ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ކުރިމަތީގައި އިންދާފައި ހުރި ކަދު ރުއްތައް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
09 ޖުލައި 2025 - 14:38
އައްޑޫގެ ރީތި "ރުއްފަށާ" ކަނޑައި ހުސްކޮށްލުމުން ވެސް މި ބަހުސްކުރަން ޖެހުނެވެ. އޭގެ ތިން އަހަރު ފަހުން މިއަދު ވެސް ހަމަ އެ ބަހުސެވެ. ދިވެހީންގެ ރުއް، ގައުމީ ގަހުގެ ހިޔާ ނުހޯދައި، މި މާހައުލާ މާ ބީރައްޓެހި ކަދުރު ރުއްތަކެއްގެ ނިވަލަށް ދިއުމުން އާންމުން ގާތަށް ރުޅި އައީ އެވެ.
ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ ބޭރުގައި ކަދުރު ރުއް އިންދުން މި ފަހަރު އާންމުންނަށް ބަލައިނުގަނެވުނެވެ.
އެއް ބަޔަކު ބުނަނީ ދިވެހިންގެ އެއާޕޯޓުގައި ޖަހަން ޖެހޭނީ ދިވެހީންގެ ރުއް ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް: މި މަހު 26 ގައި މި ޓާމިނަލް ހުޅުވަން އަންނަނީ ތައްޔާރުވަމުން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ސުކޫލުގައި ދިވެހި ބަހުގެ މުއްސަނދިކަން ކިޔައިދެން ދިވެހި ރުކުގެ ބައިތަކާ އަޅާ ތަކެއްޗަށް ކިޔާ ގިނަ ނަންތައް ބުނެދެ އެވެ. ރުކުން އުފައްދާ ބާވަތްތަކާއި އެ ރުކުން ގައުމެއް ބިނާކުރިގޮތް ބުނެދެ އެވެ. ދަރިވަރު ގައުމުގެ މައި އެއާޕޯޓަށް ދިޔަ އިރު ފެންނާނީ ކަދުރު ރުކެވެ. ދަރިވަރު ހިތަށް އަރާނެ އެވެ،" ރާއްޖޭގެ ތާރީހު ދިރާސާކުރާ އަދި ކުރިން ދިވެހިބަހާއި ތާރީހުގެ މިނިސްޓްރީގައި ވެސް މަސައްކަތް ކޮށްފައިވާ ޝައްމޫން ޖަލީލް (ލޫކަސް) އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
އަހަރުމެންނަށް ގައުމީ ލޯބި ކިޔައިދީފައި، ވެރިންގެ ހިތުގައި އެ ލޯތްބެއް ނެތެވެ."
"އަހަރުމެންނަށް ގައުމީ ލޯބި ކިޔައިދީފައި، ވެރިންގެ ހިތުގައި އެ ލޯތްބެއް ނެތެވެ."
ލޫކަސް ބުނި ގޮތުގައި، ރާއްޖޭގެ ބައެއް ރަށްރަށް އަރާއިރު ވެސް މިހާރު ފުރަތަމަ ފެންނަން ހުންނަނީ ލެޓިން އަކުރުން ޖަހާފައި ހުންނަ އެ ރަށުގެ ނަމެވެ. އަދި ބަނދަރުމަތީގައި ކަދުރު ރުއްތަކެވެ.
ރަށްރަށުން ފެންނަ އެންމެ ރީތިކަމަކީ އެރަށުގެ މަލަމަތިން ފެންނަ ދިވެހި ރުއް.
— Amna Shath (SHATHS) (@AmnaShath) July 9, 2025
After traveling through the islands these past few years, I’ve always been drawn to the beauty of the Coconut Palm : no wonder my gallery’s full of pictures of Ruh!
Here is thread of #DhivehiRuh pic.twitter.com/ghdDAHtSrQ
ދިވެހިންގެ އަމިއްލަ އަކުރެއް ނެތް ކަމާއި ޓްރޮޕިކަލް މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރާ އިރު، ދިވެހި ރުކެއް ފެންނަން ނެތުމުން އެ މަންޒަރު ފެންނަ ޓޫރިސްޓު މީހާ ހިތުގައި ވެސް އެ ސުވާލު އުދޭނެ ކަމަށް އޭނާ ބުންޏެވެ.
