އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ފޮނުވައިލުމަށްޓަކައި ފުލުހުންގެ ލޯންޗަށް އަރުވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
13 ޖުލައި 2025 - 16:59
އއ. މާޅޮހުގައި ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން ރޭ މަރުވި އަބްދުއްރަހަހުމާން އާދަމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން މީގެ އިރުކޮޅެއް ކުރިން މާލެ ފޮނުވާލައިފި އެވެ.
މި ރަށު އޯކިޑްމާގޭ އުމުރުން 65 އަހަރުގެ އަބްދުއްރަހުމާންގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ އޭނާ ނިދާފައި އޮއްވައި ރޭ ދަންވަރު ދޭއް ޖަހަން އުޅެނިކޮށެވެ. ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް ރޭ ފަތިހު އަބްދުއްރަހުމާން ވަނީ މަރުވެފަ އެވެ.
ޕޯސްޓްމޯޓަމް ހެދުމަށް ގެންދިޔަ އާދަމް މުހައްމަދުގެ ހަށިގަނޑާ އެކު އާއިލާގެ ބައެއް މީހުން މާލެ ދިޔަ އެވެ. ނަމަވެސް އާއިލާ އިން ބުނެފައި ވަނީ އޮޓޮޕްސީ ހެދުމުގެ ބަދަލުގައި ބޭނުންވަނީ ހަށިގަނޑު އަވަހަށް ވަޅުލާން ކަމަށެވެ.
އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ފޮނުވައިލުމަށްޓަކައި އެމްބިއުލާންސަށް އަރުވަން ގެންދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
"އަޅުގަނޑުމެން ތަހުގީގަށް ހުރަސް އަޅަނީކީއެއް ނޫން. އެކަމަކު އެއީ ހަށިގަނޑަށް ދެވޭ އިތުރު ގެއްލުމެއް ކަމަށް ބެލެވޭތީ ބޭނުން ނުވަނީ އެކަން ކުރަން،" އާއިލާ އިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އަބްދުއްރަހުމާންގެ މަރާ ގުޅޭ ގޮތުން މާޅޮހުގެ ރައްޔިތުން ޝައްކުގެ އިނގިލި އެއްވެސް މީހަކަށް އަދި ދިއްނުކުރެ އެވެ. ފުލުހުން އަދި އެއްވެސް ތަފުސީލެއް ނުދެ އެވެ. އަބްދުއްރަހީމް ދިރިއުޅެނީ އަންހެނުން ނާޒިމާ އިބްރާހިމްގެ ގޭގަ އެވެ. އެ ގެ ވަނީ އަދިވެސް ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ތިން ކުދިންގެ ބައްޕަ އަބްދުއްރަހުމާންގެ ދެމަފިރިން ގޭގައި އުޅެނީ އެކަންޏެވެ. ކުދިން ދިރިއުއުޅެނީ މާލޭގަ އެވެ.
އަބްދުއްރަހުމާންގެ ހަށިގަނޑާ އެކު ފުލުހުންގެ ލޯންޗު މާލެ އަށް ދަތުރުކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އަބްދުއްރަހުމާނާއި އަންހެނުން ނާޒިމާ އާންމުކޮށް ނިދަނީ ދެ ކޮޓަރީގައި ކަމަށް ވާއިރު، އަބްދުއްރަހުމާނަށް ކަމެއް ވި ކަން އެނގުނީ ފާހާނާއަކަށް ދިއުމަށްޓަކައި އަބްދުއްރަހުމާންގެ ކޮޓަރިއަށް ވަން ވަގުތުގައި ކަމަށް ނާޒިމާ "މިހާރު" އަށް ބުންޏެވެ.
އޭރު އަބްދުއްރަހުމާން ދިޔައީ "މަރަށް ތެޅެމުން" ކަމަށާއި ހޭވެރިކަމެއް ނެތް ކަމަށް ނާޒިމާ ބުންޏެވެ.
ނާޒިމާ ބުނިގޮތުގައި، އެ ގެ އަށް ވަން މީހާގެ ފައިގެ ނިޝާން ގޭގައި ލާފައިވާ ދޮންވެލިގަނޑު ވެސް ފެންނަން ހުއްޓެވެ.
"ގުންފައި ޖަހާފައި ވަދެފައި ހުރީ،" ނާޒިމާ ބުންޏެވެ.
މާޅޮހަކީ ކުށް މަދު ރަށަކަށް ވާތީ މި ރަށުގެ އެހެން މީހުންނެކޭ އެއްގޮތަށް އަބްދުއްރަހުމާންގެ ދެމަފިރިން ވެސް ނިދަނީ ގެ ތަޅުނުލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަހުމަދު.....
14 July 2025
އޯޓޮޕްސީ ހަދަން އާއިލާއިން ބޭނުން ނުވަނީ މިގައުމުގަ ޢިންސާފު ނުލިބޭނެތީވެ.
އެކޮއި
14 July 2025
މީދެން ހާދަ ދެރަވެއްޖެކަމެކޭދޯ! ކަނޑައެޅިގެން އެބައެނގޭ އަނިޔާތަކެއްދީގެން މަރުވީކަން. އަދި އެއީ އަމިއްލައަށް ބޮލުގައި ތަޅައިގެން އަމިއްލައަށް ކުރެވޭނެކަމެއްނޫންކަންވެސް އެބައެނގޭ. އެހެންވީއިރު ނަޢަމްސޫފި ކަތިލާ ކޮށާމަށާ ބީދައިން ޕޯޓްމޯޓަމް ހެދުމުގެ ބަދަލުގައި އެކަން ކުރިބަޔަކު ނުވަތަ މީހާ ހޯދަން މަސައްކަތްކުރުމެއްނޫންތޯ އޮތީ؟ މިފަދަ ކޮންމެ މަރެއްގައި އެތައްޚަރަދެއްކޮށްގެން އެހުރިހާ ސަކަރާތެއްޖަހައިގެން ނަތީޖާ އަންނަނީ ސުމަކުން. މީ ދެރަ ކަންތައް.
