17 ޖުލައި 2025 - 17:31
ހުޅުމާލޭގެ ވިނަރެސް ޓަވަރުގެ މަތިން މިއަދު ހަވީރު ވެއްޓުނު ޒުވާނާ ނިޔާވެއްޖެ އެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިމާރާތެއްގެ މަތިން 18 އަހަރުގެ ދިވެއްސަކު ވެއްޓިގެން ފަރުވާ ދިނުމަށް ހަވީރު 4:30 ހާއިރު އެ ތަނަށް ގެންދިޔަ ކަމަށެވެ.
ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ ޒުވާނާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ސީޕީއާރު ދީގެން ވެސް ކުރިއެރުމެއް ނުލިބުނީމަ މީގެ ކުޑައިރުކޮޅެއް ކުރިން މަރު ޑިކްލެއާ ކުރީ." އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މީގެ ކުރިން ވިދާޅުވީ ވިނަރެސްގެ އަށް ވަނަ ޓަވަރުން ފިރިހެނަކު ވެއްޓިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް، މައްސަލަ ތަހުގީގުކުރާތީ އެ ޒުވާނާ ވެއްޓުނު ގޮތާއި ފްލޯގެ މައުލޫމާތެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢާކިފް
18 July 2025
މިހާރަކައް އާއިސް ޒުވާނުން ދުނިޔެ ވާ ދަތިކަށް ކުރިމަތުލުމުގެ ބަދަލު ގައި އަމިއްލަ މަރު ވުން އެއީ ހިތާމަވެެިކަމެއް
ދިމޮކްރަސީގެހަލާކު
17 July 2025
މިހާރު ވެއްޖެއެންނު އުސް ޓަވަރުތައް ބިނާކުރުން ހުއްޓާލަން. ދިވެހިންގެ ނާތަހުޒީބު ސިކުޑިތައް ޤަބޫލުކުރާގޮތުގައި ތަރައްޤީއަކީ އުސް އިމާރާތްތައް. އެންމެން އެއްތަނަކަށް ޖަމާކޮށް މަގުތައްފުރިބާރުވެ ނޭވާނުލެވި އަގަޔާ އަތާ ދިމާނުވެ ކިޔަވާ ނިމޭކުދިންގެ އެއްވެސް އަހުލާގެއްނެތް، އަމިއްލައަށް ޒިންމާނަގާކަށްނޭގެ ކިޔެވިއަސް ވަޒީފާތައް ޔަޤީންވަނީ ބިދޭސީންނަށް، އަސާސީ ހިދުމަތްތައް އަތްނުފޯރާފަށުގައި. ކިހިނެތް މިތާ ދިރިއުޅޭނީ؟
ރައްދު
18 July 2025
އަދިވެސް ގިނަ މީހުން ހަމަ އެއްތަނަކަށް ޖަމާކުރަންވީ. ޥިޔަފާރިތައް ކުރިއަރައި އަތްމަތި ތިޔާގިވެ ތަރައްގީ ގެނެވޭނީ އޭރުން. މީހަކު މަރުވާ ކޮންމެ ފަހަރަކު މޮޅުވާހަކަ ތިދައްކަނީ ތިޖޫރީތެރޭގައި އޮތަސް މަރަކަށް ނުފިލޭނެ. ތަރައްގީއަކީ އުސް އިމާރާތް ނޫނޭ ބުނާއިރު އުސްއިމާރާތާއި ނުލައި ތަރައްގީ ގައުމެއްގޮތަށް ބަލަނީ ކޮން ގައުމެއް.
ވައީ
18 July 2025
ބައިލައްކަ މީހުންގެ ތެރެއިން 1 ވެއްޓުނީމާ ( 0.0002 ޕަސަންޓް) ގެ ވެއްޓުމެއް ދިމާވީމާ ބިލްޑިންގ އެޅުންތަ ހުއްޓާލަންވީ. ލޮޖިކް
ވެންގަބޯ
17 July 2025
ގަބޫލް ކުރިޔަސް ނުކުރިއަސް ހެޔޮ ފަހުޒަމާންނުގައި ގޮތްނޭނގޭ މަރުތައް ގިނަވާނެއެވެ މިހާރު ސަރުކާރުގެ ހަސްވަތާލު ތަކަށް ދިއުމުގެ ބޭނުމެއްނެތް ބަލިވެގެން ދިޔައަސް ދޭނެފަރުވާއެއް ނޭގޭ ތިބެނީ ޒުވާންޑރ 15 އަހަރުން ކިޔަވަންޖެހޭ ޑޮކްޓަރުކަން އެކަމުމިހާރު 3 އަހަރުން ޑޮކްޓަރުކަން ކިޔަވާނިމޭ ދޭންޖެހޭބޭހެއް ނޭނގޭ މިލިޔަނީ ގޫގުލް ސާރޗް ކޮށްގެން ބޭސްސިޓީީގައި ލިޔާބޭހެއް ގިނަފަހަރު ބޭސްފިހާރަ ތަކުން ނުލިބޭ ބޭހުގެ ފެންވަރު މިހާރު ވަރަށް ދައްވެއްޖެ ބަލީގާމަރުވނީ
އެހެން
17 July 2025
ކަލޭ ކީއްވެ ޑޮކްޓަރުކަން ނުކިޔެވީ، އެހާ ފަސޭހަ ނަމަ.
ސަނދަރަބޮލި
17 July 2025
ވެންގަބޯ: ކީބޯޑެއް އޮތީމަ ލިޔަނީ ދޯ ހަމަ.
ޖުނާ22
17 July 2025
ކުރީ ޒަމާނުގައި ގޮތް ނޭނޣެ މަރެއް ނުހުންނާނެ. އެހެނީ ގިނަ މަރުތައް ކަނޑާލާނީ ޖިންނިއަށް. ވީމާ އޭރު، މިހާރަށްވުރެ ބޮޑަށް ގޮތް އެނގެނީ ދޯ.
ދެރަ
17 July 2025
މުޅިހަފްތާ މިނިމެނީ މިފަދަ ހިތާމަވެރި މަރުގެ ޚަބަރުތަކުން. މަރުހޫމުންނަށް ފާފަފުއްސަވައި އާއިލާތަކަށް ކެތްތެރިކަން ދެއްވާށި! ސުވާލަކީ އެމީހުން އެއްމެފަހުން އައީ ކޮންގޭގެއަކުންތޯބެލިބާއޭ.