ހުޅުމާލެ 2 ގައި ހުންނަ އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދަމުންދިޔަކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ފާސްކޮށް، ރަހީނުގައި ހުރި މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ. ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކައި ފަރުވާއަށް ފަހުދޫކޮށްލުމުން އޭނާ އާއިލާއާ ވަނީ ހަވާލުކޮށްފަ އެވެ. 

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ؛

- ގދ. ތިނަދޫ، ކުލުނު، އަލީ ސަރީހު އަންވަރު، 23 

- ސ. ހިތަދޫ، ބިލާލުގެ، ޝުނީނު އަންވަރު، 24

- ސ. ހިތަދޫ، ބްލޫކޯނާ، ހުސެއިން ނާހީ ޖަމާލު، 23

- ސ. މީދޫ، ހުވަދުމާވިލާ، އަހުމަދު ލުޖައިން، 24

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.

އެ މައްސަލަ ތަހުގީގުކުރަމުންދާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.