ޚަބަރު / ފުލުހުން

ރަހީނުކޮށްފައި ހުރި އިތުރު މީހަކު ސަލާމަތްކޮށް، ތުހުމަތުވާ މީހަކު ހައްޔަރުކޮށްފި

މާލޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކުރި އިބްރާހީމް ސައީދު-- ފޮޓޯ: ޕޮލިސް

މާލޭގައި ބިދޭސީއަކު ރަހީނުކޮށްފައި ހުއްޓާ ސަލާމަތް ކޮށްފައި ވަނިކޮށް އެހެން މައްސަލައެއްގައި ދިވެއްސަކު ރަހީނުކޮށްގެން ގެންގުޅެނިކޮށް އެ މީހާ ވެސް ސަލާމަތްކޮށް، ތުހުމަތުވާ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލޭގެ ގެއެއްގައި ދިވެއްސަކު ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު އިއްޔެ ހުށަހެޅި ކަމަށެވެ. އަދި ފުލުހުން ކުރި މަސައްކަތުން އެ މީހާ މިއަދު ސަލާމަތްކޮށް، ރަހީނުކުރި ކަމަށް ތުހުމަތުވާ މީހާ ކުށުގެ ވެށިން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ސ. ފޭދޫ ސުވާސާގެ، އިބްރާހީމް ސައީދެވެ.

އެ މައްސަލާގައި އަނިޔާ ލިބިފައިވާ 44 އަހަރުގެ ދިވެހި މީހާ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރަހީނުކޮށްފައި ހުރި ދިވެއްސަކު ފުލުހުން ސަލާމަތް ކުރިއިރު، މިއަދު ހެނދުނު ފުލުހުން ވަނީ މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި ބަންގްލަދޭޝްގެ ފިރިހެނަކު ވެސް ސަލާމަތްކޮށްފަ އެވެ.

ނަމަވެސް އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.

15 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 25%
icon angry icon angry 17%
icon wow icon wow 42%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާވެރިބެ

04 July 2025

ރަހީނުކުރުމުގެ މޫސުމެއް އައީދޯ. މިފަދަ ޓެރަރިޒަމް ގެ އަމަލުތަކަށް ވަގުތުން ހަރުކަށި އަދަބު ދޭންޖެހޭނެ. އެހެންނޫނީ މިވެސް އާއްމު ކަމަކަށް ވެދާނެ.

The name is already taken The name is available. Register?

މާލޭ ބޮޑުމީހާ

04 July 2025

ކޮބާތަ އަފީފު ދީދީ. އަމިއްލަޔަށް އޮނަރަބަލް ވެގެން އުޅޭ؟ އައްޑޫ މީހެއްގެ ކަމެއް ވީމަ މާލޭ ސަރުކާރޭ ފާފަޅޮލޭ ގޮވަމުން އަންނާކަށް ނުކެރުނު ދޯ. މީ މިވެރިންގެ ހަގީގީ ފެންވަރު.

The name is already taken The name is available. Register?

raajje

04 July 2025

މިހާރުމީރަނީހުމޫސުމް، އިތުރުމީހުން ފެންނަމުންދާނެ، ކުށެއްކޮށްގެން ހައްޔަރުކުރާ ގިނަމީހުންތިބެނީ ކުށުގެ ޑިގުރީފެންވަރުގަ، ބައެއްމީހުންތިބެނީ ކުށުގެ ޕީއެޗްޑީއާ ހަމަޔަށްގޮސްސަ، އެކަމަކުވެސް މިނިވަންކަމާއެކުއުޅެންދޫކޮށްލާފަ، މާލެއަކީ ކުޑަކުޑަތަނެއް، ރާއްޖޭގެ ރަށްތައްއޮތީ ވަކިވަކިން، ދަތުރުފަތުރުގެ މާގިނަވަސީލަތެއްނެތް، ނަމަވެސް މިތަނުގައި ބޮޑެތިމުޖުރިމުން ބޭނުންގޮތަކަށްއުޅެނީ، ކަމާގުޅޭއިދާރާތަކުގެވެރިން ޒިންމާވާންޖެހޭކަމެއްމީ

The name is already taken The name is available. Register?

