ދުނިޔެ / އެއާ އިންޑިއާ

އެއާ އިންޑިއާގެ ވެއްޓުނު ބޯޓުގެ އިންޖީނުން ތެޔޮ ކަނޑާލި ކަމަށް ބެލެވެނީ ކެޕްޓަން

އެއާ އިންޑިއާގެ ވެއްޓުނު ބޯޓުގެ ބައިތައް ހޯދައި މީހުންގެ ހަށިތައް ދެނެގަތުމުގެ މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

19 ޖުލައި 2025 - 00:10

11 comments

މިދިޔަ މަހު ވެއްޓުނު އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުނީ ބޯޓުގެ ދެ އިންޖީނުން ތެޔޮ ކަނޑާލި ފަހުން ކަމަށް ތަހުގީގަށް އެނގިފައި ވާއިރު އެކަން ކުރީ ކެޕްޓަން ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފި އެވެ.

ބޯއިން 787-8 ޑްރީމްލައިނާގައި ތިބި 242 މީހުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެންމެ މަރުވި ހާދިސާގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި ބޯޓުގެ އިންޖީނަށް ތެޔޮ ފޮނުވުން ކޮންޓްރޯލްކުރާ ސްވިޗް "ރަން" އިން "ކަޓް އޯފް" އަށް ބަދަލުކޮށްފައިވެ އެވެ. އަހްމަދުއާބާދުން ފުރިތާ ސާޅީހަކަށް ސިކުންތު ތެރޭ ބޯޓު ވެއްޓުމުގެ ކުރިން ދެ އިންޖީންގެ ސްވިޗް ވެސް އޯފްކޮށްލި ކަމަށާއި އިރުކޮޅެއްގެ ތެރޭ އަނެއްކާ "ރަން" އަށް ބަދަލުކުރި ކަމަށް ވެސް ވަނީ އެނގިފަ އެވެ.

މި ތަހުގީގުގެ މައުލޫމާތު އެނގޭ އެމެރިކާގެ އޮފިޝަލުން ބައެއް މީޑިއާތަކަށް ބުނެފައިވާ ގޮތުގައި ކޮކްޕިޓް ވޮއިސް ރެކޯޑާގައި ހުރި އޯޑިއޯއަށް ބަލާއިރު، ދެ އިންޖީނުން ތެޔޮ ކަނޑާލުމުން އެކަމާ ސުވާލުކުރާ ކަމަށް ބެލެވެނީ ބޯޓު ދުއްވަން އިން ފަސްޓް އޮފިސަރެވެ. އޭނާ ވަނީ ތެޔޮ ކަނޑާލީ ކީއްވެތޯ އާއި ސްވިޗް އަލުން "ރަން" އަށް ބަދަލުކުރުމަށް ބުނެފައި ކަމަށް އޮފިޝަލުން ބުންޏެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުނީ މިއީ އަދިވެސް ތަހުގީގު ނުނިމޭ މައްސަލައެއް ކަމަށް ވާތީ މި މައުލޫމާތު އަދި އެއްކޮށް ކަށަވަރު ނުވާ ކަމަށެވެ. އެކަމަކު މިއީ މިހާތަނަށް އަދި ބެލެވޭ ގޮތް ކަމަށް ބުންޏެވެ. މިފަދަ މައްސަލަތަކުގައި ތަހުގީގު އާންމުކޮށް ފުރިހަމަކޮށް ރިޕޯޓް ނެރެން އަހަރެއްހާ ދުވަސް ނަގާނެ އެވެ.

ބޯޓުގެ ކެޕްޓަނަކީ 15،638 ގަޑިއިރު ދަތުރުކޮށްފައިވާ ސުމީތު ސަބަރަވާލް އެވެ. އަދި ފަސްޓް އޮފިސަރު ކްލީވް ކުންދަރަށް 3،403 ގަޑިއިރުގެ އުދުހުގެ ތަޖުރިބާ ލިބިފައިވެ އެވެ.

