ޓްރެފިކް ފުލުހެއް، މަގުމަތީ ބަހައްޓާ ކޯނުތަކެއް ހިފައިގެންދަނީ---
07 ޖުލައި 2025 - 10:45
މަގެއް ވަންވޭ ކުރުމަށް ފުލުހުން ބަހައްޓާފައި ހުރި ޓްރެފިކް ކޯނެއް އެއްލައިލުމަށް ފަހު ސައިކަލުގައި ދަނިކޮށް މަޑުކުރަން އެންގުމުން ވެސް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ދިޔަ މީހަކު 33،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ސ. ހިތަދޫ މީހެއް ކަމަށްވާ ހަސަން އަލީމް ޒުހުރީގެ މައްޗަށް މި މަހުގެ ފުރަތަމަ ދުވަހު މި ހުކުމް އިއްވީ ޑިސެމްބަރު 22، 2021 ގައި އޭނާ އިތުރު ބަޔަކާ އެކު ސައިކަލުގައި ދަމުން އޭނާގެ ސައިކަލުގެ ފަހަތުގައި އިން މީހާ ޓްރެފިކް ކޯން އެއްލާލުމުން ވެސް ސައިކަލް މަޑު ނުކޮށް ދިއުމުންނެވެ.
އެ މައްސަލާގައި ދައުލަތުން އުފުލީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.
ހަސަން އަލީމް ދައުވާއަށް ޖަވާބުދާރީވަމުން ބުނީ ސައިކަލު ދުއްވަން އިނީ އޭނާ ކަމަށާއި ނަމަވެސް ފުލުހުން އޭނާ ކައިރީ މަޑުކުރަން ބުނިކަން ނޭނގޭ ކަމަށެވެ. އެހެންވެ އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެކަމަކު ފުލުހުން އެ މައްސަލާގައި ވަނީ ކަން ހިނގި ގޮތް ފެންނަ ވީޑިއޯ ފުޓޭޖެއް ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅައިފަ އެވެ. އޭނާ ދުއްވަން އިން ސައިކަލް ހުއްޓުވާ ތަނާއި މަޑުކުރަން ބުނުމުން ވެސް ކިޔަމަންނުވެ ދާތަން ފެންނަ ކަމަށް ހުކުމުގައިވެ އެވެ.
ހަސަން އަލީމްގެ ކުށުގެ އަސާސީ އަދަބަކީ ހަ މަހަށް ޖަލަށް ލުމެވެ. ނަމަވެސް ބަންދުގައި އޭނާ 15 ދުވަސް ހޭދަ ކޮށްފައި ވާތީ ޖަލު ހުކުމަކަށް އިއްވޭނީ ފަސް މަހާއި 15 ދުވަހެވެ. ނަމަވެސް ހަސަން އަލީމް ޝަރީއަތުގައި ވަނީ އޭނާ އަކީ މިހާރު ވަޒީފާއެއްގައި ވެސް އުޅޭ މީހަކަށް ވާތީ ވީހާ ވެސް ލުއި އަދަބެއް ކަނޑައަޅައިދޭން އެދިފަ އެވެ. ގާޒީ ވިދާޅުވެފައިވަނީ މިއީ ޖިނާއީ ބޮޑު ކުށަކަށް ނުވާތީ އާއި މިފަދަ ކުށްތަކުގައި ޖަލު އަދަބު ކަނޑައެޅުމުން ދައުލަތުގެ މައްޗަށް އޮންނާނެ މާލީ އަދި އިދާރީ ބުރައަކަށް ވެސް ވާނެ ކަމަށެވެ. އަދި ކުށުގެ ވެށިން ދުރުކުރުމަށް ބާރުއެޅޭ މިންވަރަށް ރިއާޔަތްކޮށް ގާޒީއަށް ލިބިދޭ އިހުތިޔާރުގެ ދަށުން ޖަލު އަދަބު 33،000ރ.ގެ ޖޫރިމަނާ އަކަށް ބަދަލުކުރީ ކަމަށް ހުކުމުގައިވެ އެވެ.
މި ފައިސާ ހަ މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ވަނީ އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފިލިވަގު
08 July 2025
ހާދަ އަވަހަށް މައްސަލަ ބަލާ، ހުކުމް އިއްވީ.
ރާކަނިމަސް ކެވިއްޖެ ދީ
07 July 2025
50 ހާސް ވަރު އޯކޭ ވާނެ އެފާޑަށް އެއްޗެހި އުކާ ހަދަންޏާ
ހަސަނިކުނި
07 July 2025
ކޮން ވަޒީފާއެއްގައިބާ މިވަރުގެ "ބޭކަލަކު" "މިހާރު" މިއުޅެނީ.
