ޝިފާއު: އޭނާގެ މައްޗަށް ކުރި ހުރިހާ ދައުވާއެއް ސާބިތުވާ ކަމަށް ކޯޓުން މިއަދު ވަނީ ނިންމާފައި
16 ޑިސެމްބަރ 2025 - 15:17
ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކެއްގެ އަތުން އޮޅުވާލައިގެން މުދާ ހޯދި މައްސަލާގައި މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާއެއް ސާބިތުވެފައިވާ ހުސައިންގެ ޝިފާއުގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ވެސް މިއަދު ސާބިތުވެއްޖެ އެވެ.
ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން 123،000 ޑޮލަރު (1.9 މިލިއަން ރުފިޔާ) ގެ މުދާ ހޯދި މައްސަލާގައި 2023 ވަނަ އަހަރު ހައްޔަރުކުރި ޝިފާއުގެ މައްޗަށް 23 ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާ އަކާއި މަނީ ލޯންޑްރިންގެ ހަތް ދައުވާ އެކެވެ.
އޭގެ ތެރެއިން މަކަރާއި ހީލަތް ހެދުމުގެ 16 ދައުވާ ޝިފާއުގެ މައްޗަށް ސާބިތުވާ ކަމަށް ކުރިން ކްރިމިނަލް ކޯޓުން އޮތީ ނިންމައިފަ އެވެ. ނަމަވެސް އެ ދައުވާތަކުގެ އަދަބެއް މިހާތަނަށް ކަނޑައެއް ނާޅަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ އެ މައްސަލާގައި ޝިފާއުގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ހަތް ދައުވާ ވެސް ސާބިތުވާ ކަމަށެވެ. އަދި އެ މައްސަލާގައި ޝިފާއު ލޯންޑާކުރި 123،000 ޑޮލަރު ދައުލަތަށް ނަގަން އެދުނަސް، ގާޒީ ވިދާޅުވީ އެ ފައިސާ ހުރީ ކޮން ތަނެއްގައިކަން ދައުލަތަށް ބުނެ ނުދެވޭތީ އެ ފައިސާ ދައުލަތަށް ނަގަން އަމުރު ނުކުރެވޭނެ ކަމަށެވެ.
އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގައި ދައުލަތުން އެދުނީ ކޮންމެ ދައުވާއެއްގައި އެއްލައްކަ ރުފިޔާގެ ޖޫރިމަނާއަކާ އެކު 10 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. ނަމަވެސް މިހާރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ޝިފާއު އެދުނީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުން އެހެން ދުވަހަށް ފަސްކުރުމަށެވެ.
އެހެންވެ، ގާޒީ ނަދީމް ވިދާޅުވީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އަދަބު ކަނޑައެޅުން އަންނަ ބުރާސްފަތި ދުވަހު ބާއްވާނެ ކަމަށެވެ. އަދި އެ ދުވަހު ހުރިހާ ދައުވާތަކެއްގެ އަދަބު ކަނޑައެޅުމުގެ މަރުހަލާ އެއްކޮށް ނިންމަވާނެ ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ.
އެ މައްސަލާގައި ޝިފާއުގެ ފަރާތުން ވަކީލަކު ފަހުން އައްޔަންކުރި ނަމަވެސް މީގެ ކުރިން ތާވަލްކުރި ދެ އަޑުއެހުމަށް ވެސް އެ ވަކީލް ހާޒިރު ނުވާ ކަމަށް ގާޒީ އަލީ ނަދީމް ވިދާޅުވި އެވެ. އަދި ސިއްހީ ސަބަބެއް އޮތް ކަމަށް ވަކީލް ބުންޏަސް، މެޑިކަލް ފޯމް ހުށަހަޅާފައި ނުވާ ކަމަށާއި އަދި އެކަމަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަަމަށް ގާޒީ ވިދާޅުވި އެވެ. އެހެންވެ، ވަކީލް ނެތް ނަމަވެސް މައްސަލަ ކުރިއަށް ގެންދަން ނިންމެވީ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެ މައްސަލާގައި ޝިފާއު ހައްޔަރު ކުރުމަށް ފަހު 2023 ވަނަ އަހަރު ބަންދުން ދޫކޮށްލުމުން އޭނާ ރާއްޖެ އިން ބޭރަށް ދިޔަ އެވެ. އޭގެ ފަހުން އިންޓަޕޯލް މެދުވެރިކޮށް އޭނާ ހައްޔަރުކުރަން ރެޑް ނޯޓިސް ނެރުމުން އޭނާ އެނބުރި ރާއްޖެ އައުމާއެކު އަލުން ހައްޔަރުކުރި އެވެ.
