އޭނާއަކީ މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ ކުށުގެ ރެކޯޑް ވެސް އޮތް މީހެއް.
ސްކޭމްގެ މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ.-- ފޮޓޯ: ޕޮލިސް
13 ޖުލައި 2025 - 15:17
ސްކޭމްގެ ގިނަ މައްސަލަތަކެއްގެ ތުހުމަތުވާ މީހަކު އާންމުންގެ އެހީތެރިކަމާއެކު ހޯދައި، ފުލުހުން އޭނާ އިއްޔެ ހައްޔަރުކޮށްފި އެވެ.
އެ މައްސަލަތަކާ ގުޅިގެން ހައްޔަރުކުރީ ސާއިފް އަހްމަދު ދީދީ، 30، މއ. ރަބީއު އެވެ.
ފުލުހުން މިއަދު ބުނީ ސްކޭމްގެ ތަފާތު 12 މައްސަލައެއްގެ ތުހުމަތުކުރެވޭ އެ މީހާ ހޯދައި ހައްޔަރުކުރީ އާންމުންގެ އެހީތެރިކަމާއެކުގައި ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ހުޅުމާލެ 2 އިން އިއްޔެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާ ހައްޔަރުކުރީ ތަފާތު އެކި ދުވަސް މަތިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އެކި މީހުންގެ އަތުން މަކަރާއި ހީލަތުން 30،000 އަށް ވުރެ ގިނަ ރުފިޔާ އޭނާގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، އޭނާއަކީ މުދަލަށް ގެއްލުން ދިނުމާއި ވައްކަމުގެ ކުށުގެ ރެކޯޑް ވެސް އޮތް މީހެކެވެ.
ސްކޭމްގެ މައްސަލަތަކާ ގުޅިގެން އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ އިދާރާގެ އެންޓި ސްކޭމް ސެންޓަރުން އެ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެދުރު 2.0
15 July 2025
އެހެންވީމާ ހައްޔަރު މިކުރީ ސްކޭމް ހިންގާ ބޮޑެއްތަ؟ ނުނީ ވަކި ސްކޭމެއް ހިންގަން އުޅުނު ބޮޑެއްތަ؟ ޔަޤީންވާކަމަކީ 30000 ރުފިޔާއަކީ އަކީ ބޮޑު ސްކޭމެއް ނޫންކަން. ސްކޭމް ހިންގައިގެން މިލިއަނުން ރުފިޔާ ނެގިމިހުންވެސް އެބައުޅޭ. އެމީހުން ހޯދާކަށްވެސް ކަމާބެހޭ ފަރާތްތަކުން ނޫޅޭ
ފެންސު
13 July 2025
މީހުން އެބުނަނީ ހަމަ ރަގަޅަށް. ޗޮކުލެޓެއް ވަގަށް ނަގަން އުޅުމުން 15 ދުވަސް ބަންދު. ސްކޭމެއް ހިންގާ މުދަލަށް ގެއްލުންދޭމީހާއަށް 10 ދުވަސް. ސަޅިއެއްނު.
ޑރ ވާންޗޯ
13 July 2025
ތިއޮތީ ޖަވާހިރެއް އަތުޖެހިފަ، އަވަހަށް ރަނގަޅު ޓެކްސްއެއް ނަގާފަ ދޫކޮށްލާ. އޭރުން މިހާރުއޮތް 12 މައްސަލައިން ދެންފަހަރަކުން 13 މައްސަލައަށް އިތުރުވާނެ. އަނެއްކާވެސް ޓެކްސްނަގާފަ ދޫކޮށްލާނީ.......
މަ ބުނި
13 July 2025
ރައީސް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވަން އަވަހަށް ދޫކޮއްލާ
ގޯޅިތަކުން
13 July 2025
ވިހިއަހަރަށް ޖަލަށް ފޮނުވާލާ، ފޯނެއް ނުދޭތީ..... ލާރިތައްްވެސް ހޯދާތި.
ބަޑީ
13 July 2025
މިދުވަސްކޮޅު ހާދަ މާލޭ ބޭފުޅުން މައްޝޫރޭ ކޮލިކަންކަމުގަ
ފާފު
13 July 2025
ހައްޔަރުކުރަން ވީމާ ބޮޑެއް، ދޫކޮށްލަންވީމާ ސާބިތުވާވަރުގެ ހެތްކެއް ނެތް، އަނެއްކާ ބަންދުގައި މާގިނަ ދުވަސް ވާނަމަ އަންނާނެ ހުކުމަށްވުރެ ގިނަވެދާނެ. އެހެންވެ ދޫކޮށްލަން ޖެހިދާނެ.
ޒާތު
13 July 2025
ތިޔަ ސްކޭމުތަކުގެ ވައްތަރުތަކުގެ ތަފްސީލުތައް އިތުރަށް ލިއެލިނަމަ.
ނާނޮ
13 July 2025
ފުލުހުންނަކީ މިހާރު އެއްވެސް ކަމެއްކުރާ ބައެއްތަ، ކުށްވެރިން ހޯދަންވެސް ޖެހެނި އާންމު ރައްޔިތުންނަށް
ޙަސީނާ
13 July 2025
އެމްއެމްޕީއާރުސީގެ ބޮޑު ކަރަޕްޝަންގެ ކުށް ސާބިތުވި ކުރީގެ ނައިބު ރައީސް އަދީބް ހުރީ މިނިވަންކޮށް. މިފްކޯ އަދި އެޗްޑީސީ ފަދަ ތަންތަނުން ވައްކަން ކުރި މީހުން ތިބީ ގަދަރުވެރިންގެ ގޮތުގަ. އަދުލްއިންސާފޯ! ކޮންމެ އޭޖީ، ޕީޖީ، ފަނޑިޔާރުންގެ ސޯޝަލް މީޑިޔާގަ ކިޔާނެ އަދުލްއިންސާފޭ! ގުޅިގެން ކުރަނީ ވައްކަން