އިންޑިއާއިން ވަނީ މި ތަހުގީގާ އެކު، ބޯއިންގެ ބޯޓުތަކުގެ ފިއުލް ސްވިޗް އިންސްޕެކްޓު ވެސް ކޮށްފަ އެވެ. އެކަމަކު އެއްވެސް މައްސަލައެއް ފެނިފައެއް ނުވެ އެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހު ލަންޑަނަށް ދާން ފުރިތަނާ ބޯޓު ވެއްޓުނީ އެއާޕޯޓާ ކައިރީގައި ހުރި އިމާރާތެއްގެ މައްޗަށެވެ. ސީސީޓީވީ ފުޓޭޖަކުން ފެންނަ ގޮތުގައި ބޯޓު ފުރުމާ އެކު އޭގެ "ރޭމް އެއާ ޓާބައިން" ޑިޕްލޯއީވެ އެވެ. އެއީ އިންޖީނުން ބޯޓަށް ޕަވަ ކެނޑުމުން އިމަޖެންސީގައި ޕަވަ ހޯދައި ބޯޓުގެ މުހިންމު ބައިތަކަށް ޕަވަ ސަޕްލައިކޮށްދޭ ޑިވައިސްއެކެވެ.

ވޯޓު ތިރިވާން ފެށީ 650 ފޫޓު މައްޗަށް އެރުމަށް ފަހު އެވެ. އިންޖީނުން ތެޔޮ ކަނޑާލުމުން ބޯޓު ތިރިވާން ފެށި ފަހުން އަލުން ތެޔޮ ދިނުމުން އިންޖީނު ހިނގަން ފެށި ނަމަވެސް މައްޗަށް އަރާނެ ވަގުތު ނުލިބި އުޅެނިކޮށް ގަސްތަކެއްގަ އާއި ދުންހޮޅިއެއްގައި ބޯޓު ޖެހި މެޑިކަލް ކޮލެޖެއްގެ ކެމްޕަސް ތެރެއަށް ވެއްޓި އަލިފާންރޯވެ އެވެ.

ބޯޓުން އެކަކު ފިޔަވައި އެންމެން މަރުވި އިރު ބޯޓު ވެއްޓުނު ތަނުގައި ތިބި 19 މީހަކު ވެސް މަރުވި އެވެ. މިއީ މިދިޔަ ދިހަ ވަރަކަށް އަހަރު ތެރޭ ހިނގި ވައިގެ ދަތުރުފަތުރުގެ އެންމެ ނުރައްކާތެރި ހާދިސާ އެވެ.

11 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 25%
icon angry icon angry 13%
icon wow icon wow 50%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

raajje

20 July 2025

ދެންކިޔާނެއެއްޗެއްކިޔަންވީތާ އެމެރިކާއިންކުރާތަހުގީގަކަށް އަދި އެމީހުންކިޔާއެއްޗަކަށް އިތުބާރުކުރާނީމޮޔައިން، ތީއެމެރިކާގެ މަސްލަހަތުއޮތްމައްސަލައެއް، ކަންވީގޮތާމެދުއެއްޗެއްބުނާނެމީހަކުދުނިޔޭގައިނެތް މިމައްސަލައިގާ އެމެރިކާކުރާތަހުގީގުން ނެރޭނީ އެމީހުންބޭނުންވާނަތީޖާ، ހަގީގަތްއޮންނާނީމާދުރުގަ

The name is already taken The name is available. Register?

ޖައިސާމް

19 July 2025

އެމެރިކާ މީހުން އެމީހުންގެ ބޯޓުގެ މައްސަލައެއް ނެތް ކަަމަށް ދައްކަން މަސައްކަތް ކުރާނެ. އިންޑިއާ މީހުން އެމީހުންގެ ޕައިލަޓުންނާއި މެކޭނިކުންގެ މައްސަލަ ނެތް ކަމަށް ދައްކަން މަސައްކަތް ކުރާނެ. އެމެރިކާ އަދި އިންޑިއާ އަކީ އިތުބާރު ހިފޭ ގައުމު ތަކެއް ނޫން.

The name is already taken The name is available. Register?