ހަކަމ
07 July 2025
ޖޫރިމަނާ ރަނގަޅު އަދި އޭގެ ތެރެއަށް ކޮމިއުނިޓީ ސާވިސް ގެ މަސައްކަތެއް ލީ ނަމަ ވަރަށއ ފުރިހަމަ ވާނެ.
ކުރުނބާ
07 July 2025
އެހެންވީމަ އަދިކިރިޔާ މަށަށް މިއެނގުނީ ޖަލުހުކުމް ރުފިޔާއަށް ކޮންވަރޓްކުރަން. 1 މަހުގެ ޖަލުހުކުމަކީ 6000 ރުފިޔާ. ވީމާ އުމުރަށް 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފަހުރި މީހުން 1.8 މިލިއަން ރުފިޔާ މީރާއަށް ދައްކާލުމުން ޖަލުން ސަލާމަތްވީ. ދައުލަތަށްވެސް ލުއި، 25 އަހަރު އެމީހާއަށް ކާންދީނިންދަވާކަށް ނުޖެހި އާމްދަނީ ދައުލަތަށް ލިބި ކިހާލުއިދެއްތޯ ގާޒީ
ޗޫޤީ
07 July 2025
ފަންސަވީސްއަހަރަކީ އުމުރުދުވަސް ކަމަށް ކަނޑައެޅީ ކޮން ސައިންޓިސްޓެއްގެ ފިލޯސަފީއަކަށް ނިސްބަތްކޮށްކަމެއް މަށަކަށް ނޭނގެ. އަދި އުމުރުދުވަސް ފަންސަވީސް އަހަރަށް ވާގޮތެއްވެސް ނޭނގެ. ގައިމު އޭގެ ހަގީގަތެއްވެސް އާންމު ރައްޔިތުންނަށް އެނގިފައި އޮތުމަކީ ހަމަ ވަރަށް މުހިއްމު ކަމެއް. މަށަށް އެނގިފައި އޮތީ މިއުއްމަތުގެ މީހުންގެ އެވަރެޖު އުމުރަކީ ފަސްދޮޅަހާއި ހަތްދިހައިގެ ދެމެދު އަހަރުގެ މުއްދަތެއްކަމަށް... ~ނުނިމޭ~
ވަތުކިބަ
07 July 2025
ޗޫގީ ދެން ނޭނގެންޏާވެސް ގާނޫނުތަކާއެއްޗެހި ކިޔާލަބަލަ އަބާދު ޓިކްޓޮކް ބަލަން އޮތަސް ނުވާނެ. ގާނޫނުގަ އޮންނާނެ ފަންސަވީސް އަހަރަށް ޖަލަށްލުމަކީ އުމުރަށް ޖަލަށް ލުމޭ. ތަންކޮޅެއް ފައިދާހުރި ކަމެއް ކޮށްލަބަލަ ތިހެން ގޭގަ ވައި ކޮމެންޓް ކުރަން ނޯވެ
ޗޫޤީ
07 July 2025
ވަތުކިބަ ހަމައެކަނި ގާނޫނުއަސާސީގައި އޮތްއެއްޗެއްކިޔަސް ކަމަކުނުދާނެ. އެހެނިހެން އިލްމީ ފޮތްތައް ކިޔައިގެން ވަތުކިބަވެސް ހޭވެރިވާން ވެެއްޖެއެއްނޫންތަ؟ މިއަހަނީ ފަންސަވީސްއަހަރަކީ އުމުރުދުވަސްކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮތީ ކާކުގެ ފިލޯސަފީއަކަށް ރިއާޔަތްކޮށްގެންހޭ. އެޔެއް ނޭނގިގެންނޭ މަމިއުޅެނީ. ކަލޯމެން ތިތިބެނީ އުމުރުދުވަހަކީ ފަންސަވީސްއަހަރޭ ގާނޫނުގައި އޮތަތީ އޭގެ ހަގީގަތެއް ނުބަލާ ހިރުވާތަން ކަހާވެސްނުލާ.
ނޭނގޭނެ1
07 July 2025
ޗޫގީއަށް ދެން ހުރިހާ އެއްޗެއް ނުވެސް އެނގޭނެ ދެއްތޯ. އެކަމަކު ނޭނގޭ ކަންކަން މިޒަމާނުގައި ވަރަށް ފަސޭހައިން ދަސްކޮށްލެވެން ހުރޭ. ނަމަވެސް ދަސްވެސް ކުރެވޭނީ، ދަސްކުރަން ހަދަންޖެހޭ ގޮތްވެސް އެނގިގެންތާ.
ރަދީފްއޮފިޝަލް / ސްކެ
07 July 2025
"ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ". މިވެސް ދެން އަރަތެއް.
ޗޫޤީ
07 July 2025
ޖޫރިމަނާ ކުރުމުގެ ކުރިން ކުށްކުރި ފަރާތުގެ މާލީހާލަތަށް ރިއާޔަތްކުރުން މުހިއްމު. ބައެއް ކުށްވެރިންނަށް ތެއްތިރީސްހާސްރުފިޔާ އެއްވެސް އެއްޗަކަށް ނުވެދާނެ.
