މާލޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކުރި އިބްރާހީމް ސައީދު-- ފޮޓޯ: ޕޮލިސް
04 ޖުލައި 2025 - 16:31
މާލޭގެ ގެއެއްގެ ތެރޭގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ހުއްދަ ނޫން ގޮތުގައި ގެއެއްގައި މީހަކު ހިފަހައްޓައި އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ބުދަ ދުވަހެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ސ. ފޭދޫ، ސުވާސާގޭ އިބްރާހިމް ސައީދެވެ. އުމުރުން 48 އަހަރުގެ އެ މީހާ ހައްޔަރުކުރީ ރަހީނުކޮށްފައި ހުރި މީހާ ސަލާމަތްކުރަން އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނުގައި ކުށުގެ ވެށިންނެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ރަހީނުކޮށް އޭނާ އަނިޔާކުރީ 44 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް އައިޖީއެމްއެޗުގައި ފަރުވާދިނެވެ.
ގެއެއްގައި އެ މީހާ ރަހީނުކުރި ސަބަބެއް އަދި ނޭނގެ އެވެ. އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ބުނެ އިތުރު މައުލޫމާތު ފުލުހުން ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުމޭކު
05 July 2025
މި ގައުމުގައި ރައްޔިތުންމިތިބީ ލިބުނުގޮތަކަށް ފައިސާހޯދަންނިކުމެ. މިކަހަލަ ތަންތާ ތިކަހަލަ ކިތަންމެކަމެއް ހިނގާނެ. މަކަރާއި އޮޅުވާލުމުގެތެރެއިން އެތައްބައެއްގެ އެތައް ފައިސާއެއް އެބަ ފޭރިގަނޭ. އެކަންކުރި ބަޔަކަށް ޕްރޮސެސްގެތެރެއިން އިންސާފެއްނުލިބޭ. ދެން ފެންނާނީ މިކަހަލަ ކަންތައް. ސިސްޓަމުން ހައްލުނުލިބޭނަމަ ކޮންމެމީހަކުވެސް ބަލާނީ އަމިއްލައަށް ހައްލު ހޯދަން. މި ގައުމުގެ ޕޮލިހާއި ކޯޓަކީ ބޮޑު ދެ ޖޯކު. އެތަންތާ ތިބެނީ ޝޯ ކޮމީޑިއަންސް.
ކިއްލާ2222
05 July 2025
1973 ގަ އުފަންވި މީހަކު ކިހިނެތް 48 ކަމަށް ވީ! ތި މީހާގެ އައިޑީ މީގެ 30 އހަރު ކުރިން ދުށިން! ވެދާނެ ފަހުން އުމުރު މަދު ކުރީ ކަމަށް ވެސް!
ލެއްގިކޮމިޝަނަރ
04 July 2025
އޮނަރަބަލް އަފީފްދީދީ ބުނާކަހަލަ ހޭލުންތެރި އައްޑޫ ބޭފުޅެއްދޯ؟ މަމެންގެ މާލޭގެ ހުރުމަތްކަޑަމުން މިދަނީ ހުސްއަޑޫމީހުން. ރޭޕްޖުރުމާ، ރަހީނުކުރުމާ، ވައްކަންކުރުމާ، މަފުފޭރުމާ، ޓްރެފިކް ގާނޫނާ ހިލާފުވުމުގަވެސް އެންމެކުރީގަ އައްޑޫމީހުން. ތަހުޤީޤު ޖަލުގަޔާ ހުކުމް ޖަލުތަކުގަވެސް މެޖޯރިޓީ އައްޑޫމީހުން. މީކޮންކަހަލަ ހޭލުންތެރިކަމެއްކަން އޮނަރަބަލް އަފީފްދީދީ ބުނެބަލަ.
އަސްސް
04 July 2025
ގައުމުގަ އަދުލު އިންސާފު ނެތި ދިޔައިމަ ވާނީ މިހެން.
ަސަސދ×ށޝ
04 July 2025
ތިމާއަށް ލިބެންޖެހޭ ހައްޤެއް ނުލިބިގެން ރަހީނު ކޮށްގެން ހޯދާތަން އާދޭ! ހެކި ނެތި ދެވޭ ލޯނުފަދަ ނުވަތަ ކޮށްދޭ މަސައްކަތުން ތިމާއަށް ލިބެންޖެހޭ މަންފާ ނުލިބުން، ވިއްކަން ހަވާލުކުރާ މުދާ ވިއްކާފައި ދޭން ޖެހޭ ފައިދާ ނުދިނުން ކަހަލަ ކަންކަމާ ވެސް ރަހީނުކޮށްފާނެ. ބައެއް ފަހަރު ހުއްދަނޫން މުއާމަލާތުގެ މައްފާ ނުލިބުމުން ވެސް ރަހީނުކޮށްފާނެ. ދެފަރާތުގެ ބަސް އެނގުނީމާ އެނގޭނީ،