ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 43 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
06 ޖުލައި 2025 - 22:38
މި ސަރުކާރުން އިފްތިތާހްކޮށްފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޑިޖިޓަަލައިޒޭޝަން ސިޔާސަތު "މޯލްޑިވްސް 2.0" އާ އެކު ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ފަސްޓް ލޭޑީ ވިދާޅުވީ ދުނިޔެއަށް އައިސްފައިވާ ޓެކްނޮލޮޖީގެ އިންގިލާބާ އެކު ސިއްހީ ދާއިރާ މިއަދު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. ރާއްޖެ ޑިޖިޓަލައިޒް ކުރާ ސިޔާސަތުގައި އެންމެ ފުރަތަމަ ސިއްހީ ދާއިރާއަށް އިސްކަން ދީފައި އޮތުމަކީ އުއްމީދީ ފުރުސަތެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވި އެވެ.
ސިއްހީ ދާއިރާގެ ހިދުމަތުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި، ސާޖިދާ ފާހަގަކުރެއްވި ގޮތުގައި ކުރީގައި އެތައް މެޝިނަކުން ނޫނީ ނުހެދޭ ޓެސްޓުތައް މިހާރު ކުޑަ މެޝިނެއްގެ އެހީގައި ހެދެ އެވެ. ދުނިޔޭގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފާ ޓެލެމެޑިސިނަށް ބިނާކޮށް ވަގުތުން ލިބޭ ކަމަށާއި ހިތުގެ ބަލިތަކާއި ކިޑްނީ އަދި ނާރުގެ މައްސަލަތައް ފަދަ ކަންކަމުގައި ވެސް ދުރު ހޮސްޕިޓަލުގެ ޑޮކްޓަރުންގެ މަޝްވަރާ ވަގުތުން ހޯދުމަކީ ފަސޭހަ ކަމަކަށް ބަދަލުވެފައިވާ ކަމަށް ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ވިދާޅުވި ގޮތުގައި މި ބަދަލުތަކާއި ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސްގެ ކުރިއެރުމާ އެކު ސިއްހީ ދާއިރާ އިން ފެންނާނީ ފަސޭހަތަކެކެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 43 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
ސާޖިދާ ވިދާޅުވީ މޯލްޑިވްސް 2.0ގެ ސަބަބުން ޒަމާނީ ޓެކްނޮލޮޖީއާ ރާއްޖެ ލާމެހިގެންދާނީ އާދަޔާ ހިލާފު ގޮތެއްގައި ކަމަށާއި މިއީ ވަރަށް އުއްމީދީ ފުރުސަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"މި މަޝްރޫއު [މޯލްޑިވްސް 2.0] ގައި އެންމެ ފުރަތަމަ ތަރައްގީ ކުރެވޭ ދާއިރާގެ ގޮތުގައި ސިއްހީ ދާއިރާ ވަނީ އިއުލާންކުރެވިފައި. އެހެންކަމުން މިއީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް އުއްމީދީ ފުރުސަތެއް. ރައީސް ޑރ. މުހައްމަދު މުއިއްޒު ސިއްހީ ދާއިރާއަށް ގެންނަވަން ގަސްދުކުރައްވާ ވަރަށް ބޮޑު އިންގިލާބީ ބަދަލެއް،" ފަސްޓް ލޭޑީ ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި އެކަމުގެ ސަބަބުން ކޮންމެ ރައްޔިތަކަށް ވެސް އެމީހެއްގެ ސިއްހަތާ މެދު އިތުބާރާއި ޔަގީންކަން ބޮޑުވެގެންދާނެ އެވެ.
ހއ. އާއި ހދ. އަތޮޅުގެ ސިއްހީ ހިދުމަތް ބަރޯސާވެފައި އޮތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އެކި ބަލިތަކަށް ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 120،000 އެއްހާ މީހުން ފަރުވާ ހޯދާފައިވާ ކަން ފާހަގަކުރެއްވި އެވެ. މި އަދަދަށް ބަލާއިރު، ތިލަދުންމަތީގައި ރަނގަޅު ސިއްހީ ފަރުވާއެއް ކަށަވަރުވެފައި އޮތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްތައް ހޯދޭނެ ގޮތެއް އޮތުމަކީ ސަރުކާރާއި ހިދުމަތް ހޯދާ ފަރާތްތަކަށް ވެސް ފައިދާ ހުރި ގޮތެއް ކަމަށް ސާޖިދާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 43 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
އެ ޖަލްސާގައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އާ ހިދުމަތްތަކެއް ވެސް ފަށައިފަ އެވެ. އޭގެ ތެރެއިން ޓެލެމެޑިސިންގެ ހިދުމަތާއި އެންޑޯމެޓްރިއޯސިސް ހިދުމަތް ފައްޓަވައިދެއްވީ ފަސްޓް ލޭޑީ އެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ ކްލިނިކްގެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ޑައިރެކްޓާ ޖެނަރަލް އޮފް ހެލްތު، ޑރ. އަހުމަދު އަޝްރަފް އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކާއި މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ވެސް އެ ޖަލްސާގައި އެވޯޑު ދިނެވެ. އޭގެތެރޭގައި އެ ހޮސްޕިޓަލަށް 10 އަހަރާއި 20 އަހަރާއި 30 އަހަރުގެ މުއްދަތަކަށް ހިދުމަތް ކުރެއްވި މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑު ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރ. ރާމީ ޙަސަން (ޕީ.އެން.އެފް)
07 July 2025
މިހާރަށް އެންމެ މުޙިއްމީ ބޭސް! މިއުޅެނީ މުޅި ރާއްޖެ އިން ބޭސް ހުސް ވެގެން! ހެޔޮނުވާނެ!
