މިދިޔަ ފަސް އަހަރަށް ބަލާއިރު ވެސް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު ދަނީ ދަށްވަމުން.
ޓޫރިސްޓުންތަކެއް އއ.ތޮއްޑޫގެ މަގުމަތިން ހިނގާފައި ދަނީ. ޓޫރިސްޓުން ހޭދަކުރާ ދުވަހުގެ އަދަދު ދަށަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
02 ޖުލައި 2025 - 11:33
ޓޫރިސްޓުން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ އެވްރެޖު ސްޓޭ [ދުވަހުގެ] އަދަދު 12 ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.
މަރުކަޒީ ބޭންކު އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މޭ މަހުގެ ނިޔަލަށް ޓޫރިސްޓުން އެވްރެޖުކޮށް ރާއްޖޭގައި ހޭދަކުރަނީ 6.8 ދުވަހެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖޭގައި ޓޫރިސްޓުން 7.7 ދުވަސް ހޭދަކުރެ އެވެ.
މިދިޔަ ފަސް އަހަރުގެ ހިސާބުތަކަށް ބަލާއިރު ވެސް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދު ދަނީ ދަށްވަމުންނެވެ. ދެހާސް އެކާވީސް ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު، ޓޫރިސްޓުން އެވްރެޖުކޮށް 8.8 ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ. އޭރު ޓޫރިސްޓުން އެހާ ގިނަ ދުވަސް ހޭދަކުރީ، ކޮވިޑާ ގުޅިގެން ދަތުރުކުރުމުގައި ގެންގުޅުނު ފިޔަވަޅުތަކާ ގުޅިގެން ކަރަންޓީން ވާންޖެހޭ ޖެހޭތީ އެވެ.
ޓޫރިސްޓުން އެވްރެޖުކޮށް ހޭދަކުރާ ދުވަހުގެ އިތުރުން ބެޑްނައިޓްސް ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އެއް ޕަސެންޓް މިހާރު ވަނީ ދަށްވެފަ އެވެ. މި އަހަރުގެ މިހާތަނަށް ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދު 5.9 މިލިއަނަށް އަރަ އެވެ.
މިދިޔަ އަހަރު ނިމުނު އިރު ޓޫރިސްޓުން ރާއްޖޭގައި 13.3 މިލިއަން ރޭ ހޭދަކޮށްފައިވެ އެވެ.
ރާއްޖޭގައި މި ވަގުތު 62،000 އެނދު ޓޫރިޒަމްގެ ބޭނުމަށް ބޭނުން ކުރަމުން އާދެ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާއިންނެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސި ވިލާތުންނެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުން 72 ޕަސެންޓު ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުއިއްޒު ގޯ ގޯ
02 July 2025
މީ އަހަރުމެން ދެއްކި ވާހަކަ. ޓެކްސް ބޮޑުކުރީމާ ގެސްޓު މީހާ ދައްކަން ޖެހޭ އަގު ބޮޑުވެ އެމީހާ ދަތުރު ކުރުކުރަަނީ ނޫނި ލަންކާ ތައިލެންޑް ތަންތަނަށް ދަނީ. މާނައަކީ މިގައުމަށް ވަންނަ ޑޮލަރު ވާނީ މަދޭ. މުއިއްޒު ޖެހި .. ހިސާބުގެ ނަތީޖާ ގައުމާ ރައްޔިތުންނަށް. އޭނަޔާ އޭނަގެ ސިޔާސީން ބޮޑު މުސާރައިގައި. ޑިމާންޑު ދަށްވެ ވިޔަފާރިތައް ދައްވީމަ ޖޮބުލެސް ވާނީ ޕުރައިވެޓް ސެކްޓާ މަސައްކަތްތެރިން!!
ޓެކްސް
02 July 2025
މިއީ ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ބޮޑު ކުރުމުގެ ނަތީޖާ
ޖަމަލޭ.
02 July 2025
ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސި ވިލާތުން ކަމަށްވާއިރު އެތައްހާސް މިލިއަނެއް ޓްއަަރިޒަމް ޕްރޮމޯޓްކުރަން ލިވަޕޫލަށް ދިނީ ކީއްވެބާ؟ް ސްޕެއިން ނޫނީ ޔޫރަޕްގެ އެހެން ބޮޑުގައުމަކަށް ދިންނަމަ ދޯ!