ވަރޗުއަލް އޮޓޮޕްސީ
13 July 2025
ގުންފައި ޖަހާފަ ގެއަށްވަދެ މީހަކު މަރާފަ ގުންފައި ޖަހާފަ ގެއިން ނުކުމެދިއައިމަ، ރަށު މީހުން ގުންފައި ޖަހާފަ މިރަށުމީހުންހާ މާތްބައެއް ނުތިބޭނެކަމަށް ދައުވާކޮށްފި، އަދި ޢާއިލާމީހުން ޤާތިލު ހޯދަން ބޭނުންުނުވަންޏާ އަދި އޮޓޮޕްސީ ހަދަން ބޭނުން ނުވަންޏާ ކީއްކުރަންތޯ ގުންފައި ޖަހާފަ ހަށީގަނޑު ހިފައިގެން މާލެއައީ. ސިއްރު ސިއްރުން ވަޅުލިނަމައެއްނު. މީ ކީއްވެފަ ތިބޭ ބަޔަކު އުޅޭ ޤައުމެއްތަ. ނަސީބެއްނު އޭނާ އަމިއްލައަށް މަރުވިއްޔޭ ރަށު ރައްޔިތުން ނުބުނިކަން
ރަދީފްއޮފިޝަލް / ގުންފައި
14 July 2025
އާއިލާ ބޭނުން ނުވިޔަސް ދައުލަތުން މޯޓަމް ހަދަން ބޭނުންނަމަ ހެދޭގޮތަށް ގާނޫނުތަކަށް އެމެންޑްމެންޓެއް ގެނައިހެން ހީވޭ.
ގާނޫނު
14 July 2025
ޤާނޫނީ މީހުންނެއްނޫނޭ ތިބުނާ ގާނޫނުތައް ހަދަންތިބެނީކީ. އެހެންވީމާ ތިކަހަލަ ކިތަންމެ ކަމެއް ކުރިމަތިވާނެ
އޮޓޮޕްސީ ހެދުން މުހިއްމު
13 July 2025
އޯޓޮޕްސީ ނުހެދުމަކީ ވަރަށް ދެރަކަމެއް. ފުރާނަނެތް ހަށިގަނޑަށް އިތުރަށްވާނޭ ތަދެއް އަދި ގެއްލުމެއް ނޯންނާނެ، ޤާތިލު ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. އޭނާ އެހެން މީހަކު މަރަން ފުރުޞަތު ދީގެންނުވާނެ. މިކަހަލަ މަރުތަކުގައި، ދައުލަތުން ގޮްތް ނިންމާގޮތަށް ހެދުން ރަނގަޅީ. މިސާލަކަށް މިކަހަލަ ކަމެއްކުރީ ޢާއިލާގެ ތެރެއިން ނުވަތަ އޮޓޮޕްސީ ހެދުމާމެދު ގޮތް ނިންމަންހުރި މީހަކު ކަމުގައި ވެއްޖެއްޔާ އިންސާފު ހޯދާނީ ކިހިނެއް. އަލުން ވިސްނާލާ
ރަދީފްއޮފިޝަލް / ތަޅު
13 July 2025
ދެން އެއްވެސް މީހަކު ގޭގެ ދޮރު ތަޅުނުލައި ނުތިބޭނެ.ކިތަންމެ ޕީސްފުލް ކޮމިއުނިޓީއެއް ވިޔަސް ދޮރު ތަޅުނުލައި ތިބުން އެއީ ރަނގަޅު ކަމެއް ނޫން.އަހަރެން ގޭގަ ނިދަނީ ރޫމް ވެސް ތަޅުލައިގެން.
އަށްކޮ
13 July 2025
އަނެއްކާ އަނެއް މަރު ފުލުހުން ޕޯސްމޯޓަމް ހަދާނެ ކުއްވެރިޔާ ރަށުން ފައިގެން ފިލަން ޗާންސް ވެސްދޭނެ. ގުރިޑް ސާރޗް ޕްރޮޓޮކޯލް ފޮލޯވެސް ނުކުރާނެ. ޕަބްލިކް ސިޓީ މީޑިއާތަކުން ކަވަރަޕް ސުޓޯރީއިން މިމަރުވެސް ނިމާލާނެ. މީދިވެހިންގެ ހަގީގަތް....
ސަވީލާ
13 July 2025
އޮޓޮޕްސީ ހެދިޔަސް ތިކަން ކުރިމީހަކު ދިވެހި ފުލުހުންނަށް ނުހޯދޭނެ. އާއިލާއާ މައްޔިތާގެ ޓައިމް ވޭސްޓު ނުކޮށް އަވަހަށް ވަޅުލާ
ޢިންސާފުބެ
13 July 2025
ޢެހެންވިއްޔާ ކަލޭމެން މާދަން އިންސާފު އޭ ކިޔާފަ ނުހޭރޭތި. ޢޮޓޮޕްސީއަކީ މެރީ ކާކުތޯ ހޯދަން ހަދާ އެއްޗެއް ނުން. ޢެެ ހަމަލާއާއި މަރާ ގުޅޭ ލައްކަ އެއްޗެއް އިނގޭނެ ރަނގަޅު އޮޓޮޕްސީއަކުން.