އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ފޮނުވައިލުމަށްޓަކައި ބޮޑީބޭގަށް ލައިގެން ފުލުހުން، ސިއްހީމަރުކަޒުން ނެރެނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
21 ޖުލައި 2025 - 16:33
އއ. މާޅޮހުގައި ދާދިފަހުން އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލި އަބްދުއްރަހުމާން އާދަމްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން މިއަދު އިންޑިއާ އަށް ގެންގޮސްފި އެވެ.
މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވާ ފެނުނީ މާޅޮހުގައި އޭނާ ދިރިއުޅެމުންދިޔަ މާހިޔާ ގޭގައި އެ ރޭ މެންދަމު އެވެ. އުމުރުން 65 އަހަރުގެ އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ލިބި، "މަރަށް ތެޅެނިކޮށް" ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ. އަދި އެރަށު ސިއްހީ މަރުކަޒަށް އޭނާ ގެންގޮސް ފަރުވާ ދެނިކޮށް އެ ރޭ ފަތިހު ވަނީ މަރުވެފަ އެވެ.
ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އަބްދުއްރަހްމާންގެ ހަށިގަނޑު މިއަދު އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވާލާފައިވާ ކަމަށެވެ.
އަބްދުއްރަހްމާންގެ ގާތިލް ހޯދަން ފުލުހުންގެ ތަހުގީގު ޓީމުން ހަރަކާތްތެރިވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އަބްދުއްރަހްމާން ދިރިއުޅެމުންދިޔަ މާހިޔާގެ އާއި އެ ގެ ހުންނަ ސަރަހައްދު ބަންދު ކޮށްގެން ފުލުހުން ތިބޭތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވިއިރު ވެސް، މިހާތަަނަށް އެ ތަހުގީގުގައި އެއްވެސް ކުރިއެރުމެއް ލިބުނު ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ.
އެކަމަކު އެގެއަށް ވަދެފައި ހުރި އެންމެންގެ އިނގިއްޔާއި ފައިގެ ނިޝާން ނަގައި އެ މީހުންނާ ވަނީ ސުވާލުކޮށްފަ އެވެ. އަދި ރަށުގައި ހުރި މަދު ސީސީޓީވީ ކެމެރާތައް ވެސް ފުލުހުން ޗެކްކުރި އެވެ.
އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ހިފެހެއްޓި ނަމަވެސް ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ފޯނު ވެސް މިހާރު ވަނީ ނާޒިމާއާ ހަވާލު ކޮށްފައިވާ ކަމަށް އެނގިފައިވެ އެވެ. އަދި ނާޒިމާ މިވަގުތު ހުރީ މާލޭގަ އެވެ.
ނާޒިމާ ބުނެފައި ވަނީ އަބްދުއްރަހްމާންގެ ގެއަށް ވަން ކަމަށް ބެލެވޭ ބައެއް ނުވަތަ މީހެއްގެ ފައިގެ ނިޝާން އެރޭ އޭނާ އަށް ފެނުނު ކަމަށެވެ. އަދި އެދުވަސްވަރު އެ ގޭގައި ދިރިއުޅުނީ ވެސް އެ ދެމަފިރިން އެކަންޏެވެ.
މާޅޮހުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަބްދުއްރަހުމާނަށް ހަމަލާދޭނެ ބަޔަކު އެ ރަށުގައި ނޫޅޭނެ އެވެ. އަދި އެއީ ކުށްކުރުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާ ރަށަކަށް ވާތީ، އެއް ބަޔަކު ގަބޫލު ކުރަނީ އެފަދަ ޖަރީމާއެއް ހިންގަން ކެރޭނީ އެހެން ރަށެއްގެ ބަޔަކަށް ކަމަށެވެ.
