އަބްދުއްރަހުމާންގެ މަރުގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ތިން މީޙުން (ކ-ވ) ފާރިސް، އާޝިދު އަދި ވިސާމް
21 އޯގަސްޓް 2025 - 12:59
އއ. މާޅޮހު، އޯކިޑްމާގޭ އަބްދުއްރަހުމާނަށް މިދިޔަ ޖުލައި 12 ވަނަ ދުވަހުގެ ރޭ ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި އެކަކު، އަބްދުއްރަހްމާނަށް ހަމަލާދީފައި އޮތްކަން މީހުންނަށް އެނގުމުގެ މާ ކުރިން އަބްދުއްރަހްމާންގެ ދަރިއަކަށް ގުޅާފައި އޮތް ކަމަށާއި ގުޅީ ކީއްކުރަންތޯ އެހުމުން އެއީ ގޭދޮށަށް މީހުން އެއްވެގެން އުޅޭތީ ވެގެން އުޅޭ ގޮތެއް ބަލަން ކަމަށް ބުނެފައިވާކަން އެނގިއްޖެ އެވެ.
އަބްދުއްރަހްމާނަށް ހަމަލަދީފައި އޮތްކަން އެންމެ ފުރަތަމަ އެނގުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ.
އެނގިފައިވާ ގޮތުގައި، ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން މާޅޮހު، ފިނިވާގޭ އަހުމަދު ފާރިސް، 28 ވަނީ އެ ރޭ އަބްދުއްރަހްމާންގެ ދަރިއަކަށް ގުޅައިފަ އެވެ. އެކަމަކު، އެއީ އަބްދުއްރަހްމާންގެ ދަރިއަށް ގުޅާ މީހެއް ވެސް ނޫން ކަމަށާއި ކޯލް މިސްވެފައި އޮތުމުން ފަހުން ގުޅުމުން އޭރު ގުޅީ ގޭދޮށަށް މީހުން އެއްވެގެން އުޅޭތީ ވެގެން އުޅޭ ގޮތެއް ބަލަން ކަމަށް ބުނި ކަމަށް ވެ އެވެ.
އަބްދުއްރަހުމާންގެ ތިން ކުދިން ވެސް އެ ދުވަސްވަރު އުޅުނީ މާލޭގަ އެވެ.
މިހާތަނަށް އެނގިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މި މައްސަލައިގެ ތުހުމަތުތައް ހައްޔަރުކުރީ މާޅޮހުގެ ތިން މީހުން ކަމަށްވާ ފިޔަ، އަހުމަދު އާޝިދު 28، އާއި ފިނިވާގޭ، އަހުމަދު ފާރިސް 28، އަދި ލިލީފެހި، މުހައްމަދު ވިސާމް، 23 އެވެ.
ވަރަށް ގާތްކޮށް ރަށުތެރޭގައި އުޅޭ އެ ތިން ޒުވާނުންގެ ތެރެއިން ފާރިސް، އަބްދުއްރަހުމާންގެ ގޭދޮށަށް މީހުން އެއްވެގެން އުޅޭތީ ކަމަށް ބުނެ ގުޅި ވަގުތަކީ އަދި ހަމަލާ ދިންކަން މީހުންނަށް އެނގުމުގެ މާ ކުރި އެވެ.
މާޅޮހުގައި ނިދާފައި އޮއްވައި ހަމަލާ ދިނުމުން މަރުވި އަބްދުއްރަހްމާން އާދަމް.
އެހެންވެ، ތަހުގީގުގައި އެ ސުވާލު ކުރިމަތިކޮށް ފާރިސްއާ ދިމާލަށް ފުލުހުންގެ ފޯކަސް ވަކި ހިސާބަކުން ބަދަލުވި އެވެ.
ފުލުހުން ވަނީ އާޝިދު އާއި ފާރިސް އަދި ވިސާމްގެ ގެ ވެސް މި މަހުގެ ކުރީކޮޅު ފާސްކޮށް، އޭގެ ތެރެއިން އެކެއްގެ އަންނައުނު ފަދަ ތަކެތި ގެންގޮސްފަ އެވެ.
އުމުރުން 65 އަހަރު ވެފައި ވިޔަސް މާޅޮހުގައި ޖާނުން އެންމެ ވަރުގަދަ މީހާ ކަަމަށް އެންމެން ވެސް ބުނާ އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި ފެނުނު ރޭ ދަންވަރު ވެސް އެ ތިން ޒުވާނުން ރަށުތެރޭގައި އުޅުނު ކަމަށްވެ އެވެ. އަދި އަބްދުއްރަހުމާންގެ ކުއްޖަކަށް ގުޅި ކަމަށް ބުނާ ފާރިސް އޭރު ހުންނާނީ ޑިއުޓީގަ އެވެ.
