އެމްޑީޕީން ބޭއްވި މަގުމަތީ ހަރަކާތެއްގައި އެޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
03 ޖުލައި 2025 - 12:05
ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އިދިކޮޅު އެމްޑީޕީއަށް އިތުރުވީ 10 މެމްބަރުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ އަހަރު ފެށުނުއިރު އެ ޕާޓީގައި 52،142 މެމްބަރުން ތިބި ކަމަށް އޭރު އީސީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ. އެކަމަކު އޭގެ ފަހުން މެމްބަރުން މަދުވެ، އެ ޕާޓީގައި މިހާރު ތިބީ 43،755 މެމްބަރުން ކަަމަށް އީސީގެ ހިސާބުތަކުގައިވެ އެވެ.
ހަ މަސް ތެރޭގައި 10 މެމްބަރުން އިތުރުވިޔަސް، އެ ޕާޓީ އޮތީ ދެ ވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގަ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ ގޮތުގައި އަަދިވެސް އޮތީ ޕީއެންސީ އެވެ. އެ ޕާޓީގައި 68,665 މެމްބަރުން އެބަ ތިއްބެވެ. އެކަމަކު މީގެ ފަސް މަސް ކުރިން އެ އަދަދު ހުރީ 68،968 ގަ އެވެ
އެ ހިސާބުތަކުގައިވާ ގޮތުން މިދިޔަ ހަ މަސް ތެރޭގައި އެ ޕާޓީން މަދުވީ 303 މެމްބަރުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންއެފް) އަށް 224 މެމްބަރުން އިތުރުވި އެވެ. ޔާމީނުގެ ޕީއެންއެފްގައި މީގެ ފަސް މަސް ކުރިން ތިބީ 2،822 މެމްބަރުން ކަމަށް ވިޔަސް މިހާރު 3,046 މެމްބަރުން އެބަ ތިއްބެވެ.
- އަދާލަތު ޕާޓީ - 8،844
- ޖުމްހޫރީ ޕާޓީ - 13،456
- މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް - 9،011
- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް - 2،272
- މޯލްޑިވްސް ނޭޝަނަލް ޕާޓީ - 5،836
- ދަ ޑިމޮކްރެޓްސް - 3،547
ރާއްޖޭގައި ޖުމްލަ 13 ސިޔާސީ ޕާޓީ އުފެއްދިޔަސް ގާނޫނުގައި ބުނާ މެމްބަރުންގެ އަދަދު ހަމަނުވެގެން މި ފަހުން ޕީޕީއެމާއި ޑީއާރުޕީ އާއި އެމްއާރުއެމް ހިމެނޭހެން 4 ޕާޓީ ވަނީ އުވާލައިފަ އެވެ. އެހެންވެ، މިވަގުތު ހިންގަނީ 9 ޕާޓީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހިތހަގީގަތް
06 July 2025
ވެރިކަމުގަ ނެތީމަ
ޕަޒީ
03 July 2025
ގިނަމީހުން ގިނައިން ލިބޭ ކޮޅަކަށް މި ދަނީ. އެއްޗެއް ނެތިއްޔާ ދެން ކޮން އެންޑީޕީއެއް އެހެން ޕީޕީ އެއް. އެމީހުންވެސް އައިސް މުޅިގައުމު އެ ފުނޑާލަނީ. 5 އަހަރު އެކި ނަންނަމުގަ ހުސް ވައްކަން. ހެއްދެވިފަރާތް މަތިން ހަނދާނެއް ވެސް ނުހުރޭ
މިޔަރެން
04 July 2025
މިގައުމު ހަމަގައިމުވެސް ހަލާކު ކުރީ އެމްޑީޕީ. ހަގީގަތަކީ ބަޔަކު ހިތްހަމަ ނުޖެހުނަސް އަދި މިހާތަނައް ވެރިކަންކުރި ސަރުކާރުތަކުގެ ތެރޭން އެންމެ ހަރަދުކުޑަ އަދި ވައްކަން އެންމެ މަދީ މިސަރުކާރުގަ. އަދި އޭގެ އިތުރުން ކޮރަޕްޝަން ހިންގާގެން އަމިއްލަ ޕާޓީގެ ކުދިންނައް ފިޔަވަޅު އެޅީވެސް މިސަރުކާރުން. ކުރީ ސަރުކާރުތަކުގަ މަގާމު ބަދަލު ކޮއްލާނީ.
މިޔަރެން ބަފާ
05 July 2025
މިޔަރެން ބަނޑޭ ކިޔާބަލަ
ކުރީސަރުކާރު
03 July 2025
ކޮބާ މައްސަލައަކީ އެމްޑީޕީ އަށް 10 މެމްބަރުން ލިބުނަސް ޕީއެންސީއިން 303 މަދުވެއްޖެއްނު؟؟؟ މިއީ އަދި ތާރީޚުގަވެސް ވެރިކަމުގަ އޮތް ޕާޓީއަކުން މިހާގިނަމީހުންކެނޑުނު ފުރަތަމަފަހަރު!!!