މަގޭ ރައްޓެއްސެއް

04 July 2025

ކުށުގެ ވެއްޓަށް ވެއްޓުމުގެ ކުރިން ވިޔަފާރިއެއް ކޮށް ރަނގަޅަށް އުޅުނު ޒުވާނެއް މީ. ކުރިޔަށް ކަނޑާނެ ގޮތެއް ނެތީމަ އުޅެވޭ ގޮތް ކަން ނޭނގެ މި.

The name is already taken The name is available. Register?

ވެދާނެ

04 July 2025

ގިނަފަހަރު ކޮންމެވެސް ފީކަޅާ ކަމެއް ކުރަން ގޮސް ވާނުވާ ނޭނގޭ ތަންތަނަށް ބޯކޮއްޕާލާ މީހުން މިހެން ރަހީނު ވެފަހުރީ!!

The name is already taken The name is available. Register?

އަނގަފުޅާ އަފީފުދީދީ

03 July 2025

އައްޑޫ މީހުން އުޅޭނެ މިފަދަ ހުރިހާ ނުބައިކަންކަމުގައި. އައްޑޫމީހުން ކުޑަސިޓީ ހައްދައިގެން މާލެ އަރުވަން ގޮވާލަން

The name is already taken The name is available. Register?

މިއައު

03 July 2025

މިއީ ކުޑަ ކަމެއް ނޫން މިތާ ގާޒިންނާ އަދުލާ މަތިކޮށްފަ ތިބި ބަޔަކަށް މިއީ ކިތަންމެ ކުޑަ ކަމަކަށް ވިއަސް. ޓެރަރިޒަމް އަށް މިކަން ނުވޭތޯ؟

The name is already taken The name is available. Register?

ސަހަރޯއޭ

04 July 2025

އެމެރިކާއާ ޒަޔަނިސްޓުން ބުނާ ލިސްޓަކަށްނޫނީ 'ޓެރަރިޒަމް' ކަނޑައެއް ނާޅާ ބައެއް އަހަރުމެންނަކީ. މިއީ ޤަބޫލުކުރަން ބޭނުން ނުވިޔަސް ކަންކަން ކުރަމުންދާ ނޭއްގާނީ ގޮތް!! މިނިވަން ދައުލަތެކޯ އެކަމަކު!

The name is already taken The name is available. Register?

ލަދުހަޔާތް ކުޑޭ

03 July 2025

ސިޔާސީ ޕާރޓީތަށް ރާއްޖޭގައި ހަޅޭލަވަނީ ޑިމޮކްރަސީ ނެތިދާތީވެ، ހައްްގުތަޢް ނެތޭތީވެޔޯ، ދެން ކަނޑަނީ ފޮނި އިންތިހާއަށް. 6 ލައްކަ މީހުންގެ އާބާދީގައި އިންތިހާއަށް މަސްތުވާތަކެތި އަދި ޖިނާއީ ކުށްމެކުހަށް. ލަދުގަންނަންޖެހޭ އެބަ ވެރިކޮށްފައިތިބި ވެރިންނާ ކުރަމުންދާ މީހުން. ލަދެއްހަޔާތެއްނެތި ވެރިކަންކުރުން ސަޅިއެއްނޫން.

The name is already taken The name is available. Register?

ޢެސްޓީ2

03 July 2025

ކޮބާ ބަންގްލަދޭސް މީހާ ރަހީނުކުރިމީހުންގެ ފޮޓޯ

The name is already taken The name is available. Register?

މިރާދު

03 July 2025

ތި ރަހީނު ކުރާ މައްސަލައެއް، ބަލަން ވެއްޖެ އެއްނުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454