ފާރިސްގެ ވަޒީފާއަކީ ފެނަކައިގެ ފެން ޕްލާންޓު އޮޕަރޭޓް ކުރުން ކަމަށް ވާއިރު ފެނަކަ ބްރާންޗުން ނުކުންނައިރު އަބްދުއްރަހުމާންގެ ގެ ފެންނާނެ އެވެ. އަބްދުއްރަހުމާން ނިދާފައި އޮތީ އަންހެނުން ނާޒިމާގެ ގެ މާހިޔައިގަ އެވެ.
އަބްދުއްރަހުމާން ދިރިއުޅޭ މާހިޔަގެ ހުންނަ ސަރަހައްދު ބަންދުކޮށްފައިވާއިރު ފޮރެންސިކް ޓީމުގެ މީހުން އެ ސަރަހައްދުގައި މިދިޔަ މަހު ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ "މިހާރު" ގެ ނޫސްވެރިންނަށް ކުރިން ކިޔައިދީފައިވާ ގޮތުން ނަމަ ފިރިމީހާ އަށް ހަމަލަދީފައި އޮތް ކަން އެނގުނީ ފާހާނާއަކަށް ވަންނަން އެ ކޮޓަރި އަށް ވަން ވަގުތުގަ އެވެ. އެއީ އެ ރޭގެ ދަންވަރު އެކެއް ޖަހާކަންހާއިރު ކަމަށް ނާޒިމާ ބުނެފައި ވެ އެވެ. އެއާ އެކު، ނާޒިމާ އެންމެ ފުރަތަމަ ގުޅީ އާއިލާގެ ބައެއް މީހުންނަށެވެ. ރަށުގައި އުޅޭ އެކަކަން ވެސް ނުގުޅާ ކަމަށް ވެ އެވެ.
އަބްދުއްރަހުމާންގެ ތިން ކުދިންގެ ތެރެއިން ރަށުގައި ދިރިއުޅޭ ހަމައެކަނި ދަރިފުޅު ނިމާލް ވެސް އެ ދުވަސްވަރު ހުރީ މާލޭގަ އެވެ. އަދި ނިމާލްގެ އަންހެނުން ވެސް އުޅުނީ އުފަން ރަށް އުކުޅަހުގަ އެވެ.
މާޅޮހުގެ ފިހާރައެއްގެ ސީސީޓީވީގެ މެމަރީ ކާޑު ފުލުހުން މިދިޔަ މަހު ނަގަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އަބްދުއްރަހުމާނަށް ދިން ހަމަލައާ ސިހުރާ ވެސް ބައެއް މީހުން ގުޅުވަ އެވެ. "މިހާރު" އާ ކުރިން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ ރަށުގެ ފިހާރައެއްގެ ކެމެރާ ހަރުކުރަން ޖެހުނު މައިގަނޑު ސަބަބަކީ ވެސް އެފަދަ ތުހުމަތުތަކެއް ކުރެވުމުންނެވެ. އަދި ކެމެރާ ހަރުކުރި ފަހުން އަބްދުއްރަހުމާންގެ އެ ގޭގެ ކެމެރާއަށް އަރާފައިވާ ކަމަށް ރަށުތެރޭގައި ބައެއް މީހުން ވާހަކަ ދައްކާފައިވެ އެވެ.
އެކަމަކު، އަބްދުއްރަހުމާނާއި ސިހުރާ ގުޅުވައިގެން ދައްކާ ވާހަކަތައް މާޅޮހުގެ ގިނަ މީހުން ގަބޫލު ނުކުރާ ކަމަށްވެ އެވެ. ބައެއް މީހުންނަށް އެ ވާހަކަ އިވުނީ ވެސް މި ފަހަރު އެކަނި ކަމަށް ބުނެފައި ވެ އެވެ.
