ހިތަދޫގައި ސައިކަލަކުން ޖެހި އުމުރުން ދުވަސްވީ މީހަކު ބިން މައްޗަށް ވެއްޓިފައި.
03 ޖުލައި 2025 - 07:18
އައްޑޫ ހިތަދޫ އަދި ފުވައްމުލަކުގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް އިއްޔެ ހިނގައިފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފުރަތަމަ އެކްސިޑެންޓު ހިނގީ ފުވައްމުލަކުގައި އިރުއޮއްސި 6:16 ހާއިރެވެ.
އެއީ މަގުގެ އެއް ފަރާތުގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއް ކައިރީގައި ފިރިހެނަކު މަޑުކޮށްލައިގެން ހުއްޓައި، ފަހަތުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް ޖެހިގެންނެވެ.
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓު
ބާރު ސްޕީޑުގައި ދުއްވާފައި ނުދިޔަސް، ކާރުން ޖެހުމާ އެކު ހަތަރު ސައިކަލު ވެސް ބިންމައްޗަށް ވެއްޓުނެވެ. އެ ވަގުތު ފިރިހެން މީހާ ހުރީ ދެ ސައިކަލު މެދުގަ އެވެ. އެ އުޅަނދުން ޖެހުމުން އޭނާ ވެސް ކާރު މައްޗަށް ފުރޮޅި، އޭގެ އަނެއް ފަރާތު ބިން މައްޗަށް ވެއްޓެ އެވެ. ކާރުގެ ސްޕީޑު މަޑުވަނީ އެ ހިސާބުންނެވެ. އިރުކޮޅެއް ފަހުން ފިރިހެން މީހާ ތެދުވެ، ހިނގައިގަންނަން އުޅެ އެވެ.
ހިތަދޫ ބޮޑު މަގުގައި ރޭ 7:30 ހާއިރު ހިނގި އެކްސިޑެންޓުގައި އަނިޔާވީ އުމުރުން ދުވަސްވީ ފިރިހެނަކަށެވެ.
ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން އޭނާގެ ގައިގައި ޖެހުނީ ކަފިހި ހުރަހަކުން މަގު ހުރަސްކޮށް، ޕޭމަންޓަށް އަރާ ހަމަވިތަނާ ކަހަލަ ގޮތަކަށެވެ.
ސައިކަލުން ޖެހުމާއެކު ދެ މީހުން ވެސް ވެއްޓެ އެވެ.
ފުލުހުން ބުނީ ހިތަދޫގެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ނުވާ ކަމަށެވެ. ފުވައްމުލަކު އެކްސިޑެންޓުގައި ހިމެނުނު މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
04 July 2025
ނުރައްކާތެރި އެކުޝީޑެންޓެއް ވީމަ ދެރައީ. އޮފުޝީޖަން ޖަހަން ނުޖެހި ވާ ކަހަލަ، ރައްކާތެރި އެކުޝީޑެންޓު ވާ ދުވަހެއްގެ އިންތިޒާރުގަ ހުރިން.
raajje
03 July 2025
އާޓިކަލްގެ ފޮޓޯއާއި ހިމަނާފައިވާ ވީޑިއޯއިން ހާމަވަނީ ގަވައިދާ ގާނޫނަށްތަބާވުން މިހާރުގިނަމީހުންގެ ކިބައިގާނެތްކަން، މުސްކުޅިބޭބެމެން މަގުގެއެއްފަރާތުންހިނގާފައި ދަނިކޮށްވެސް އެއޮތީ ސައިކަލުންޖައްސާ ވައްޓާއަނިޔާދީފަ، ފުވައްމުލަކު އަދި އަށްޑޫ ހިސާބުގެ ބައެއްމީހުނަކީ ގަވައިދާގާނޫނަށް ބޯލަނބަން ދަންނަބައެއްއނޫން، ތަރައްގީވުމުގެމާނައަކީ ގަވައިދާގާނޫނުތައްމުގުރާފަ އުޅުމެއްނޫން، އެހެންއުޅުމަށްކިޔަނީ ސައިޒުއޮޅުން އެއީ އަދި ތަރައްގީއެއްނޫން
މަންދީ.
