ޓޫރިސްޓުންތަކެއް އެއާޕޯޓު ޓާމިނަލް އޭރިއާގައި. އަހަރުގެ މިހާތަނަށް 1.2 މިލިއަން ޓޫރިސްޓުން ވަނީ އައިސްފައި -- ފޮޓޯ: މިހާރު
20 ޖުލައި 2025 - 12:13
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.6 ޕަސެންޓަށް އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައީ 1.1 މިލިއަން ޓޫރިސްޓުންނެވެ.
ޓޫރިސްޓުން އެންމެ ގިނައިން އައީ ޗައިނާއިންނެވެ. އެގައުމުން ވަނީ 170،000 ޓޫރިސްޓުން އައިސްފަ އެވެ. އެއީ ރާއްޖެއަށް އައި ޓޫރިސްޓުންގެ 14 ޕަސެންޓެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިއާއިންނެވެ. އެގައުމުން ވަނީ 142،000 ޓޫރިސްޓުން އައިސްފަ އެވެ. ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ.
މިއަހަރުގެ ކޮންމެ މަހަކު ވެސް 100،000ރ. އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވެ އެވެ. އަދި ފެބްރުއަރީ އާއި މާޗް މަސް ފިޔަވައި ކޮންމެ މަހަކު ވެސް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓު އިތުރުވެފަ އެވެ.
މިއަހަރު އެވްރެޖުކޮށް ދުވާލަކު 6،100 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރެ އެވެ.
ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ރާއްޖޭގައި 64،000 އެނދު ބޭނުން ކުރަމުން އަންނަ އިރު އޭގެ ތެރެއިން ގާތްގަނޑަކަށް 70 ޕަސެންޓު ނިސްބަތް ވަނީ ރިސޯޓުތަކަށެވެ.
މިދިޔަ އަހަރު ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު މި އަހަރު 2.2 މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރމ2028
20 July 2025
އިންޝާﷲ މި ވެރިކަމުގައި މިފަދަ ހުރިހާ ރިކޯޑެއް ހަދާނެ. ދިވެހިންގެ ޖީބުތަށް ޑޮަލަރުން ފުުރާލާނެ. މިފަދަ ވެރިޔެއް އަދި ތާރީޙް ނުދެކެން. އަދި 3 ދައުރު ޙައްޤު.
ބާބޫ ބައްޔާ
20 July 2025
ޑޮލަރު ކިދަރްހޭ
ސަނަނޫ
20 July 2025
ޓޫރިސްޓުން ރާއްޖެ މިއަންނަނީ ހުސްއަތާކަމަށް ބެލެވޭ
އެކޮއި
20 July 2025
ޓޫރިސްޓުން ކިތަންމެ އިތުރުވިއަސް ޑޮލަރު ނުލިބެންޏާ ރައްޔިތުންނަށް އޮތީ ކޮން ފައިދާއެއް؟ ވިހި ތިރީހަށް ޑޮލަރު ގަންނަން ޖެހުމަކީ ރައްޔިތުންނަށް ސަޅިކަމެއްނޫން. ފަހަރެއްގައި އެއީ ސަރުކާރަށް ސަޅިކަމަކަށްވެދާނެ. އެކަމަކު އަހަރެމެން ނިކަމެތި ރައްޔިތުމީހާ އިންތިހާއަށް ރުޅިގަދަވެ ގޮތްހުސްވާވަރުގެ ކަމެއް އެއީ. މިކަމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާތަނެއްނުފެނޭ. އެކަން އޮއްބާލަންވެގެން އެއަރޕޯޓޭ ފުލެޓޭ ގޯއްޗޭކިޔާތަން މިފެންނަނީ.
އަކްމެޑް
20 July 2025
ޑޮލަރު ހުރީ 20 ރުފިޔާގައެވެ.