ފަނޑިޔާރު ހަމީދު: މާދަމާއިން ފެށިގެން ސުޕްރީމް ކޯޓު ހިންގުން އޭނާއާ ވަގުތީ ގޮތުން ހަވާލުކުރަން ވަނީ ނިންމާފައި --- ފޮޓޯ/ރައީސް އޮފީސް
20 ޖުލައި 2025 - 11:34
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މަގާމުން ރިޓަޔާ ކުރައްވާތީ މާދަމާއިން ފެށިގެން ސުޕްރީމް ކޯޓު ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު އަބްދުﷲ ހަމީދުއާ ހަވާލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް މާދަމާއިން ފެށިގެން ރިޓަޔާ ކުރައްވަން ހުށަހެޅުއްވުމުން އެ މަނިކުފާނަށް އެ ފުރުސަތު ދެއްވަން ޖޭއެސްސީން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ. އެހެންވެ، މިއަދަކީ މުއުތަސިމް ރަސްމީކޮށް މަސައްކަތަށް ނިކުމެވަޑައިގަންނަވާނެ އެންމެ ފަހު ދުވަހެވެ.
އެހެންވެ، މާދަމާއިން ފެށިގެން އުއްތަމަ ފަނޑިޔާރުގެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރެވެންދެން ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު ހަމީދުއާ ވަގުތީ ގޮތުން ހަވާލުކުރަން ޖޭއެސްސީން ނިންމާފައިވާ ކަމަށް އެނގިފައިވެ އެވެ.
ދާދި ފަހުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރު ހަމީދަކީ 2007 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ ކުރިން މަދަނީ ކޯޓުގެ ގާޒީކަން ވެސް އޭނާ ކުރެއްވި އެވެ. އަދި ހައި ކޯޓުގެ ފަނޑިޔާރުކަމުން 2022 ވަނަ އަހަރު އޭނާ ވަކިކުރެއްވީ 2015 ވަނަ އަހަރު ސަރުކާރުން ފަނޑިޔާރުންނަށް ފްލެޓްތަކެއް ދޭން ނިންމުމުން އޭގެ ތެރެއިން ފްލެޓަކާ އޭނާ ހަވާލުވި ކަމަށް ބުނެ އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރެއްވުމާއެކު، އެ މަނިކުފާނު ވެވަޑައިގަންނަވާނީ ރާއްޖޭގައި ޝަރަފްވެރިކަމާ އެކު މަގާމުން ރިޓަޔާ ކުރައްވާ ފުރަތަމަ އުއްތަމަ ފަނޑިޔާރަށެވެ. އެ މަނިކުފާނު 2019 ވަނަ އަހަރު އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވުމުގެ ކުރިން ވަނީ 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަންދަލޫސިޔާ
20 July 2025
ޤާނޫނީ ވަކީލުކަމުގެ ހުއްދަ ނަގައިގެން ވަކީލުކަން ނުވެސްކޮށް ޝަރުޠު ހަމަވެ، ޤައުމުގެ 3 ބާރުންކުރެ 1 ބާރުގެ ވެރިޔާކަން ވަގުތީގޮތުން ޙަވާލުވީ. ސީނިއަރ ހުރިހާ ޖަސްޓިސްއިން ތިއްބާ ޙަވާލު އެކުރީ އިއްޔެ މެންދުރު ޝަރުޠު ކައްކައިގެން ހަމަކުރެއްވި ބޭފުޅާޔާ!
އަމީން ފައިޞަލް
20 July 2025
ވާނުވާ ނޭނގި ކޮމެންޓް ނުކޮށްބަލަ. ފަނޑިޔާރު ހަމީދަކީ ހައިކޯޓުގައި 12 އަހަރު ފަނޑިޔާރުކަން ކުރެއްވި ބޭފުޅެއް. އޭގެ ކުރިން ދަށު ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި. ޖުމްލަ އެކު ފަނޑިޔާރުކަމުގައި 17 އަހަރު ހޭދަކުރެއްވި. މިސްރުގެ އަލްއަޒްހަރު ޔުނިވަރސީޓީން ގާނޫނީ ދާއިރާއިން މާސްޓަރސް ނަންގަވައިގެން ހުންނެވީ. މި ވަގުތު ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު، އެންމެ އިލްމީ އެއް ފަނޑިޔާރު ހަމީދަކީ
ޟމމމ
20 July 2025
ޢެއީ ދިވެހިންގެ ރާއްޖޭގައި ކަންހިނގާމަގު. އަހަރެމެން ނިކަމެތި ރައްޔިތުން ހަމަ ގަމާރީ!