ޝިފާއުގެ މައްސަލަ ކޯޓުގައި އޮއްވާ އޭނާއަށް މި ސަރުކާރުގައި ސިޔާސީ މަގާމަކަށް އައްޔަންކުރި އެވެ. ނަމަވެސް އެ މައްސަލަ ފެންމަތިވުމުން އޭނާ އެ މަގާމުން ވަކިކުރި އެވެ.
ފަހުން ޝިފާއުގެ އަދަބު ލުއިކުރަން ދައުލަތުން އޭނާއާއެކު އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހެދި އެވެ. ނަމަވެސް އެ އެއްބަސްވުން ބަލައިނުގަތުމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖާގަ
16 December 2025
ހާސްނުވޭ. ދެން އަންނަ ވެރިކަމެއްގާ ސަލާމަތްވެ އެޑްވައިޒަރެއްގެ މަގާމު ލިބޭނެ.
ކޮރަލް
16 December 2025
އެ ފައިސާ ހުރީ ކޮން ތަނެއްގައިކަން ދައުލަތަށް ބުނެ ނުދެވޭތީ އެ ފައިސާ ދައުލަތަށް ނަގަން އަމުރު ނުކުރެވޭނެ ކަމަށެވެ. މިހާލަތުގައި އޭނަގެ ބޭންކް ގައި ހުރި ފައިސާ އާ އޭނަގެ އެސެޓް ތައް ނެގެން ވާނެ އެވެ.
ލޮލީ ނނނނނނ
16 December 2025
ފަޒުލްގެ ބޮޑުބޭބެ
ބާލިދީ
16 December 2025
ނޫން ދެބޭންގެ ދެދަރި
ޑރ ވާންޗޯ
16 December 2025
ތިވަރުގެމީހަކު ސަލާމަތްކުރުމަށްޓަކާ ފަހުވަގުތު ހުރިހާ ދައުވާއެއްގެންގޮސް އިއުތިރާފުގެ އެއްބަސްވުން ހެއްދެވި ޕީޖީއަށް މަގޭ ސަލާން ދަންނަވާލަދޭތި!.
ޝިއްޕެ
16 December 2025
އޮންލީ މަނީ ދޮވެއިސްތިރި ކުރުން؟ ނަތިންގް ފޯ ފޯރޖިންޖް ޓީޓީ ؟
ވޮޗްމޭން
16 December 2025
އަދަބާ ބެހޭގޮތުން ވާހަކަދައްކަން ކުށްވެރިޔާ ޝިފާއު މިހާ ރެޑީވެގެން އައިސް ދޭ ސްޕީޗްގެ އަޑު އިވި ގާޒީ ވެސް ހަމްދަރުދީވެ ތި ކުށަށް މާފުދީ ގެއަށް ނުފޮނުވައިފީއްޔާ ރަނގަޅު. މީނަވެސް ވެދާނެ ހަމައެކަނި މިކަންކަން ރާވާ ޕްލޭންކުރުމުގައި އުޅުނު މީހަކަށް. އަމަލީ ގޮތުން ކަމެއް ކުރި ކަމަކަށް ކޯޓަކަށް ސާބިތުނުވާނެ.