03 July 2025
ވަރަށް ރީއްޗެއްނު. ކ.އަތޮޅު މާލޭ މީހުންނަނީ ވަރަށް ރަނގަޅަށް ޤާނޫނާއި ޤަވާއިދަށް ހުރުމަތްރެރިކޮށް ހިތާ ބައެއް.
މިތުރު
03 July 2025
އަހަންނަށް ފެނުނު އަނެއް މަންޒަރަކީ އެކްސިޑެން ހިނގީމަވެސް ބައެއް މީހުން އަޅާ ނުލާ ދާތަން.
އުނބުށޭމު
03 July 2025
މި ފެންނަނީ ދިވެހިންގެ ކިބައިގައި މިހާރު އަށަގެންފައިވާ ނުބައި ނުލަފާ ކަމުގެ ކުޑަކުޑަ މިންވަރެއް. ގާނޫނާއި ގަވާއިދަށް ކިޔަމަން ނުވުމާއި ހިތުހުރި ގޮތަކަށް އުޅުމުގެ ނުބައި އާދަ 2006 ން ފެށިގެން ދިވެހިންގެ ކިބައިގައި މިވަނީ އާދަޔާ ޚިލާފަށް އަށަގެންފައި. އަށަގެންފައިވާ މި ނުބައި ނުލަފާކަން ރީތިކޮށްލުމަށް ކިޔަނީ މަގޭ މިނިވަންކަމޭ. ބަޔަކު މީހުން ނުބައި ނުލަފާ ވެއްޖިއްޔާ އެތަނެއްގައި ހަމަޖެހުމެއް ރައްކާތެރިކަމެއް ނޯންނާނެ.
ޢިމްރަަ.ް
03 July 2025
ބުރިޖް ހަދި ހުޅުމާލޭ ހައިވޭ މަގުން މީހުން ދުއްވަނީ ބާރު ސްޕީޑްގައި. ނުބައި ފަޅިން އޮވަރ ޓޭކް ވެސް ކުރަނީ. ސިގްނަލް ނުދީ ލޭން ބަދަލު ކުރަނީ. ސްޕީޑް ބާރު ކުރަމުން ދަނީ އެެއްވެސް ފިކުރެއް ނެތި. މި މަގު ބަލަން ވެސް ޓުރެފިކް ފުލުހުން ނުތިބޭ. ބާރު ސްޕީޑްގައި ދާ މީހުން ފޯނަށް ފޮނުވަން ފެށި މެސެޖް ވެސް ނުކިބޭ މިހާރު.
ބިސްކުޓުރި
03 July 2025
މީހެއްގެ ފުރާނަޔަށް ގެއލުންނުވަންޏާ އެކުސިޑެންޓެއްކަމަށް މިރާއްޖޭގައި ނުބަލައެއްނޫންތޯ. "އެއީ އެހައިބޮޑުކަމެއްނޫން"، "ދުއްވަން ނޭނގިގެން ގޮސް ޖެހުނީ"، "ރޭސްއަށް އޮބުނީ"، "ނިދިޖެހުނީ"، "މަގު ހަނިވެގެން ޖެހުނީ"، "ބަނދަރުމަތީ މަގުން ދިޔަމީހާ މާ ބަރަށްދިޔައީ" ފަދަ ބަހަކުން ނިންމާލީމައިވީ.
ޖަލީލީ
03 July 2025
މި ދެ ހާދިސާއިން ވެސް ފެނުނީ ދުއްވާ މީހުންގެ ފަރުވާ ކުޑަކަން. ޒިބްރާ ކުރޮސް މަތިން މަގު ހުރަސް ކުރާ މީހާ އަށްވެސް ބަލާލުމެއް ނުހުރެ. މިހާރު މިގައުމުގަ ގަވާއިދާ އެއްގޮތަށް މަގުމަތި ބޭޏުންކުރާ މީހުންނަށްވެސް އެއްވެސް ރައްކާތެރިކަމެއް ނެތް. ފަރުވާ ކުޑަކޮށް މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ދުއްވާ މީހުންގެ ލައިސަންސް މަދުވެގެން 15 އަހަރަށް ކެންސަލް ކުރަން ޖެހޭ.