އަމީނުގެ ކޮއްކޮ ޖަމީލު
20 July 2025
ސުޕްރީމް ކޯޓަށް އެންމެ ޖޫނިއަރ އެކަކު ހަމީދަކީ. އެތާ އެބަ ތިބި ހަމީދަށް ވުރެ ސީނިއަރ 3 ފަނޑިޔާރުން. ކީއްވެ އޭގެން ފަނޑިޔާރަކަށް ހިންގުން ހަވާލު ނުކުރީ؟ މިއީ ވަރަށް ވާހަކަ.
ހިނިން
20 July 2025
ތި ތަނަށް ކިޔާނެ އައު ނަމެއް ހޯދަމާ.
ެެބބބ
20 July 2025
ފްލެޓާ ހަވާލުވިކަމަށް ބުނާތީ.. ބަލަ ކޮންމެވެސް ކަހަލަ ރިސާރޗެއް ކުރިނަމަ އިނގޭނެ، އޭނާ އަދިވެސް އުޅެނީ އެ ފްލެޓުގައި. އަރަބިއްޔާ ފްލެޓުގައި ތި ފަނޑިޔާރު އުޅެނީ. ދެން ކޮން ކަމަށޭ ކިޔާކަށް.
ފްލެޓްގެ މައްސަލައެއް ނެތް
20 July 2025
ފްލެޓުގެ މައްސަލައެއް ނެތްކަން އެނގެނީ، ހަމަ އޭރު، އެޔަށްވުރެ ބޮޑު ފްލެޓެއް ސަރުކާރުން ދެއްވި، އަރީފް، އެމްޑީޕީގެ ވެރިކަމުގައި ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވުމަށް ފުރުސަތުދީ ދުނިޔެ އުމުރަށް ދައުލަތުގެ ޕޭރޯލްގައި އަދިވެސް ހުރީތީ. ފްލެޓްގެ މައްސަލައެއް ނެތް- ހަމީދަށް އައީ ޒާތީ ހަސަދައެއް. ހަމީދަކީ ނަޒާހަތްތެރި ބޭފުޅެއް.
ސަމީދު
20 July 2025
"ފްލެޓްގެ މައްސަލައެއް ނެތް" ކިޔާ ބޭފުޅާއަށް. ކޮރަޕްޝަނުން ފުލެޓެއްގައި ހިފުމުން އެކަމަށް ފިޔަވަޅު އެޅުމަކީ ޒާތީކަމެއް ނޫން. ހައިކޯޓުގައި އެވަގުތު ތިބި 8 ފަނޑިޔާރުންގެ ތެރެއިން ހަމައެކަނި އަބުދުﷲ ދީދީއަށާއި، ސުޖާ އުސްމާނަށާއި، ހަމީދު، ސަމީރު އަދި ރައުފަށް ދިނީ ކީއްވެ؟ މަރުހޫމް ޝުއައިބު އެމީހުންނަށް ވުރެ ޖޫނިއަރ ކަމުންތަ ޝުއައިބަށް ނުލިބުނީ؟ ރިޝްވަތު ވާނީ ރިޝްވަތަށް.
ދފދފދ
20 July 2025
ކޮރަޕްޝަން މައްސަލައެއްގައި ޖޭއެސްސީއިން ކަނޑާލާ ފަނޑިޔާރުން އަނެއްކާ އެ މަޤާމަށް ކުރިމަތިލުމަށް ފުރުސަތު ދީގެން ނުވާނެ. މީނާއަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައި ހުރި ފަނޑިޔާރެއް. އަދި މީހުންނާ ނުގުޅޭ، ބޮޑާ، އަދި ފޮނި މީހެއް. މިކަހަލަ މީހެއް ކައިރިއަށް އިންސާފު ހޯދަން ދާނީ ވެސް މޮޔައިން
ނޭގޭ ވާހަކަ ނުދައްކާ
20 July 2025
ހަމީދަކީ ހިތްތިރި މީހެއް. ހަމީދަކީ ތެދުވެރި އަމާނަތްތެރިއެއް. ހަމީދަކީ ނަޒާހާތްތެރިއެއް. އިލްމީ ގާބިލް ފަނޑިޔާރެއް.