ރަސީލާ
07 July 2025
2.0 އަކީ ދެން އޮތް އިންތިހާބު.
މުހައްމަދު ސަނީހް
07 July 2025
ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އެއް ހަމަޔެއްގައި ފައިތިލަ ސާބިތް ކުރަން ލިބޭ ރަނގަޅު ފެށުމަކަށް މިކަން ވެގެން ދާނެ. ބަލަން ތިބޭ މަ ބުނީތީ
މަފާޒް ސަލީމް
07 July 2025
ހެލްތް ސްކެޓާގެ ކަހަބު ދުވެލި ހަލުވި ކުރެވޭނެ މިހެން ޑިޖިޓަލައިޒް ކުރެވިއްޖެ ނަމަ.
ފެންސު
07 July 2025
އެސްޓޯނިޔާ އެއީ މިސާލަކަށް ނަގާ ޤައުމު. އެސްތޯނިޔާ ތިކަމަކާއުޅޭތާ މިހާރު 30 އަހަރުވަނީ. އަހަރެމެން އެންމެ 2 އަހަރުތެރޭ ތިކަން ކުރަން ދިމާކުރާތީ މައްސަލަޔަކީ. ސްކޫލު ޓެބްލެޓް ކަންތަކަށްވެސް ވީ ހަމަ ތިޔަހެން. ދިގުމުއްދަތެއްދީގެން ކުރާނަމަ ރަގަޅު، އެކަމަކު ބޭނުންވަނީ އަރާގޮތަށް އަރާ ބޮންތީގަ ހިފަން. މަގޭހިތެއްނުބުނޭ ތިޔަކަން ވާނެއެކޭ.
ކިނާން
07 July 2025
މީގެ ކުރީގެ އެއްވެސް ސަރުކާރުތަކުން ނުކުރާހާ ބުރަ މަސަކަތްތަކެއް މިސަރުކާރުން ސިއްހީ ދާއިރާގެ ކަންތައް ރަނގަޅު ކުރަން އެބަ މަސައްކަތް ކުރޭ.. މިކަން ބަލައިގަންނަން ޖެހޭ
ޗޫޤީ
07 July 2025
މީގެކުރިން އެއްވެސް ސަރުކާރެއްގައި ފާމަސީތަކުން ބޭސްހުސްނުވާ މިންވަރަށް މިސަރުކާރުގައި ފާމަސީތަކުން ބޭސްހުސްވާކަމަށް ފާހަގަކުރެވޭ. ޑޮކްޓަރުން ލިޔެދޭ ބޭސްނުލިބޭ ތާނގައި އެޔާގާތްކުރާ ޒާތުގެ އެހެން ބޭހެއްވެސް ގިނަ ފާމަސީތަކުން ނުލިބޭކަން ހިތާމަޔާއެކު ފާހަގަކުރަން. ވެދާނެ ކޮވިޑުތެރޭ އާންމުންނަށް މާގިނައިން ޕެނަޑޯލްކެވުނީމަ ފާމަސީތަކުން ބޭސް ހުސްވީކަމަށްވެސް.
ހުނެއިފާ މުހައްމަދު.
07 July 2025
ގައުމު ކުރިއަރާނީ މިކަހަލަ ކަންކަން މިގައުމަށް އައިސްގެން. އަބަދަކު ފަހަތުގައި އަހަރުނެގެ ގައުމު އޮންނާކަށް ނުޖެހޭނެ. މިކަންކަން ހައްލުކުރެވިގެން ކުރިޔަށް ދެވޭނީ. ރަނގަޅު ފެށުމަކަށް 2.0 ވާނެ ހަމަ ޔަގީނުންވެސް
ނޯބަލް
07 July 2025
އިމާރާތުގެ ފައުންޑޭޝަން ނާޅާ 20 ވަނަ ބުރިއެއް ނުނިންމޭނެ،
ހާއިޝްް
07 July 2025
މޯލްޑިވްސް 2.0 އަކީ މި ރާއްޖޭގެ މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ އެންމެ މުހިންމު ވަސީލަތް.
މަނޭ
11 July 2025
2.0 އަކީ ކޯޗެއްތަ. އެއީ ކޯޗެއްކަން ނޭގުނަސް ވާނެ ކޮމެއްޓު ކުރަން.
ނައުޝޫދް
07 July 2025
ރާއްޖެފަދަ އަލަށް މިކަމުގެ ތެރެއަށް ވަންނަށް ބަޔަކަށް މިކަން މި ފެށިގެންދަނީވެސް ރަނގަޅު ބައެއްގެ އެއްބާރުލުމާ އެއްކޮށް، ތަޖުރިބާހުރި ގައުމުގެއް އެއްބާރުލުން ހޯދާއިގެން މިކަންކުރުން އެއީ ކުރި ވަރަށް ރަނގަޅުކަމެއް
ސުއޫދްް
07 July 2025
ވަރަށް ފުރިހަމަ. މިހާރުވެސް ކިތަށް ރަށްރަށަށް މި ސަރުކާރުން ބޮޑެތި ހިދުމަތްތަށް އަލަށް ތައާރަފްކޮށްފި. ސިއްޙީ ދާއިރާގެ ކަންކަން އިސްލާހުކުތރުމަށް މި ސަރުކާރުން މިއަޅާ ފިޔަވަޅުތަކުގެ ނަތީޖާ އިންތިހާ ފޮނިވާނެ.
ބިންބި ސަހަރު
07 July 2025
ދިވެހިރާއްޖޭގަތޯ ނުވަތަ ދޫނިރާއްޖޭގަތޯ؟