"ތިމާވެށީގެ ވާހަކަ ދައްކާއިރު ވެހި (ނޭޓިވް) ދިރުންތަކަށް ލޯތްބެއް ނެތެވެ،" ލޫކަސް ބުންޏެވެ.
ދިވެހި ރުކަކީ ރާއްޖޭގެ ރަށްރަށުގެ މަލަމަތި ރީތިކޮށްދޭ، ރަމްޒީ ގަހެކެވެ.
ގދ. އެހިވަކާގެ މަލަމަތި: މި ރަށުގެ ހޭޅިފަށުގައި ގިނައިން ހެދިފައި ހުރީ ދިވެހި ރުއް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އާ ޓާމިނަލް ޑިޒައިންކުރީ ވެސް ދިވެހީންގެ ދިވެހިންވަންތަކަމާއި މި ގައުމުގެ ގުދުރަތީ ރީތިކަން ފެންނާނެ ގޮތަށެވެ. އެހެންވެ، އެ ޓާމިނަލުގެ ބޭރުގައި ކަދުރު ރުއް އިންދުމަކީ އެ ނިންމުމާ ދެކޮޅު ކަމެއް ކަމަށް އެއް ބަޔަކު ގަބޫލުކުރެ އެވެ.
ބައެއް މީހުން ބުނީ ސައޫދީ އަރަބިއްޔާގައި މިހާރު ތަރައްގީ ކުރަމުން އަންނަ، ރާއްޖެ އެއްގޮތްކުރާ "ރެޑް ސީ"ގެ ރިސޯޓުތަކުގައި ވެސް ދެކުނު އޭޝިއާގެ ގައުމުތަކުން ރުއް ގެންގޮސްގެން އިންދާ ކަމަށެވެ. އެހެންވެ، ރާއްޖޭގައި މި ހެދޭ ރުއްގަހަކީ ކިހާ އަގުހުރި އެއްޗެއްކަން ވަރަށް ސާފުކޮށް އެނގޭއިރު ވެސް، މި މާހައުލާ ނުގުޅޭ ގަސްތަކެއް ގެެނެސް އިންދުމުގެ ބޭނުމެއް ނުވިސްނޭ ކަމަށް ބައެއް މީހުން ބުންޏެވެ.
"ދިވެހި ރުއް ހިލޭ ލިބެން ހުއްޓައި، މެދުއިރުމަތީގެ ގައުމަކުން ކަދުރު ރުއް ގަނެގެން ގެނެސް ރާއްޖޭގެ މޫނު ބަލާ ލޯގަނޑު ކުރިމަތީގައި އިންދަނީ،" އެކްސްގައި އެހެން މީހަކު ކުރި ޕޯސްޓެއްގައި ބުންޏެވެ.
"ރާއްޖޭގެ މައި ދޮރާށިން ނުކުންނައިރު ކަދުރު ރުއް، ވެރިކަން ކުރާ ރަށަށް ފައިބާއިރު އެ ރަށް ވަށާ ކަދުރު ރުއް."
Planting date palm is not the issue. You can plant a date palm in a mosque yard or public park. The problem is when you start replacing coconut palms especially in the front facing parts of islands, resorts, and city areas.
— Assan (@assan_official) July 8, 2025
Look at places like Hawaii, Mauritius, or Seychelles.… pic.twitter.com/qnL2votQ3x
މި ބަހުސްގައި ދެކޮޅަށް ވާހަކަދައްކާ ގިނަ ބަޔަކު ވެސް އެބަތިއްބެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި، މެއިންޓެނަންސްގެ ކަންކަން ފަސޭހަ ވާނީ އަދި އެއާޕޯޓް ކަހަލަ ގިނަ ބަޔަކު ގޮސް އުޅޭ ތަނެއްގައި ދިވެހި ރުކަަށް ވުރެ ކަނދުރު ރުއް ހުރުން މާ ރައްކާތެރިވާނެ އެވެ.
