ފޭކް ސްލިޕް ފޮނުވައިގެން ހައްޔަރުކޮށް މިހާރު ދޫކޮށްލާފައިވާ ޒައިދާން މުހައްމަދު ހާޝިމް، 28، އަދި އަފްރިން އަކްތަރު، ބަންގްލަދޭޝް ،30،--
14 ޖުލައި 2025 - 12:23
ފައިސާ ފޮނުވި ކަމަށް ދެއްކުމަށް ފޭކް ސްލިޕްތައް ފޮނުވައިގެން ގިނަ އަދަދެއްގެ މުދާ ހޯދުމުގެ ތުހުމަތު އޮންނަ ޒައިދާން މުހައްމަދު ހާޝިމާއި އޭނާގެ އަންހެނުން އަތުން ބައެއް ފައިސާ ހޯދުމަށްފަހު އެ މީހުން ބަންދުން ދޫކޮށްލައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ޒައިދާން އާއި ބަންގްލަދޭޝަށް ނިސްބަތްވާ އޭނާ އަންހެނުން އަފްރިން އަކްތަރު މިދިޔަ މަހު ބަންދުކުރީ 15 ދުވަހަށެވެ. އެއީ އޭނާގެ އަންހެނުން ބައިވެރިކޮށްގެން ފިހާރަތަކަކަށް ފޭކް ސްލިޕް ފޮނުވައިގެން 36،000ރ. މުދާތަކެއް ނެގި މައްސަލައެއްގަ އެވެ.
އޭގެކުރިން މިދިޔަ މެއި މަހު ޒައިދާން ހައްޔަރުކުރީ 9،000ރ. ގެ ފޭކް ސްލިޕް ފޮނުވައިގެން ރެސްޓޯރެންޓަކުން ކާބޯތަކެތި އޯޑަރުކުރި މައްސަލައެއްގެ ތުހުމަތުގަ އެވެ. ފުލުހުން ބުނީ ޒައިދާންގެ ދެމަފިރިން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކުގައި ގެއްލުންވި 80،000 އަށް ވުރެ ގިނަ ރުފިޔާ ވެރިފަރާތްތަކަށް އަނބުރާ ހޯދައި ދިނުމަށްފަހު އެ ދެ މީހުން އިތުރަށް ބަންދުކުރަން ނުފެންނާތީ މިހާރު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
ޒައިދާން--
ފުލުހުން ކުރިން ބުނެފައިވަނީ ސައްހަ ނޫން ސްލިޕް ފޮނުވައިގެން މާލޭގައި ހުންނަ ދެ ފިހާރައަކުން ޒައިދާން މުދާ ހޯދި ކަމަށެވެ.
މަކަރާއި ހީލަތުން ހޯދި ތަކެތި ވެއްދީ، ފުލުހުން ބުނެފައިވާ ގޮތުގައި ހިޔާ ފްލެޓުގައި އޭނާ ކުއްޔަށް ހިފާފައިވާ ދެ އެޕާޓްމަންޓަކަށެވެ. އެ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނުމުން ފުލުހުން ވަނީ އެ ދެތަނަށް ވަދެ ގިނަ އަދަދެއްގެ މުދާ އެތަނުން ހޯދައިފަ އެވެ.
ޒައިދާން މަކަރާއި ހީލަތުން މުދަލާއި ފައިސާ ހޯދި ކަމަށް ތުހުމަތު ކުރެވޭ 11 މައްސަލައެއް މިހާރު ވެސް ތަހުގީގު ކުރަމުން އަންނައިރު، އޭނަގެ މައްޗަށް ތުހުމަތު ކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށްދެ އެވެ.
ފޭކް ކުންފުންޏެއްގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ނެގި މައްސަލައެއްގައި 2022 ވަނަ އަހަރު ވެސް ޒައިދާން ހައްޔަރުކުރި އެވެ. އަދި އޭގެ ފަހުން މަކަރާއި ހީލަތުގެ އެކި މައްސަލަތަކުގައި އޭނާ ހޯދަން ފުލުހުން އިއުލާނު ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސާބަސް
15 July 2025
މި މީހުން ދޫކޮއްލާ ގާޒީންނަށް ބުނެލަން... ހެއްދެވި ފަރާތައް ބިރުވެތިވޭ.
