01 ޖުލައި 2025 - 21:33
ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ދެ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭ ހޮސްޕިޓަލާއި ޓްރީ ޓޮޕްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި މީހުންނަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިދިޔަ މަހު އެހީގެ ގޮތުގައި 7.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ބުނެފި އެވެ.
ބޭސްފަރުވާގެ ހަރަދު ކުރުމަށް ދަތިވާ މީހުން އާސަންދައިގެ ބޭރުން ބޭނުންވާ އެހީތެރިކަން ހަމަޖައްސައިދޭ އިދާރާ ކަމަށްވާ އެންސްޕާ އިން ހާމަކުރި ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ މަހު އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި 190 މީހަކަށް އެހީ ދީފައިވެ އެވެ. އެ މީހުންނަށް ޖުމްލަ ހަރަދަކީ 3.2 މިލިއަން ރުފިޔާ އެވެ.
އެ ހޮސްޕިޓަލުން ފަރުވާ ހޯދި މީހުންގެ ތެރެއިން އެންމެ ގިނަ އެހީ ދީފައިވަނީ ވަނީ ހިތުގެ ބަލިތަކުގެ މީހުންނަށެވެ. ހިތުގެ ބަލީގެ 14 މީހަކަށް 994،871ރ. އެންސްޕާއިން ހަމަޖައްސައިދީފައިވެ އެވެ.
އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކުރި މީހުންގެ ތެރެއިން އެހީ ދިން މީހުންގެ ތެރޭގައި އެންމެ ގިނައީ ކަށީގެ ބަލިތަކާއި ވިހެއުމާ ގުޅޭ ކޭސްތަކެވެ. އެއިން ކޮންމެ ކަމަކާ ގުޅޭ 27 ކޭސް ހިމެނެ އެވެ. ގޭސްޓްރޯއިންޓެސްޓިނަލް 18 ކޭސް އާއި އެ މައްސަލަ ދެ ވަނަ އަށް އޮތް އިރު ތިން ވަނައަށް އެންމެ ގިނައީ ނޭވާލާ ނިޒާމުގެ ކޭސްތަކެވެ. އެއީ 16 އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި 334 މީހަކަށް 4.1 މިލިއަން ރުފިޔާގެ އެހީ ދީފައި ވާއިރު އޭގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކަށީގެ ބަލިތަކުގެ މީހުންނަށެވެ. ޓްރީ ޓޮޕްގައި ކަށީގެ ބަލިތަކަށް ފަރުވާ ހޯދި 53 މީހަކަށް 1،221،484ރ. އެންސްޕާއިން ވަނީ ހަމަޖައްސައިދީފަ އެވެ.
އެހީތެރިކަން ހަމަޖައްސައިދިން ބަލިތަކުގެ މީހުންނަށް ބަލާއިރު ޓްރީ ޓޮޕްގައި އެންމެ ގިނަ ބަޔަކަށް އެހީ ދީފައިވަނީ ވިހައިގެން އެޑްމިޓްކުރި މީހުންނަށެވެ. ވިހެއުމާ ގުޅޭ 64 ކޭސް އެއް ހިމެނޭ އިރު ދެ ވަނަ އަށް އެންމެ ގިނައީ ކަށީގެ ބަލިތަކުގެ ކޭސްތަކެވެ. އެއީ 53 އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނައީ ގޭސްޓްރޯއިންޓެސްޓިނަލްގެ ކޭސްތަކެވެ. އެއީ 40 އެވެ.
ބަލި މީހުންނަށް އެންސްޕާއިން މިދިޔަ މަހު މިހާ ބޮޑު ހޭދައެއްކޮށްފައި ވާއިރު އާސަންދައިން މި އަހަރުގެ ފުރަތަމަ ފަސް މަސް ތެރޭ 950 މިލިއަނަށް ރުފިޔާއަށް ވުރެ ބޮޑު ހޭދައެއް ވަނީ ކޮށްފަ އެވެ. އާސަންދައަށް މުޅި މި އަހަރުގެ ބަޖެޓަކީ 1.8 ބިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލު ރިހުމެއް
02 July 2025
މީ އަޅެ ކޮންކަހަލަ ސަރުކާރެއްތަ؟ އާސަންދަ އުފެއްދި ބޭނުންވެސް ހަނދާން ނެތުނީތަ؟ ދިވެހީން ކީއްކުރަން ވެރިކަމަށް ގެނައި ބަޔެއްތަމީ؟ 19 މަސް ތެރޭ ވެރިއަކަށް ހުރި މީހާ 23 ދަތުރު ބޭރަށް ކޮށްފި. ސިޔާސީ މީހުންނަށް ޚަރަދު އިތުރުކޮށްފަ ރައްޔިތުންނާ ވިޔަފާރިތަކާ ބެހުން މިމީހުންގެ ކަމަކީ. ހުރިހާ ފިހާރަތަކެއް ބަންދުކުރާ ހިސާބަށް ސަރުކާރާ ސަރުކާރު ޕާޓީގެ އަމަލުތައް ގޮއްސި.