ތެޔޮފުލައިޓު

19 July 2025

ތިޔައީ ބޯއިން ކުންފުނި ހިމާޔަތް ކުރަން އެމެރިކާ ކުރާ މަސައްކަތް، ތަހުގީގު ތަކުގެ ތެރެއަށް އެމެރިކާ ވަންނަނީ އެމީހުންގެ އަމިއްލަ މަސްލަހަތު ހިމާޔަތްކޮށް އެހެން މީހުންގެ ބޮލުގަ އިލްޒާމުތައް އަޅުވަން، ބޯއިންގެ ބޯޓުން ތެޔޮ ކެނޑުނު އަސްލު މައްސަލަ ދެނެގަނެ އެކަމަށް އެޓެންޑު ކޮށްގެން މުސްތަގުބަލުގަ ވެސް ދިމާވެދާނެ މިކަހަލަ ކަންކަމުން ސަލާމަތް ވާން އޮތީ..

The name is already taken The name is available. Register?

މަކަރިނާ

19 July 2025

ކެޕްޓަނަށް ކުޅެލެވުނީ ކަންނޭނގެ ދޯ، ފިތެއް އިނީމާ އެހެން ހިޔާލެއަގައި އިނދެގެން. ނޫނީ ސުއަސައިޑަލް ފިލުމެއް ބެލިފައި އިންދާ ބޭ އިހުރިޔާރުގައި އެ ހިޔާލު އެކްޓިވޭޓުވީހެންވެސް ހީވޭ. ނައޫޒުބިﷲ

The name is already taken The name is available. Register?

ބޯފަން

19 July 2025

25 އަހަރުން އަޅާ ބުރިޖް މަލެ އާއި ގުޅޭއިރު، ގުޅީފަޅު ކޮޅުން އޮންނާނީ މޫދު އަޑީގަ ތޯއްޗެ

The name is already taken The name is available. Register?

ޗ×ޗޗދ

20 July 2025

މަޖަލެއްނޫން

The name is already taken The name is available. Register?

ސާމިހް ކެޕްޓަން

19 July 2025

15000 އަވާސް އޮތަސް ކަޑަ ކެޕްޓަނެއްވީމަ އެހާ ސިމްޕަލް މިސްޓޭކެއް ހަދާނީ. މިތާވެސް އަސްލު އުޅޭ އަވާސް އޮތަސް ކަޑަ ކެޕްޓަންސް. މަހުންނާނެ އެމީހުން ހަދާ މިސްޓޭކުތައް ރަނގަޅުކޮށްދީ ބޯޓާ ކެޕްޓަން ސޭވްކޮށްދީފަ. ހަމަ ސީރިއަސްކޮށް.

The name is already taken The name is available. Register?

ހަސަން ހަނީފް

19 July 2025

ޔެސް ޓްރޫ. ބަޓް ދެން އަގެއިން ހޫއާޔޫޓު ޓޯކް.

The name is already taken The name is available. Register?

ރުބޭލް މިއާ

19 July 2025

މިކަހަލަ ޖޯކަރުން މުޅި ގައުމުގަ. ކޮންމެ ކަމެއް ޖޯކަކަށް. ނޫހުންވެސް ވެއްޖެއެއްނު މިމީހުންގެ އައިޕީތައް ބްލެކްލިސްޓްކޮށް މިމީހުންގެ ކޮމެންޓްތައް ނުޖަހަން؟

The name is already taken The name is available. Register?

ސާމިހް ކެޕްޓަން

19 July 2025

ރޫބެލް މިއާ ކަލޭ އޭވިއޭޝަން ދާއިރާގައި ނޫޅޭތީ ނޭނގެނީ. ޕައިލެޓުންނަށް އިނގޭނެ މަދެއްކި ވާހަކަ. ކަލޭ ޖެހޭތެ ތަނެއް އޮތިއްޔާ ކޮމެންޓު ކުރަން.

The name is already taken The name is available. Register?

ދެންނި

19 July 2025

އެހެންވީމަ އަފިރިން ގޮވީ އިންޑިޔާއައުޓޭ. ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454