މަރަދޫ އަފީފު
07 July 2025
އައްޑޫމީހެއްމިވެސް. ހާދަ ކުށްކުރުމުގައި އުޅޭހިތްވާ ބަޔެކޭ އައްޑޫމީހުންނަކީ . ލަދުން ބޯހަލާކު
ރަދީފްއޮފިޝަލް / ފަސްފަހެތިން
07 July 2025
ރާއްޖޭގަ ފުރަތަމަ ފަހަރަށް އުދޫހޭ ބޯޓެއް ހަދައިގެން ޓެސްޓްކުރީ ވެސް އައްޑޫ ހިތަދޫ ގަނޑަވަަރި ތުއްތު ދީދީ.
މުލޭ
07 July 2025
އައްޑޫ މީހެއް މާލޭ މީހެއް ކިޔާނެ ކަމެއްނެތް. ކުށް ކުރަނީ ވަކި ރަށެއްގެ މީހަކަށް ވާތީއެއްނޫން. މީހުން ގިނަ ތަންތަނުގައި ކުށްކުރާ މީހުން ވެސް ގިނަ ވާނެ.
ލތފ
07 July 2025
ކުށް ކުރުން ވައްކަން ކުރުން ފަދަ ކަންތައް ތަކަކީ ވަކި ޤައުމެއް ވަކި ރަށަކަށް ނިސްބަތްވާ މީހުން ކުރާ ކަމެއް ނޫން. އެއީ އެ ބަޔަކު އަމިއްލަ އެ ކަމަކަށް ހުށަހެޅިގެން އަމިއްލައަށް ކަށީގެ ހަރުލައިގެން ކުރާ ކަންތައް. ހުއްޓުވަން ބޭނުމިއްޔާ ޤާނޫން އިއްވާ ހަރުކަށި ހުކުން. ޢަދި މޫނަށް ކަނދުރާ އަށް ނުބަލާ އެ އަދަބެއް ފުރިހަމަ ކުރުވާ. ވޯޓާ ދިމާކޮށް އަދި ވެސް ބާރު ބޭނުން ކޮށް ޢަފްވާމް ނުދީ.
ދިއްދާ
07 July 2025
އަދަބަކަށް ވުމަށްވުރެ ފައިސާ ދޯ މުހިއްމީ! ތީގެ މާނައަކީ ފައިސާ ހުރެއްޖެނަމަ ކޮން އަޚުލާޤެއް. ދެވަނަ ފަހަރުވެސް ތިމީހާ ކަންކުރާނީ ހަމަ ތިހެން. މިހާރު "ޖަލު" އެއީ ހުންނަތަނެކޭވެސް ނުބުނާނެ. ޖަލުގެ ބޭނުމަކީ ކޮބާތޯ އަހާބަލަ ޤާޟީންކާރީ.
އެޗްއާރު ޕޮލިސީ
07 July 2025
33 ހާސް ބޭކާރު ކަމެއްގައި ދައްކަން ވީމާ ދެރެވާނެ. ފިލާވަޅެެއް ލިބޭނެ. ފައިސާ ހޯދުމަކީ ފަަސޭހަ ކަމެއް ނޫން. އޭނަ އަށް ލިބޭ މުސާރައާ ބަލާ އިރު ވެދާނެ ތާ 3 ނޫނީ 4 ވަރަކަަށް މަހުގެ މުސާރަ އެކީ ކަމަށް ވެސް ދައްކަން އެ ޖެހުނީ.
އެޗްއާރު އައްޕަ
07 July 2025
އެޗްއާރު ޕޮލިސީ އަށް. ރާއްޖޭގައި އުޅެން ދަސްކޮށްބަލަ. އޭނާ އެ ރުފިޔާ ހޯދާނީ އޭނާވޯޓުލައިގެން ހޮވި މެމްބަރު އަތުން. މިވަރުން ފަހުމު ވާނެކަމަށް ހީކުރަން.
ޚާލިސާ
07 July 2025
ޜަގަޅު ނިންމުމެއް. މީހުން ޑިސިޕްލިން ކުރަން އެބަޖެހޭ. މިގައުމުގައި ގާނޫނާއި ގަވާއިދު ތަންފީޒު ކުރެވޭ ނަމަ ބޮޑުތަނުން ރަގަޅު ކުރެވޭނެ. ވެރިން ވެސް ކަންކަމުގައި މާ ބޮޑަށް ދޫ ދޭތީ މިހާވަރަށް ކަންކަން ބޮއްސުން ލަނީ. ގިނަ ކަންކަން ރަގަޅު ކުރަން އެބަޖެހޭ. ތަރުބިއްޔަތުގެ މައްސަލަ ބޮޑީ.