ކެނޑުން
04 July 2025
ތިޔަކަމުން ސާފުވާ އެއްކަމަކީ މިސަރުކާރުން އީސީ އަށާ މުއައްސަސާތަކައް ނުފޫޒު ނުފޯރުވާކަން. ކުރިންނަމަ ލާހިކެއް ނޫން ކެނޑޭކައް
ޕާޓީއެއް ނެތް
03 July 2025
ދިވެހި ރައްޔިތުން ވެސް ދަސްކޮށްފި ފަސޭހައިން އުޅެން، ސިޔާސީ މީހުންނަށް ވަކިން ދޫކުރާނެ ކަމެއް ވެސް ނެތް.
ވާންޗޯ
03 July 2025
ދިވެހިން ނަކީ ފާޑެ ގެ ބަޔެއް، ވަރަަށް ފޫހި
ވާންޗޯ
03 July 2025
މަސް އުޅޭނީ ފެން ހުރި ތާކު، ދެން ވެރިކަމާ ހަވާލު ވާ ބަޔަކާ ދިމާލަށް ދެން ދުއްވާގަންނާނީ
ކައުންސެލަރު....
03 July 2025
ދަސްކުރީ ސިޔާސީ މީހުންގެ ފަރާތުން. ދެން އެކަމެއް ނުއެއް ކެނޑޭނެ
އަހުމަދުބޭ
03 July 2025
ރައްޔިތުންވީ މިޕާޓީތަކުން ވަކިވާން، ޕާތީތަކަށް ރައްޔިތުން ވައްދައިގެން ދައުލަތުގެ ބަޖެޓުން ފައިސާނަގައިގެން ޕާޓީތަކުގެ އިސްސަފުގައި ތިބިމީހުން މިފައިސާ ބޭނުންކުރަމުން މިދަނީ، މިވަރުން ނުފުދިގެން އަދި ޕާޓީތަކުންދަނީ ނާށިގަނޑު ހިފައިގެން ރައްޔިތުންކައިރީ ސަލާން ޖަހަމުން. ޑިމޮކްރަސީ ނޫންގޮތެއް ހޯދަން އެބަޖެހޭ
1181
03 July 2025
ދެބަސްވެވެންނެތް ޙަޤީޤަތަކީ މިއަދު މިގައުމަށް ޖެހިފައިވާ ހުރިހާ އުނދަގުލެއްގެ އަސްލު ގުޅިފައިވަނީ ނިމިދިޔަ 5 އަހަރުގެ އެމްޑީޕީސަރުކާރުގެ ސިޔާސަތުކަނޑައަޅާ ތަންފީޒުކުރަންތިބި މީހުންގެ ނާގާބިލުކަމާ. މިސާލަކަށްބަލާނަމާ އެސަރުކާރުގެ ދޯހަޅި މަނިޓަރީޕޮލިސީ: އޭރުގެ މަޖިލީހުން ސަރުކާރުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ބާރުދުއްވާލުމަށްްފަހު ބޭނުންވަރަކަށް ރުފިޔާ ޕްރިންޓުކުރަން ހުއްދަދިނުމުން ކުރިމަތިވި ޑޮލަރުގެތާށިކަމުން އަދިވެސްމިއުޅެނީ ސާލާމަތްނުވެގެން.
ފުރޭތަ1
03 July 2025
ގިނަ ބަޔަކު ތިޔަ ހަގީގަތް ގަބޫލު ކުރަން ބޭނުމެއް ނުވޭ. ރުފިޔާ ޗާޕު ކުރުމުގެ ފުރިހަމަ އަސަރު ކުރަން ދުވަސް ކޮޅެއް ނެގީ. ބޭރުފައިސާ ލިބެން އޮތް އެއައަރޕޯރޓުގެ މަސައްކަތް ނުނިންމާ ތިބީ. ބޮޑެތިލޯނު ނަގައިން އާމްދަނީ ލިބޭނެ ކަމެއް ނުކުރޭ.
އެހެނަސް
04 July 2025
އަސްލު ވެސް
މުރާސިލް
03 July 2025
ވޭތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި އެމްޑީޕީއަށް އިތުރުވި 10މެމްބަރުންނަކީ ހުސްވިމަހު ސަލްޓަންޕާކު ތެރޭގައި ސަތޭކަ ފަންސާހެއްހައި މީހުންއެއްވެ، ކުރިން އެމްޑީޕީގެ ފޫވަށް ވައްޓާލި ނަޝީދާއިއެކު ސޮއިކުރި ބޭފުޅުން ކޮޅެވެ. ތިޔަ އެމްޑީޕީދާނީ ދެން ހުލިވަމުންނެވެ. ޕާޓީގެ އިސްސަފުގެ އެންމެ ވެރިކަމާއި ހިފަން ފެށީމައި ދެން ޕާޓީދާނީ ނިކަމެތިވަމުންނެވެ. ނަމުން ޑިމަކުރަސީ ކަމުން ހިޕޮކްރަސީ އޮންނަ ތިޔަ ޕާޓީ ރަޢްޖޭގެ ސިޔާސީ މަސްރަހަށް މިހާރު މުހިއްމެއް ނޫނެވެ.
އަޅި އަލި
03 July 2025
ލާރި ހުސްވީމާ ވާގޮތް!