އަވަހާރަވި ޕްރިންސް އަލް ވަލީދު ހޮސްޕިޓަލުގައި އޮންނަވަނިކޮށް ބައްޕާފުޅު ޚާލިދު ބޮސް ދެއްވަނީ
20 ޖުލައި 2025 - 08:19
އިނގިރޭސި ވިލާތުގެ ލަންޑުގައި މީގެ 20 އަހަރު ކުރިން ހިނގި ކާރު އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކާ ގުޅިގެން ކޯމާގައި އޮތް ސައޫދީ އަރަބިއްޔާގެ ޕްރިންސް އަލް ވަލީދު ބިން ޚާލިދު އާލް ސައުދު އުމުރުން 36 އަހަރުގައި އަވަހާރަވެއްޖެ އެވެ.
އޭނާ ކޯމާއަށް ދިޔައީ 2005 ވަނަ އަހަރު، އުމުރުން 15 އަހަރުގައި ހިނގި އެކްސިޑެންޓުގައި ސިކުނޑިއަށް ލޭ އެޅިގެންނެވެ.
"ސްލީޕިން ޕްރިންސް" ގެ ނަމުން މަޝްހޫރުވި ވަލީދު މި ހުރިހާ ދުވަހު އޮންނެވީ ވެންޓިލޭޓަރުގެ އެހީގައި ހޮސްޕިޓަލުގަ އެވެ. މި ހޭދަވި މުއްދަތުގައި އެންމެ ފަހަރަކު ވެސް ވަލީދު ހޭ އަރައިފައެެއް ނުވެ އެވެ.
ޕްރިންސް އަލް ވަލީދަކީ ޕްރިންސް ޚާލިދު ބިން ތަލާލް އަލް ސައުދުގެ ދޮށީ ދަރިކަލުންނެވެ. ދަރިކަލުންގެ އަވަހާރަވިކަން އޭނާ މިއަދު އިއުލާންކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ޕްރިންސް އަލް ވަލީދު އެކްސިޑެންޓުވީ އިނގިރޭސިވިލާތުގެ ލަންޑަންގެ އަސްކަރީ ކޮލެޖެއްގައި ތައުލީމު ހާސިލް ކުރައްވަމުން ގެންދަވަނިކޮށެވެ. އޭގެ ފަހުން މިހާ ދުވަހު ވެސް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އައި އިރު ބައްޕާފުޅު ދުވަހަކު ވެސް އެ ދަރިކަލުންނާ މެދު އުންމީދު ގެއްލުވައެއް ނުލަ އެވެ. ޕްރިންސްގެ ބެލެހެއްޓުމުގައި އަމަލީ ގޮތުން އުޅުއްވައި އަދި ލައިފް ސަޕޯޓް ނައްތާލުމަށް ޑޮކްޓަރުން ހުށަހެޅުއްވި ކޮންމެ ފަހަރަކު އެކަމާ ދެކޮޅު ހެއްދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް ×
20 July 2025
"ލައިފް ސަޕޯޓް ނައްތާލުމަށް ޑޮކްޓަރުން ހުށަހެޅުއްވި ކޮންމެ ފަހަރަކު އެކަމާ ދެކޮޅު ހެއްދި އެވެ." ލޯބި ވުމުގެ ނަމޫނާއެއް.
އެކަމަކުވާ ދޯ
20 July 2025
އެކަމަށް ފައިސާ ދައްކާލަ ދައްކާލަ ހުރެވޭނި ކިތަށް މީހުންނަށް؟ ކޮންމެ ކޮންމެ މީހަކަށް އެހެން ނުވާނެ
ގިނި
20 July 2025
ލާރި ހުއްޓަސް ކޮންމެ ކޮންމެ މީހަކު އެފަދައިން ކަންތައް ނުކުރާނެ. ޔޫރަޕް މީހެއް ނަމަ އަހަރު ނުވަނީސް ނަގާނެ ތޯއްޗެ