އަބްދުއްރަހުމާން އުޅުނު ގެ ހުންނަނީ މާޅޮހުގެ ހުރަސް މަގު އަތިރިފަރާތް ސަރަހައްދުގައި ކަމަށް ވުމުން ބަޔަކު ސިއްރުން ދަންވަރު ގަޑީގައި އެ ރަށަށް އަރައި އެފަދަ ކަމެއް ހިންގުމުގެ ފުރުސަތު އޮތް ކަމަށް އެ މީހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑައާބާދީ
22 July 2025
ކުޑަކުޑަ އާބަދީއެއް ދިރިއުޅެމުންދާ މާޅޮހުގައި އަނިޔާވެރިގޮތަކަށް މަރާލާފައިވާ އ.ރަހްމާންގެ ގާތިލް ފުލުހުންނަށް ނުހޯދިއްޖެނަމަ، ރައްޔިތުންގެ ފައިސާއިން މިލިއަނުން ޚަރަދުކޮށްގެން ކައްކާފަ ކާންދީ، އާއިލާއަށް ހިލޭބޭސް ފަރުވާކޮށްދީ، އިތުރު އެލަވަންސްދީ އަދި ރިޓައާ ކުރުމުން ގަނޑުކޮށް ފައިސާދީ، އުމުރުދުވަހަށް މުސާރައެލަވަންސް ދީގެން ފުލުންގެންގުޅުމުގެ އެއްވެސް ބޭނުމެއްނެތް! ގާތިލް ނުހޯދިއްޖެނަމަ ފުލުހުންގެ އިދާރާ ބަންދުކޮށްފައ އެންމެން ގޭގައިތިބެންވީ.
އިބޫ
22 July 2025
މަރާލާފަވާ އެކަކުގެ ޤާތިލެ ހޯދުނުތައް ދެން ކީރާބައެ ފުލުހުންނަކީ ބޮނޑް މުސާރައް ދީފައް ބައިތިއްބަނީ މަސްތުވާތައްކެއް ވިއްކާވިޔަފާރީ ކުއްރާ މީހުން ބޯމީހުންގެންގޮސް ދޫކޮއްލާނީ ދެންއެހެން މަލާމީހުން ގިނަވާނެ
އިބޫ
22 July 2025
މަރުގެތައުގީގު ބޮނޑްހަރަދުކޮގެންކުރުމުގެބޭނެ ތައުގީގުންއެކަންކުރާމީހުން އިގުނީމަވެސް ކޮންބައެކަންނޭގޭ ކަމަމް ބުނެއްގެން ތިބެނީ ރިލުވާނުގެ މަރު މަސްސަލަ ބެލިއިރުވެސް ބުނިދޯ ކާރައްކަލައިގެންދިޔަ ވާހަކަ ޑިއުޓީ ނިމާފަ މާލެ ތެރޭ ދައްތުރުކޮ ހުރި ސީސީޓީވީ ހުރި ވީޓިއޯ ދެކުއް ކާރުގެ ތެރޭ ފެނު އިސްތަްށެ ޑީއެން އޭނަގެ މަންގެ ޑީއެން ދިމާވޭ ދެން ކީކުއރަން ކުއްރާބޭކާރުކަމެމް
ޔޯޔޯ
22 July 2025
މިޔަކީ މައްޔިތާއަށް ދެވޭ އަނިޔާއެއް ނޫން ހެއްޔެވެ؟ ޕޯސްޓް މޯޓަމް ހަދައިގެން ގާތިލު އެނގޭ ހެއްޔެވެ؟
raajje
21 July 2025
ރާއްޖެގެ ފުލުހުންފެންނައިރު މިހާރު ޖަހަނީ ފެންނުވަރާ ޔުނީފޯމުއިސްތިރިނުކޮށް ތުނބުޅިނުބާލާ ތިބޭބައެއްފާޑު، ކަމަކުނުދޭ، އެއްވެސް ޑީސެންޓުކަމެއްނުހުރޭ
1818
21 July 2025
ކަލޯ އަދި އަވަސް!
ާާައާލިއާ
21 July 2025
ރާއްޖޭގައި ޕޯސްޓްމޯޓަމް ހެދޭނެ ދުވަހެއް ދެކެން ބޭނުންވޭ.
raajje
21 July 2025
ހަދަންވެއްޖެއްޔާ މިހާރުވެސްހެދޭނެ، ހެހެ
ސަލީމު އިދުރީސް
21 July 2025
ރާއްޖެ ފުލުހުން ފޮޓޯގަޑެއް ފޮނިވައިގެން ކުރެވޭ ކަމެއްގަ މިފަހަރު ބޮޑު ހަރަދު ކޮއްފަ ހަށިގަނޑު ފޮނުވަނީ ކީވެބާ!