ށސ11
02 July 2025
ކުރީގެ މެންބަރުންނާ ރައީސުނާ، ސީޕީއަކާ މިހާރު އެމަގާމުތަކުގަތިބި ބޮޑުންގެ މުސާރަޔާ އިނާޔަތްތައް ކޮންމެމަހަކު ގެނެސްބަލަ
ޕިކްސް
02 July 2025
ބޭސްފަރުވާ ހޯދުމަށް މާލީގޮތުން ނުކުޅެދޭ ގިނަބަޔަކު ރާއްޖޭގެ އެއްމެބޮޑު ޕުރައިވެޓް 2 ހޮސްޕިޓަލަށް ހިދުމަތް ހޯދަންދާނެކަމަކަށް ގަބޫލެއްނުކުރެވޭ. އެންސްޕާއިން ތި ހަރަދުކުރި ފަރާތްތަކަކީ ހަމަ ހަގީގަތުގަވެސް އަމިއްލައަށް ބޭސްފަރުވާ ހޯދުމަށް ދަތި ބައެއްތޯ ބެލިތޯ؟
ކޮލަބީ
02 July 2025
މި ސަރުކާރު ނޫނީ ރައްޔިތަކަށް ކަމެއް ކޮށް ދެވިގެން ކަލަގޮވާ ސަރުކާރެއް ނާދޭ. އެހެން ނޫނަސް ތިޔަ ޖެހި ހިސާބުގެ 99.00 ޕަސަންޓް ހޭދަ ކޮށްފައިވަނީ ސުޕަމެޖޯރިޓީ މަޖްލިސް މެމްބަރުން، ޕާރޓީގެ ސުޓޭޓް/އެންބަސީތަކަށް ލާފަތިބި ކުދިން އަށް. އާންމުން މި ޖެހެނީ އަތުން ލާރި ލާން.
ޢީޅީ
02 July 2025
ގައިމު އާސަންދައިން އާންމު ރައްޔިތަކައް މެމޯއެއްހެއްދީމަ މިކަޑައިދެނީ 100ރ އެކަނި ދެންބާކީ މިދައްކަނީ އަމިއްލަޖީބުން އެކަމު ޕޮލިހުންނާއި ސިފައިން އަދި މަޖުލިސް މެންބަރުން %100 ކަވަރު ކުރަނީ އާސަންދައިން ތީ އެމީހުންނައްކުރިހަރަދު . ރައްޔިތުންނަކައްނޫން . އަހަރެން އޭޑީކޭން އެހައްދުވަހު ސީ ޓީ ސުކޭން ހެދީމަ ބައިރުފިޔާވެސް އާސަންދައިން ނުކަންޑާ އަހަރެން އަތުން ދެއްކީ 3210ރ
ދައިގަންނަގުރާ
02 July 2025
ކޮބާ ސަރުކާރު؟ ޕްރައިވެޓް ހޮސްޕިޓަލެއް ފަށަން ވީނުން؟
ހީހީ ސުލީހް
01 July 2025
ތި ދިންބައެއްގެ ލިސްޓް ނެރެލަބަލަ. ތިބޭނީ ހުސް ޕާރޓީކުދިން. މިސަރުކާރު އައިސް ތިވެސް ސިޔާސީކޮށްފި.
ލކލކ
02 July 2025
ޕޮލިހާ އެމްއެންޑީއެފްއާއި މަޖިލިސް މެންބަރުން. ދެން ނިކަން ހަދާގޮތެއް ހަދާބަލަ.
ދޮންހުސޭނުް
01 July 2025
ހުރިހާ ދިވެހިން ބޮލަށް ތިކަން ނުޖަހާ. ޖެހިލުމެއް ނެތި ތިޔަ ތަންތަނަށް ވަންނަނީ ސިފައިންނާއި ޕޮލިހުންނާއި ދައުލަތުން ޑަބަލް އިންޝުއަރެންސް ހަމަޖައްސަދީފަ ތިބޭ މީހުން. އަހަރެމެން ދަނީ އައިޖީއެމް އެޗަށް