މާޅޮހުގައި އަބްދުއްރަހުމާން ދިރިއުޅުނު މާހިޔަ ސަރަހައްދު ބަންދުކޮށްގެން ފުލުހުން މިދިޔަ މަހު ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އަބްދުއްރަހުމާންގެ މަރުގެ މައްސަލައިގައި ތުހުމަތަށް ތިން މީހަކު ހައްޔަރުކުރި ކަން ފިޔަވައި އިތުރު އެއްވެސް ވާހަކައެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އާންމުކޮށް އެހެން ރަށްރަށުގެ މަސްދޯނިތަކުން މަހަށް ގޮސް އުޅޭ އަބްދުއްރަހުމާނާ އެއްވެސް މީހަކާ އެއްވެސް މައްސަލައެއް އޮތް ކަމަށް އެނގިފައި ނެތް ކަމަށް މާޅޮހުގެ މީހުން ބުނެފައި ވެ އެވެ. އަދި މާޅޮހުގެ ގިނަ މީހުން ގަބޫލުކުރަނީ އެއީ ފަހަކަށް އައިސް ކުށް ކުރުން ހަމަ އެއްގޮތަކަށް ވެސް ނެތް ރަށަކަށް ވާއިރު، މީހަކު މަރާލަން ހަމަލަދޭން ކެރޭ ވަރުގެ މީހަކު މާޅޮހުގައި ނުހުންނާނެ ކަމަށެވެ. އެހެންވެ، މާޅޮހުގެ ގިނަ މީހުން ގަބޫލު ކުރަމުން އައީ އަބްދުއްރަހުމާނަށް ހަމަލަދިނީ އެހެން ރަށެއްގެ ބަޔަކު ދަންވަރު މާޅޮހަށް އަރައިގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އއ. މާޅޮހު ކުއްޖެއް
22 August 2025
މާޅޮހު މީހުންވެސް ކުރާނެ...އެއީވެސް އިންސާނުން...ރުޅިވެސް އަންނާނެ...އެ ރެއިން ފެށިގެން މުޅިރަށުގަވެސް 3 ކުދިންގެ ވާހަކަ ދައްކާ...އެކަމަކު ކައުންސިލުންނެއް ނުބުނާނެ ދޯ އެއީ ރަށުބައެއް ކުރި ކަމެކޭ..ތިއީ ކޮން މައްސަލައެއް ކިހިނެއް އޮތް ކަމެއްކަން ނޭނގޭ އެއްވެސް މީހަކުވެސް މާޅޮހުގަ ނޫޅޭނެ..
ފަތީން
21 August 2025
މިކުދިންގެ މައިންބަފައިން މިކުދިންގެ ދިފާއުގައި ނުކުންނާނެ އަދި ބުނާނެ އެކުދިން އެރޭ އިރު އޮއްސުނިއްސުރެ އިރުއަރަންދެން އޮތީ ތިމަންނަމެން އުނގުގައި ބޯއަޅައިގެން އޮނަސައްތަ އިސްމު ކިޔަވާށޭ. ހަމަ އެގޮތަށް ސިހުރު ހަދާ މީހުންގެ އާއިލާ ތަކުންވެސް އެބައިމީހުން ސިހުރު ހަދާކަން ގަބޫލް ނުކޮށް އަދި އެކަން އެނގިހުރެ ސިހުރުވެރިން ދިފާޢު ކުރުން ނޫން ކަމެއް ނުކުރޭ.
އެކްސިް
21 August 2025
މި ނޫހަށް އިންޓަވިއު ދިން ތިރަށު މީހުން ވަރަށް ކިއި ދޯ ތިރަށު މީހުން މިކަހަލަ ކަމެއް ނުކުރާނޭ.
ޗުމްބުޅާއަބުދު
21 August 2025
ކާކު ކޮންބައެއް އެބަޔަކުގެ ގޯސްވާހަކަ އަމިއްލަޔަށް ވަރަށް މަދު ފަހަރަކު ނޫނީ ކިޔާދެނީ. ވަގުކަލޭ ވައްކަމުގެތެރޭގައި އުޅެނިކޮށް ހިފެހެއްޓިއަސް މިބުނަނީ ނުކުރަމޭ މަށެއްނޫނޭ.
އަސްލުގ
21 August 2025
ބޮލަށް ވަޅިހަރައިގެ ނިޔާވީމަ އޮޓޮޕްސީ ރިޕޯޓުން ދައްކަނީ ބޮލަށް ލިބުނު އަނިޔާއިންނޯ ނިޔާވީ.... އޮޓޮޕްސީގެ ބޭނުމަކީ ކޮބައި ؟
ބޭނުންބެ
21 August 2025
ފުލުހުން ކަލޭމެން ކައިރީ ނުބުނަނީ. ޢޮޓޮޕްސީން މަރުވި ގޮތް އެކަނި ބުންޏަސް ނުބުނާ ބައިވަރު ކަންކަން ހުރޭ. މިސާލަކަށް މައްޔިތާގެ ހަށިގަނޑުގެ އެއްވެސް ތަނަކުން އިތުރު މީހެއްގެ ޑީއެންއޭ ނެގޭނެ އިސްތަށްތެއް ނުވަތަ ހަންކޮޅެއް ފެނުން. މިކަހަލަ އެއްްޗެހި ނުބުނަނީ އެބަޔަކަށް އެ ބަޔަކު ބެދޭ މަޅި ނާންގަން. ކަލޭ ފިލްމު ބަލާ ނަމަވެސް މިވަރު އިނގޭނެ.