ގާސިމް
14 July 2025
އެންމެނޭ ރައްކާވެތޮބޭ. މިދެމަފިރިންނާ ވައިވެސް ނޭޅޭތި
ކުރިޔަށް
14 July 2025
އަޖައިބެއް ނުވާނެ! ހަމަ! ކުރީ ކުށެއްވެސްނޫން! ޙުކުމެއް އަދަބެއްނެތް!
ދިވެހިބިން
14 July 2025
ދިވެހިންގެ ރާއްޖެކަމަށް ހީކޮށް މިދެވުނީ ވަގުންނާ ލޫޓުމާރީންގެ ރާއްޖެއައްތާ!
ހޯލި
14 July 2025
ދެމަފިރިންގެ މަސައްކަތައިގެން ކުރިޔަށް ދާށެވެ. ސުވާލަކީ ދެމަފިރިންގެ ތިޔަކުރަށްވާ "ހިކުމަތްތެރި" މަސައްކަތުގެ ހިއްސާއެއް އެހެން އެއްވެސް ފަރާތަކަށް ދޭތޯއެވެ. މިވަރުން ފުއްދާލާނަމެވެ.
ބެއްޔާގެ ދަރި
14 July 2025
ތިޔަހެން ކުރިން ފަހަރު ވެސް ބަންދުގައި ބޭތިއްބުމުގެ ބޭނުމެއް ނެތޭ ކިޔާފައި ދޫކޮށްލީމާ ގޮސް އަނެއްކާ އަނެއް ބަޔަކަށް ދޯކާ ދިނީ. އަޅެ އެހެންވީމާ ބޭނުމަކީ އެކަން އެ މީހުން ލައްވާ ކުރުވުންބާ
ސަނީސައިޑްބޮންޑް
14 July 2025
ނަސީބެއް ޒައިދާނު ފޭކްސްލިޕުން ރިހާކުރުފުޅިއެއް ވަގަށް ނުނެގިކަން. އެހެންނަމައެސޮރަށް 10 އަހަރުގެ ހުކުމެއްއައިސް.
ފަސްމާމުލު
14 July 2025
ކެމްޕޭނު މެނޭޖަރުންނަށް ލާފަ ތިބީ މިކަހަލަ ހޭލުންތެރި ކުދިން މިފަހަރު
ވާ ނު ވާ
14 July 2025
ދޫކޮއްލާނެ މިހާރު ހުރިހާ މޮޅެއް އޮތީ އެކަހަލަ ކަންކަން ކުރާމީހުންނައް މިކަމުގަ ފުލުހުންވެސް ވަރުބަލިވެއްޖެ ކަމައް އަޅުގަނޑު ގަބޫލުކުރަނީ. އެއީ ހަމަ ތިކަހަލަ މައްސަލައެއް އޅުގަނޑު ހުށައެޅިން މީގެ ތިންމަސްކުރިން ފޮޓޮޔާ ވީޑިއޯޔާ އެއްކޮން އަދި މައްސަލަ ހުށައަޅަމުންވެސް ބުނިން އަޅުގަނޑުމެންގެ ކެމެރާސިސްޓަމުގަ ހުންނާނޭ އެމީހުންގެ ވީޑިއޯ އެކަމަކު އަދި އެވީޑިއޯ ޗެކްކޮށްލަންވެސް ނާދެ މައްސަލަ ހުށައެޅުމުން މައްސަލަ ރަޖިސްޓްރީވި ކަމައް މެސެޖްއެއް ލިބުނު
ޙަކީމ
14 July 2025
އަނެއްކާ ވެސް ދެމަފރީން ވެގެން ވަގު ވިޔަފާރި މެކްހަށް. ކުރި ކުށް ސާބިތު ވީމަ ވެސް އެޅި ފިޔަވަޅެއް ނެތް އަތުން ލާރި ކޮޅެއް ލިބުނީމާ ދޫކޮށްލި އިރު އަދި ވެސް މީނަ ޝާމިލް ވާ/ ތުހުމަތު ކުރޭވޭ މައްސަލަތައް ބަލާ ކޯޓް މަރުހަލާގަ ވަނީ. ދެން މުޖުތަމައަށް ދޫކޮށްލަން ޖެހުނީ ކީއްވެ؟ ވަގު ވިޔަފާރި ކުރަން އިތުރު ހިތްވަރެއް ތި ދެނީ. އާއުކުޅު ތަކާ އެކު ވައްކަން ކޮށް ހަރާމް ތަކެތި ކައިގެން އަރާމް ދިރުއުޅުން އުޅެންވީ...