އެ ގޮތަށް ވާހަކަ ދައްކާ މީހުން ދެކޭގޮތުގައި، ރުކަކަކީ ސާފުކޮށް ބެލެހެއްޓުމުގެ ކަންކަން ވަރަށް ބޮޑު ގަހެކެވެ. އެކަމަށް ހިނގާ ހަރަދު ވެސް ބޮޑު ކަމަށާއި ފީވާ ފަނާއި ކާށި ވެރި އާންމުންނަށް އަނިޔާވުމުގެ ފުރުސަތު ވެސް ވަރަށް ބޮޑު ކަމަށް ބުންޏެވެ. ހާއްސަކޮށް ދިވެހި ރުއް ދިގުވުމުގެ ސަބަބުން އެއާޕޯޓެއްގައި އިންދަން އެއީ ރައްކާތެރި އެއްޗަކަށް ނުވާނެ ކަމަށް އެ މީހުން ދެކެ އެވެ.
ގިނަ ބައެއްގެ އުފާވެރި ހަނދާންތަކަކާ ވެސް ގުޅިފައިވާ އައްޑޫގެ "ނަލަކަން" ދައްކައިދިން ލިންކު ރޯޑުގެ "ރުއްފަށާ"ގައި ހުރި 55 ރުއް އައްޑޫ ސިޓީ ކައުންސިލުން ކަނޑައި ހުސްކޮށްލީ ވެސް ނުރައްކާތެރި ހާދިސާތައް ހިނގަމުންދާ ކަމަށް ބުނެ އެވެ. ހަތްދިހަ ވަރަކަށް އަހަރު ވެފައި ހުރި އެ ރުއްތައް ކަނޑާލީ ވައިގަދަވެ، ވިއްސާރަވާ ދުވަސްތަކުގައި ރުއްތަކުން އެއްޗެހި ވެރި، ނުރައްކާތެރި ހާދިސާތައް ހިނގާކަމުގެ ޝަކުވާ ލިބި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
The Addu Link Road’s lagoon-side pavement was wrecked to plant date palms that clash with the scenery. The iconic native coconut palms at Aareyfu (RAF) have been cut down and replaced with date palms by Mayor Nizar and his team, ignoring widespread public discontent. On… pic.twitter.com/nXvi3GcdEi
— Dhivehi Archives by Naajih Didi (@NaajihDidi) July 7, 2025
"އެކަކު ބުނީ ދިވެހި ރުއް ބަލަހައްޓަން މެއިންޓަނަންސް ބޮޑު ކަމަށް. ކަދުރު ރުއް އިމްޕޯޓްކުރަން ދާ ހަރަދު މެއިންޓެނަންސްއަށް ނުކުރެވޭނެތަ؟"، ލޫކަސް ބުންޏެވެ.
"މެއިންޓެނަންސްއޭ! ކައުންސިލްތަކާއި އެމްއޭސީއެލްގައި ވަރުވަރުން މުވައްޒަފުން ލާފައި ތިބޭނެ. ދިވެހި ރުކަކީ ދުވާލަކު އެއްފަހަރު ސާފުކުރަން ޖެހޭ އެއްޗެއް ނޫން. ދުވަސްދުވަސްކޮޅުން ސާފުކުރަން ޖެހޭނީ. އޭގައި ގަންނަ އެއްޗެހި ވިއްކައިގެން ނުވަތަ ރާކޮށްގެން އާމްދަނީ ވެސް ހޯދޭނެ،" ދިވެހި ތާރީހު ދިރާސާކުރާ ނާޖިހު ދީދީ ބުންޏެވެ.