ޙަމީދުގެދަރި ހަމީދު
20 July 2025
ސާބަސް ތިކަން ކުރެވިދާނެ ހުޝިޔާރު ފަހުލަވާނެއް ތީ
ނޫނު އަޙްމަދު
20 July 2025
ވަރަށް ނަޒާހާތްތެރި ޙުލްގު ހެޔޮ ރަނގަޅު ބޭފުޅެއް.
ސުނާރު
20 July 2025
ޝަރަފުވެރިކަމާއެކު ވަކިވިކަމަށް ވާނީ ހަވާލުވެ ހުރިއިރު އެޒިންމާފުރިހަމަ އަށް ނެގިނަމަ.
އެކުވެރިޔާާ
20 July 2025
މަރުހަބާ! އަމާނާތް ތެރިކަމާއި ނަޒާހާތްތެރިކަން ރައްކާތެރި ކުރައްވާތި! އެންމެ މުހިންމީ އަދުލުވެރިކަން.
އޮނަރަބްލް އަފީފު ދީދީ
20 July 2025
މާ މަޝްހޫރު ފަނޑިޔާރެއް ކަމަށް މާލޭ މީހުން އެމީހުންގެ ރަށު ފޮތް ތަކުގައި ލިޔެގެން އުޅޭ އައްޑޫ މީދޫ ދޮންބެއްޔާގެ ކައިރިން ކިޔެވި އެއްޗެއް ކިޔެވި ކ.މާލޭ ހުސަން ސޮލާޙުއްދީނުގެ ކާފަ ފިރިހެންދަރި ބޮޑު ޕެކޭޖް ހިފައިގެން އުމުރު ދުވަހަށް ދައުލަތުގެ ޚަޒާނާ އިން އޭނާއަށް ފައިސާވެސް ލިބޭގޮތަށް ތިތަނުންނިކުމެގެން ދިޔައީތޯ؟! ތިތަނުގައި ތިއްބެވި އެންމެ އިލްމީ ނަޒާހަތްތެރި ފަނޑިޔާރުންގެ ތެރެއިން ޝުޖޫން ފިޔަވާ އެންމެންބޭރުކުރިއިރު އެ މަނިއްޕުޅު ހުންނެވީ ހަނު.
ޖަމީލު ޑރ
20 July 2025
ކޮމެންޓް ވަރަށް ފުރިހަމަ. ހުރިހާ ތަނެއް ކަވަރު ކޮށްފައި ތިއޮތީ.
ކަރުކުރު
20 July 2025
ތިޔަބުނި މީހަކީ މާ ނަޒާހާތްތެރިއެއްތޯ؟ ހަމަ ސުވާލުކޮށްލީ! ނަޒާހާތްތެރިކަމަކީވެސް ރުހުމުގެ ލޮލަށް އައިބު ނުފެންނަގޮތަށް އޮންނަ އެއްޗެއް.
ރިޝްވަތު.
20 July 2025
އޭރުވެސް އޭނާ އަކީ އެ މަޤާމް އަދާކުރެވޭނެ ހިތްވަރާއި ޤާބިލްކަން ހުރި މީހެއްނޫން ކަމަށް އެތައް ބަޔަކު ބުނި. އެކަމަކު އެމްޑީޕީގެ ބޮޑުންގެ ބާރުގައި އޭނާ އެމަޤާމަށް އައްޔަންކުރީ. މި ހުރިހާ ގެއްލުމެއް ޤައުމަށް ދެމުން ދަނީ ހަމަ މިމީހުން.
ހެނބަދޫ
20 July 2025
މަރުހަބާ އުސްތާޡު އަބްދުﷲ ހަމީދު