވަކިން ބައްދަލު ކުރައްވައި، އެ މީހުންގެ ކަންބޮޑުވުންތަކާއި ވާހަކަތައް އައްސަވައިފަ އެވެ.

15 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 47%
icon wow icon wow 7%
icon inlove icon inlove 47%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުސްތަނާ މުހައްމަދު

03 July 2025

މީ ހަގީގަތުގައި ގައުމު ދެކެ ލޯބިވާ ވެރިޔެއް.

The name is already taken The name is available. Register?

އަބްޑޫޅް +

02 July 2025

ދިވެހީންގެ ފައިދާ އަށް އާނއެކޭ ބުނާނަންތަ؟

The name is already taken The name is available. Register?

އެގްޒެކެޓިވް

02 July 2025

ދިވެހިންގެ ފައިދާއަކަށް ނޫން، އެކަމަކު ދިވެެއްސެއްގެ ފައިދާއަށް އާއެކޭ ބުނާނެ. އެ ވެދާނޭ އެ ދިވެއްސަކީ ސަރުކާރު ބޭފުޅެއްކަމަށް ވެސް.

The name is already taken The name is available. Register?

%30ލ

02 July 2025

ހާރިޖީ ސިޔާސަތު ދިވެހިންގެ ފައިދާއަށް އޮތީމާ ތޯ ހަމައެކަނި ޗައިނާ އިން ގެންނަ މުދަލަށް %30 ލަނީ... 2028 ގަ މި %30 މިޔަ ވެރިން އަށް ހިތިކޮށް ރަހަލާނެ.

The name is already taken The name is available. Register?

raajje

02 July 2025

ބުނެއުޅެނީ "ބަސްމަދުކުރާށޭ ޢަމަލުގިނަކުރާށޭ،" ސަރުކާރުންކުރާކަމަކީ ބަސްގިނަކޮށް އަމަލުމަދުކުރަނީ، މުޅިންދޯކާ ޑޮަލަރުގެ ލިމިޓު 500 އަށްއިތުރުކޮށްފީމޭކިޔާފަވެސް ބޭންކުން ރައްޔިތުންނަށްމިދިނީދޯކާ، ވަކިސައިޓުތަކަކުންނޭ %30ގެ ޗާޖުނަގަނީކިޔާއިރު ބަލަ ދިވެހިން އެންމެގިނައިން ބޭނުންކުރާސައިޓުތަކަކީއެއީޔޭ! %30ގެ ޗާޖުލީމާ ޑޮލަރުގެ އަގު -/20ރ އަށްވުރެން މަތިވެޔޭއެބަ، މީތަވައުދުފުއްދާގޮތް؟؟ އިންޑިޔާސިފައިންބޭލީކިހިނެއް؟ ބޭލުވީޔުނީފޯމު މީވައުދުފުއްދާގޮތް؟

The name is already taken The name is available. Register?

އައްސި

02 July 2025

ކިހުިނެއް ގައުމު އެންމެން ޑޮލަރުން ވިޔަފާރި ކުރާނީ؟ އެވަރުން ވެސް މުދާ ކޮޅު ލިބޭކަން ރަނަގޅެއްނު! ބައެއް ގައުމުތަކުގަ ޓެމޫ މަނާ

The name is already taken The name is available. Register?

ށސ11

02 July 2025

ދޮގެއް، ދިވެހިންނަށް އުދަނގޫކުރަަނީ ބޭރުމީހުންބުނާ ހުރިހާކަމަކަށް އާއެކޭ ކިޔައިގެން. ކޮންމެ ސަރުކާރެއްތޮތަސް ހަމަ އެއް އެޖެންޑާއެއް

The name is already taken The name is available. Register?

ވެންގަބޯ

02 July 2025

ނުރަސްމީ ވިޔަސް ރަސްމީ ވިޔަސް އިސްވެރިން ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކުގައި އާއިލާގެ ކޮންމެ މީހަކަށް %50 މުސާރައިން އުނިކުރެވެންވާނެއެވެ މިސަރުކާރުން މިދަނީ ރައްޔިތުންގެ ކުރިމަގަށް ހުރަސް އަޅަމުންނެވެ ރައްޔިތުންގެ ހިތްހަމަޖެހުމާއި އުފާވެރިކަމަށް ހުރަސްއަޅަމުން މިސަރުކާރުން މިދަނީ ރައްޔިތުން ކުރާހުރިހާ ކަމެއްގެ ތެރެއަށް ސަރުކާރުން ވަންނަމުން އަދި ސަރުކާރުގެ ބާރުގެ ދަށަށް ގެންނަމުން މީދެން ކިހާ ބޮޑުވެއްޖެ ކަމެއްތޯއެވެ. އަދިވެސް ބަލަންތިބެނީތާ. ؟

The name is already taken The name is available. Register?

ކޮސްބެ ކޮސް

02 July 2025

އަބަދުވެސް އަގުބޮޑު އޭޝިއާ ގައުމުތަކާ ޔޫރަޕަށް ގޮސް އެތަންތާ އުޅޭ މާލޭ ބޭފުޅު މުއްސަދި ދެތިން އާއިލާއަކާ އެއްކޮށް ފޮޓޯ ނަގައިފަ ކޮންމެސް ދެފުއްކެހެރި ޒާތު ވާހަކައެއް ދައްކާނީ. ރިއަލިޓީއަކީ ރާއްޖޭގައި ދިރިއުޅޭ ދިވެހިން މިއުޅެނީ ބޭސް ގުޅަ ނުލިބި، ބޮޑު ބައްޔެއް ވެއްޖިއްޔާ ފަންޑުފޮށި ބަހައްޓައިގެން. އެއްޗިސް އެހާ އަގުބޮޑު، ޑޮލަރެއް 20 ރުފިޔާއައްތުރެ މަތީގައި، ޓެކްސް ބޮޑުކޮއްގެން ކުދި/މެދު ފަންތީގެ ވިޔަފާރިތައް ފުނޑާލައިފި. ލަދެެެއްވެސް ނުގަނޭތަ؟

The name is already taken The name is available. Register?

މާލޭ

02 July 2025

ކިހިނެއް ތި ނިންމީ މާލޭ ބޭފުޅުން ކަމެއް،ރާއްޖެތެރޭ މުއްސަދި އާއިލާތަކަކަށް ވެސް ވެދާނެ އެނުން.ކަމެއް ވާއިރަށް މާލޭމީހުންނާ ޖެހިގަންނަނީ ތިޔަ ކޮން މޮޔައެއްވެގެން.ކޮސްނުގޮވާ ރަށުގަ ހުރެބަލަ.

The name is already taken The name is available. Register?

އެޑޯލްފް

02 July 2025

"ދިވެހިންނަށްޓަކައި އާނއެކޭ ބުނަން" ވެސް ތިރީސް ޕަސެންޓް ނަގަންފެނޭ. ހެހެހޭ

The name is already taken The name is available. Register?

ޢަރުތަ

01 July 2025

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވަނީ ދިވެހިންނަށް ފައިދާ ހޯދައިދިނުމަށް"، ތިނޫން ސަރުކާރެއް މަމެން މިހާތަނަށް ނުދެކެން، އެކަމަކު..............

The name is already taken The name is available. Register?

ބަރަބޮ

01 July 2025

ޢެއޮތީ ކުރިމަތިން 500 ޑޮލަރުގެ ލިމިޓެއް ދީފައި ފަހަތުން %30 ގެ ކަޓެއް ނަގާފައި. އަދިވެސް ދިވެހިންނޭ ބަރަބޮލޭ ކިޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454