އޮޓޯސީ
21 August 2025
ބޭފުޅާ ހީކުރީ ލޮލުގެ ކެމެރާ ފުޓޭޖް ލިބޭކަމަށްތަ އޮޓޮޕްސީ ހެދީމަ؟
ސަހަލު ރަށެއް މީހެއް ނެތް
21 August 2025
އެ ރަށު މީހުން މިހާރު ހިނގަނީ އިސްދަށަށް ޖަހައިގެން
ކަންމަތީ ހުސޭނު
21 August 2025
ތިއީ ވަރަށްބޮޑު އޮޅުމެއް. ފުލުހުން ހޯދުންތަށް ގޯސް. ކައުންސިލުން އެބުނަނީ 100% އަލިފުން ދިރިއުޅޭ ރަށެކޭ. ފަތްބޯމީހެއް، ސިހުރުހަދާމީހެއް، ޒިނޭކުރާމީހެއް، ހަސަދަވެރިއެއް، ވައްކަން ކުރާ މީހެއްވެސް ނޫޅޭނެ. ތިރަށުގެ މީހުންގެ ދުލުން ޒިކުރު ބަސްފިޔަވާ އެއްވެސް ބަހެއް އަޑުނީވޭހާ ބަސްމަގު ރަނގަޅު ރަށެއް. ޔަގީން ކައިރީގަ އޮންނަ ނުބައި ރަށެއްގެ ބަޔެއްކުރި ކަމެއްކަން.
ހާމަަ
21 August 2025
ރައްޔިތުންނާ ނޫސްވެެރިން މިކަހަލަ ހާދިސާތަކާ ގުޅުވައި ކިތަންމެ ހަޅޭކެއް ލެވިޔަސް، ހާދިސާއާ ގުޅޭ މައުލޫމާތުތައް ހިނދުންހިނދަށް ހާމަަކުރަމުން ދިޔުމަކީ އެންމެ ރަނގަޅުގޮތް ކަމުގައިި ނުދެކެން. އެހެނީ އޭގެ ސަބަބުން ކުށްވެރިޔާއަށް ލިބޭ އެތައް މޮޅެއް އޮންނާނެ. ޕޮލިހުން މިކޭހުގައި ކަންކުރީ ބަރާބަރަށް. ހުރިހާ ކަމެއް ޔަގީން ކުރެވުނީމާ، ކުށްވެރިން ހައްޔަރު ކުރެވުނީމާ ދެެން އެހިސާބަށް ވާވަރަށް މައުލޫމާތު ހާމަކުރަންވީ.
ކުއްޖާގެ
21 August 2025
އަނެއް އެތިފަހަރު. ބަލަ ކެލޭމެންނަށް ރަގަޅު އެއްވެސް ގޮތެއް އެބަ އޮތްތަ.
ކިރުސައި 2.0
21 August 2025
100% އަލިފުން އުޅޭ ރަށެއްކަމަށް ބުނި މާޅޮހުން 3 ބާ ފެނިއްޖެ.
އ
21 August 2025
ސިހުރު ހަދައޭ ކިޔާފަ މީހެއްގެ ފުރާނަ ނަގަންޖެހޭއިރު ސިހުރު ހަދަން ކިޔެވި ފޮތެއް ސުކޫލެއް އެނގޭކަށެއް ނެތް... ވިސްނާލުން ރަނގަޅު.. ހައްދުފަހަނަ އަޅައި ދިއުމުގެ ކުރިން...
އަހުމަދު3353
21 August 2025
ދީނީގޮތުން ހައްދުފަހަނައަޅައި ދިޔައީމަ ވާގޮތް ތީ.. އަދިވެސް ތިބޭ ގަބޫލުނުކޮށް... މިހާރު ރާއްޖޭގައި އެބައުޅެ 'އެމީހަކީ މިވެނިމީހެކޭ ގަތުލުކުރުން ހައްގޭ' ފަސްނުޖެހެ ކިޔާމީހުން. މާލޭން ހަރުކަށި ފިކުރު އެކްސްޕޯޓްކުރުން ހުއްޓުވަން
އެޑްމުންޑޯ
21 August 2025
ވާނުވާ ނޭގުނަސް ކޮންމެ ކަމެއްވެސް ދީނާ ގުޅުވައިގެން ނަފްރަތު އުފެއްދޭތޯ ބަލާތި ، ތިއީ ޔަހޫދީންގެ ސިފަ އެއް