ބައެއް މީހުން ބުނީ އެއާޕޯޓެއްގައި، ދިވެހި ރުއް ކަހަލަ އުސްކޮށް ހެދޭ ގަސްގަހާގެހި އިންދުން އެއީ ރައްކާތެރިކަމެއްގެ ގޮތުގައި ނުފެންނަ ކަމަށެވެ. ރުކަކީ 10-30 މީޓަރު އުހަށް އާންމުކޮށް ހެދޭ ގަހެއް ކަމަށާއި އޭގެ މުލަކީ ވެސް ފުނަށް އަދި ދުރު ސަރަހައްދުތަކަށް ދުވާ އެއްޗެއް ކަމުން، އެ ދެގޮތަށް ބެލިޔަސް އާ ޓާމިނަލް ކައިރީގައި ދިވެހި ރުއް އިންދުން ރައްކާތެރި ނޫން ކަމަށް ބައެއް މީހުން ބުންޏެވެ.
ދިވެހި ރުކަކީ ދޫނިސޫފާސޫފި ބިސްއެޅުމަށާއި ހާލި ހެދުމަށް ވެސް އަރާ ގަހަކަށް ވާތީ، އެއާޕޯޓެއްގައި ރުއް އިންދުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް މި ބަހުސްގައި ދެކޮޅަށް ވާހަކަ ދައްކާ މީހުން ބުނެ އެވެ.
ދިވެހި ރުއް ނޫނަސް އަދި ކަދުރު ރުއް ނޫނަސް އެތަނުގައި އިންދޭނެ، ރާއްޖޭގެ މާހައުލާ ގުޅޭނެ ކިތައްމެ ގަހެއް އެބަހުއްޓެވެ. ތިމާވެށީގެ ހަރަކާތްތެރިން ވެސް މިއަދު ދައްކަނީ އެ ވާހަކަ އެވެ. ކުރަނީ އެ ބަހުސެވެ. ދިވެހި ރުއް ކަނޑާލާފައި ގައުމިއްޔަތު ދިރުވޭނެ ހެއްޔެވެ؟
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތުއްތުކަލޯ
15 July 2025
ޓްރޮޕިކަލް އާއި ކަދުރުރުކާއި ގުޅުމެއް ނެތުނީ ކިހިނެއްވެގެން؟ ހުސް ރޯނުއެދުރުން.
ސަމްސިއްޔާ
11 July 2025
މިކަހަލަކަމެއްވާއިރަށް މިމީހުންގަނޑު ގައުމީވަންތަކަން ކެކިއަރާނެ.
ރާވެރިބެ
10 July 2025
ޕީއެންސީ ސަރުކާރު މިހާ ކަދުރު ރުކާ ދޯޅުވެފައި ދިވެހި ރުށް ތަންތަން ޒީނަތްތެރި ކުރުމަށް އިންދުމާ ދެކޮޅުހަދާ ސަބަބު ބަލަން މަޖިލިސް އަށް ކުއްލި މައްސަލަ އެއް ހުށަހަޅަން އެބަޖެހޭ. މިއިން ބޮޑުމީހެއްގެ ބޮލަށް ފަނެއް ނުވަތަ އުނބެއް ވެއްޓުނީބާ؟ އުނބު ދެކެ ރުޅިއަޔަސް ދިވެހި ރުށްދެކެ ރުޅި އަންނާކަށް ނުވާނެ ނޫންތޯ؟
ހަސަންދި
10 July 2025
ދިވެހި ރުއްް އިންދާއިގެން ފަހުންލިބޭ ގެއްލުން މާ ބޮޑުވާނެ. ބަހުސް ނުކޮށް ރަގަަަަަަަަޅަށް ވިސްނާލާ..!!
