މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރުކުރި ދެބެއިން.-- ފޮޓޯ: ޕޮލިސް
06 ޖުލައި 2025 - 11:25
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އެއްބަނޑުއެއްބަފާ ދެ މީހަކު މާލެއިން އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ އަދި ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފް، 41 އާއި އޭނާގެ ބޭބެ ގ. ސެމިޓޯން، ހަމްޒާ ޝަރީފް، 44 އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހާއްސަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
އެ ތަކެތީގެ ވަގުތީ ބަރުދަނީ 90.54 ގުރާމް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، ހައްޔަރުކުރި ދެ މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
07 July 2025
ސެމިޓޯން ނަމަކަށް ކިޔާ ބޭންޑު މާޝްޓަރެއް އުޅުނު.
ވާންޗޯ
06 July 2025
ވަރަށް ދެރަށް، މަ ހާދަ ދެރަވޭ މަށް ގަމާރު ވީމަށް
ގައިދު
06 July 2025
ވަރަށް ފަހުން ވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ދެބެއިން ހައްޔަރުކުރި. ނަމަވެސް ކުޑަ ދުވަސްކޮޅަކަށްފަހު ވިޔަފާރިކުރަން ދޫކުރެވިއްޖެ.
ޕިސް
06 July 2025
ގައިމު އިހައް ދުވަހު ތި އިބޫ ހުޅުމާލެ ފޭސް 2 ގެ ، މީހަކު ރަހީނު ކުރި އައްޑައިން އުފުރާލި ބޯކޮށް ތަކެއްޗާ އެކު!! ޙަމަ ނޫހުގަ ފޮޓޯވެސް ޖެހި!! ވީކަމެއް ނެތްތާ އެހެންކަމުން.
އެގޭ
06 July 2025
އެގޭ ހުސައިން ވެސްވީ ތިކަމުގަ ޖަލުގަ.
އަލީމްގ
06 July 2025
އާއިލީ ވިޔަފާރިއެއްވެސް ކުރެވޭކައް ނެތެއްނު
ނުނން
06 July 2025
މާދަމާ ދޫކޮށްލާތި.....
ގަހޭ
06 July 2025
ސްޓޭޓް މިނިސްޓަރު ކަމަށް ކުފޫ ހަމަވޭ
ބަބްސް
06 July 2025
މާލޭގަ އޮތީ ހުސް މި ... ދެއިރުދެދަޅައަށް މިހެން ދެމީހު ތިންމީހުންގެ ފޮޓޯ ޖަހާފަ އަތުލައިފިޔޭ ޖެހިޔަސް މީގެން ވާނެ ކަމެއް ނެތް. މާދަމާ އެމީހުންތިބޭނީ މަގުމަތީގަ. އަދި މިދެމީހުން ފޮޓޯ މިހެންޖެހި ފުރަަތަމަ ފަހަރެއްވެސް ނޫން މިއީކީ ...
މާފަންނުން
06 July 2025
ގުޑް ޖޮބް، ޕޮލިސް.