ޔަމަންގެ ހޫތީންގެ އެއްވުމެއްގައި، ރަތްކަނޑުގައި އުޅަނދަކަށް ހަމަލާދޭ ވީޑިއޯއެއް ދައްކަނީ: ރަތްކަނޑުގެ ހަމަލާތައް އަލުން ފަށައި މިހާރު ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުން. -- ފޮޓޯ: އޭއެފްޕީ
08 ޖުލައި 2025 - 21:19
ރަތްކަނޑުގައި ހޫތީން އުޅަނދުތަކަށް ދެމުން ދިޔަ ހަމަލާތައް އަލުން ފަށައި ހޯމަ ދުވަހުން ފެށިގެން އެއް ބޯޓަށް ތަކުރާރުކޮށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ދެ މީހަކު މަރުވެ ބޯޓަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އިޒްރޭލުން ޣައްޒާގައި ދޭ ހަމަލާތަކުގެ ބަދަލު ހިފުމަށް، އިޒްރޭލާ ގުޅުން އޮންނަ ކަމަށް ބެލެވޭ އުޅަނދުތަކަށް ދެމުން ގެންދާ މި ހަމަލާތަކުގައި މިހާރު ހަމަލާ ދެމުން ގެންދަނީ ލައިބީރިއާގެ ބަލްކް ކެރިއަރެއް ކަމަށްވާ "އެޓާނިޓީ" އަށެވެ.
"ބޯޓަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި. މިހާރު އެ ބޯޓު ދުއްވޭނެ އެއްވެސް ގޮތެއް ނެތް،" ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އިން ނެރުނު ބަޔާނުގައި ބުންޏެވެ.
"އެ ބޯޓު ވަށައިގެން ތިބީ ކުދި އުޅަނދުތަކެއް. އަދި ހުއްޓުމެއް ނެތި ދަނީ ހަމަލާ ދެމުން."
ލަންޑަނުގައި ހުންނަ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ ލައިބީރިއާގެ މަންދޫބަކު ވިދާޅުވީ އެ ބޯޓުން ދެ މީހަކު މަރުވެފައިވާ ކަމަށެވެ. ފިލިޕީންސްގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނީ 22 ފަޅުވެރިންގެ ތެރެއިން އެކަކު ފިޔަވައި އެންމެންނަކީ ފިލިޕީންސް މީހުން ކަމަށެވެ.
ޔަމަނުގައި ހުންނަ އެމެރިކާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ މިއީ ހޫތީން މިހާތަނަށް ދިން އެންމެ ނުރައްކާ ހަމަލާ ކަމަށެވެ. އަދި އެ ޖަމާއަތުން "ރަތް ކަނޑުގައި ކަނޑުދަތުރުފަތުރުކުރުމުގެ މިނިވަންކަން ނިގުޅައިގެންފި" ކަމަށް ބުނެފައިވެ އެވެ. މިއީ ޔަމަންގެ ހޫތީންނަށް ހަމަލާ ދިނުން މެދުކަނޑާލަން އެމެރިކާއާ އެކު ހޫތީން ވެފައިވާ އެއްބަސްވުމާ ހިލާފުވުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
މި ހަމަލާގެ ޒިންމާ ހޫތީން އުފުލާފައި ނުވި ނަމަވެސް، މުދާ އުފުލާ އެހެން އުޅަނދެއް ކަމަށްވާ މެޖިކް ސީސްއަށް އާދީއްތަ ދުވަހު ހަމަލާދީފައިވެ އެވެ. މިއީ މި އަހަރު ދިން މިފަދަ ފުރަތަމަ ހަމަލާ އެވެ.
ބައިނަލްއަގުވާމީ ވިޔަފާރީީގައި ހިމެނޭ މުދަލުގެ ގާތްގަނޑަކަށް 12 ޕަސެންޓް އުފުލާ ރަތްކަނޑު ސަރަހައްދުގެ ރައްކާތެރިކަމާ މެދު މި ދެ ހާދިސާއާ އެކު ވަނީ ސުވާލު އުފެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
09 July 2025
އެމެރިކާ ދާންވީނުން އެމީހުންގެ ކަނޑުގެ ސަރަހައްދަށް. އެހެން މީހުންގެ ސަރަހައްދުގައި ހިނގާކަންކަން ބަލާކަށް އެމެރިކާއަކަށް ނުޖެހޭނެ. ޓްރަމްޕް ރަށަށްދޭބަލަ.
ރަދީފްއޮފިޝަލް / ނަތަންޔާހޫގެ ވައިފްގެ ސްކެލެން ޓްރޭންގަލް
08 July 2025
ސާބަހޭ ހޫތީ ބްރޯސް.ރަނގަޅަށް ވާންކޮށްފަ ބަހައްޓާތި.
ވެންގަބޯ
08 July 2025
އަލްހަމްދު ލިއްލާހި ހޫތީންނަށް އައްސަރިބަހާއި ސާބަސް ތީހަމަ ޔަހޫދީންގެ 10 މީހުން މަރާލުން ކަހަލަ ކަމެއް އަހަރެންގެ ދުއާ ހޫތީންނާއެކު ދުސް މަނުންގެ ކުރިމަތީގައި ހޫތީންނަށް ގަދަފަދަކަން ދެއްވާ ހޫތީންނަށް ކާމިޔާބު ދެއްވާންދޭވެ އާމީން ދުސްމިނުން ބަލިކުރައްވާ ނިކަމެތެ ކުރައްވާންދޭ އާމީން ޔާ ﷲ
ތިޔައީ2222
08 July 2025
ތިޔައީ އިޒްރޭލުން ފަހަތުގައި އޮވެ ޔަމަނަށް ވެރިވެގަތުމަށްޓަކައި ހިންގާ ޖަރީމާއެއް.