ރަސްދާން
10 July 2025
ހޮޅި ބަހިސް ނިކޮށް ހުއްޓާލާ. ކަލޭމެން ނޫނީ ރުކެއް ލިބިގެން އުޅޭބައެއްނެތް ދޯ. ޓްރިވަންޑްރަމަށް ދޭބަލަ ، ރުއް ފެންނާނެ ހޭބަލިވާވަރަށް. ތަންތަން ރީތިކުރަން ބޭނުންވަނީ. ކަދުރެއް ބަދުރެއް
އިސްމާލި
10 July 2025
ދެރަ ކަމެއް. ރުކުގައި ތިހާ މައްސަލަ ހުރިއްޔާ ކީއްވާނީ އެކު ކުލަކުލައިގެ ބޯގަންވިލާ އިންދިއްޔާ؟ ގައިމު ކުލަތައް ރީތިވެފަ، ފޮޓޯޖެނިކް ވާނެ. އިންސްޓާ ކުރާލެއް ގިނަ ވާނެ. އިތުރަށް އިސްތިހާރު ވާނެ. މިއީ ދެން މމޕރސ ގެ އެމްޑީއަށް ދޭ ފަދަ ބޮޑު މުސާރަ ނުދިނަސް ވިސްނޭނޭ ކަންކަން ދޯ.
މުޙައްމަދު123
10 July 2025
ދިވެހި ރުއް ނުއިންދައި ކަދުރުރުއް އިންދާތީ، ދިވެހި ވަންތަކަން އޮޔާދާތީ ރޮއިހޭރޭ މީހުން އެ ވާހަކަ މިލިޔަނީ އިނގިރޭސި ބަހުން ނުވަތަ ލެޓިން އަކުރުން. އޮފީހަކަށް ދާންވެއްޖެއްޔާ މި ލަނީ ކޯޓު ފަޓުލޫނު. މާލޭ މަގުތައް ހަދާފައި އިންދާފައި ހުރީކީ ވެސް ދިއްގާއާއި ހިރުނދެއް ނޫން. ކޮންމެވެސް އޮފިއެލޭ އަކާ އޮފިނޭލޭއެއް. އަމިއްލަ ގޭގެ ނުވަތަ ފިހާރައިގެ ނަންބޯޑުވެސް ލިޔެލަނީ އިނގިރޭސިބަހުން. މި ދިވެހިވަންތަކަމެއް ނުވިސްނޭ. ހާދަވަރުގަދަ ގައުމީ ލޯތްބެކޭ..
ޙަބަރޭ
10 July 2025
ގައުމީ ވަތަންގެ ސިފަ ނުވަތަ އާދަ ކާދަ ތައް ރަމްޒުކޮށްދެވޭ ގޮތަށް ދިވެހި ރީތި ރުއްތައް ޖެހުން މާ އައުލާކަން ބޮޑު. ރާއްޖޭގައި އާއްމުކޮށް ނުހުންނަ ކަދުރު ރުއް ތަކެއް ޖެހީމާ ކަމަކު ނުދޭ.
ފޫހި
10 July 2025
ދިވެހިންގެ ވިސްނުން ހުރިގޮތް ދެކެބަލަ. ލޮނުއަރާ ތަނެއްގަ ލޮނާނުގުޅޭ ކަދުރުރުއް. ދެން މިބުނަނީ ރުއް ހެދެނީ މާދިގުކޮށޭ. ބަލަ މިހާރު އެބަހުއްޓޭ ވަރަށް ތިރިފަތިކޮށް ހުންނަ ކުރުބާވެސް ބައިވަރު އަޅާ ވައްތަރުގެ ރުއް. މާދިނުވާނަމަ ކަނޑާލާފަ އާރުކެއވެސް އިންދޭނެދޯ. ދިވެހިރުއް ތިޔަތަނާގުޅޭނީ.
ސޭކް
20 July 2025
މަވެސް މިބުނަނީ ތިހެނޭ. ކޮންޓެކްސްޓަށްވެސް އެބަ ބަލަންޖެހޭދޯ.
ކައުންސެލަރު....
10 July 2025
ތިތާ ޖާފާނުރުއް ނޫނީ ދަނބުރުއް އިންދިދާނެ. އެއީ އެހާބޮޑަށް އަދި އެހާ އަވަހަށް ދިގުވާ ރުއްރުކެއްނޫން. ރަތުރުއް ފަދަ މާބޮޑަށް ދިގުވާ ރުއް އިންދުން އެއްގޮތަކަށްވެސް ކަމަކުނުދާނެ.