އަބްދުއްރަހުމާން ދިރިއުޅުނު ގެ ހިމެނޭ ސަރަހައްދު އަދިވެސް ފުލުހުން ވަނީ ބަންދުކޮށްފައި.
އަބްދުއްރަހުމާންގެ ހަށިގަނޑު މާޅޮހުން މާލެއަށް ގެނައުމަށް ބޮޑީބޭގްގައި: އިންޑިއާގައި ޕޯސްޓްމޯޓަމް ހަދާ ނިންމައި އަބްދުއްރަހުމާންގެ ހަށިގަނޑު މިހާރު ވަނީ ރާއްޖެ ގެެނެސް ވަޅުލާފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
31 ޖުލައި 2025 - 11:59
އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް މަރާލި މައްސަލާގައި ހެދި އޮޓޮޕްސީ ރިޕޯޓުން ވެސް ދެއްކީ އޭނާ މަރުވީ ބޮލަށް ދީފައިވާ ޒަހަމްތަކުގެ ސަބަބުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އުމުރުން 65 އަހަރު ނަމަވެސް ޖާނު ވަރުގަދަކޮށް ހުންނަ އަބްދުއްރަހުމާންގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު އެކެއް ޖަހާކަންހާއިރު އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ. ދެ މީހުން އެ ރޭ ނިދީ ދެ ކޮޓަރީގައި ކަމަށް ވާއިރު، އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި ފެނުނީ އެ ކޮޓަރީގެ ފާހާނާ އަށް ނާޒިމާ ވަން ވަގުތު އެވެ.
އޭރު އަބްދުއްރަހުމާންގެ ބޮލަށް ބޮޑެތި އަނިތާކެއް ދީފައި ހުރުމުން ގިނަ އަދަދަކަށް ލޭ ފައިބަމުން ދިޔަ އެވެ. ނާޒިމާގެ އެދުމަށް އެ ވަގުތު އެ ތަނަށް ދިޔަ މާޅޮހުގެ މީހުން ބުނެފައިވާ ގޮތުގައި އަބްދުއްރަހުމާންގެ ބޮލަށް ދިން ހަމަލާގެ ސަބަބުން ކޮޓަރީގެ ފާރަށާއި ސީލިންއާ ހަމައަށް ގިނަ އަދަދަކަށް ލޭ ބުރައިގެން ގޮސްފައި ހުއްޓެވެ. ބޮލާއި ލޯ ފިޔަވައި އެހެން ތަނަކަށް ހަމަލަ ދީފައިވާ ކަމުގެ ނިޝާނެއް ނެތް ހަށިގަނޑުގައި އިރު މާޅޮހުގެ އެންމެން ވެސް ބުނަމުން އައީ އަބްދުއްރަހުމާން މަރުވީ ބޮލަށް ލިބުނު ބޮޑެތި އަނިޔާތަކުގެ ސަބަބުން ކަމަށެވެ.
މާޅޮހުގައި ނިދާފައި އޮއްވައި ހަމަލާ ދިނުމުން މަރުވި އަބްދުއްރަހްމާން އާދަމް.
މި މަހުގެ 21 ވަނަ ދުވަހުގެ ރޭ އަބްދުއްރަހުމާންގެ ހަށިގަނޑު އިންޑިއާގެ ޓްރިވެންޑްރަމަށް ގެންގޮސް ހެދި އޮޓޮޕްސީއާ ހަވާލާދީ، ފުލުހުން މިއަދު ބުނީ އޭނާ މަރުވީ ބޮލަށް ދީފައި ހުރި އަނިޔާތަކުގެ ސަބަބުން ކަމަށެވެ.
އަބްދުއްރަހުމާންގެ ހަށިގަނޑު މާޅޮހުން މާލެއަށް ގެނައުމަށް ބޮޑީބޭގްގައި މާލެ ގެންދަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަބްދުއްރަހްމާން ދިރިއުޅުނު މާހިޔާގެ އާއި އެ ގެ ހުންނަ ސަރަހައްދު ބަންދުކޮށްގެން ފުލުހުން ތިބޭތާ މަހެއް ވާން ކައިރިވެފައި ވާއިރު، މިހާތަަނަށް ވެސް އެ ތަހުގީގުގައި އެއްވެސް ކުރިއެރުމެއް ލިބުނު ކަމަކަށް ފުލުހުން ނުބުނެ އެވެ. ހަމަލާ ދިނުމަށް ބޭނުން ކުރި އެއްވެސް އެއްޗެއް އަދި ޝައްކު ކުރެވޭ މީހަކު ވެސް ނުހޯދެ އެވެ.
އެންމެ ފަހުގެ މައުލޫމާތު މީޑީއާއާ ހިއްސާ ކުރަމުން ފުލުހުން މިއަދު ވެސް ބުނީ "އަދި މީހަކު ހައްޔަރުކޮށްފައެއް ނުވޭ" ކަމަށެވެ.
އެކަމަކު، އެ ގެއަށް ވަދެފައި ހުރި އެންމެންގެ އިނގިއްޔާއި ފައިގެ ނިޝާން ނަގައި، އެ މީހުންނާ ވަނީ ސުވާލުކޮށްފަ އެވެ. އަދި ރަށުގައި ހުރި މަދު ސީސީޓީވީ ކެމެރާތައް ވެސް ފުލުހުން ޗެކްކުރި އެވެ.
އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓި ނަމަވެސް ފުލުހުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު އެ ފޯނު ވެސް ވަނީ ނާޒިމާއާ ހަވާލުކޮށްފަ އެވެ.
ނާޒިމާ ބުނެފައި ވަނީ އަބްދުއްރަހްމާންގެ ގެއަށް ވަން ކަމަށް ބެލެވޭ ބައެއް ނުވަތަ މީހެއްގެ ފައިގެ ނިޝާން އެރޭ އޭނާއަށް ފެނުނު ކަމަށެވެ.
އެ ދުވަސްވަރު އެ ގޭގައި ދިރިއުޅުނީ ވެސް އެ ދެމަފިރިން އެކަންޏެވެ. އެ ދެމަފިރިންގެ ތިން ފިރިހެން ކުދިންގެ ތެރެއިން ރަށުގައި ދިރިއުޅޭ ނިމާލް ވެސް ހުރީ މާލޭގަ އެވެ.
މާޅޮހުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަބްދުއްރަހުމާނަށް ހަމަލާދޭނެ ބަޔަކު އެ ރަށުގައި ނޫޅޭނެ އެވެ. އަދި އެއީ ކުށްކުރުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައިވާ ރަށަކަށް ވާތީ،އެއް ބަޔަކު ގަބޫލުކުރަނީ އެފަދަ ޖަރީމާއެއް ހިންގަން ކެރޭނީ އެހެން ރަށެއްގެ ބަޔަކަށް ކަމަށެވެ.
އަބްދުއްރަހުމާން އުޅުނު ގެ ހުންނަނީ މާޅޮހުގެ ހުރަސްމަގު އަތިރިފަރާތް ސަރަހައްދުގައި ކަމަށް ވުމުން ބަޔަކު ސިއްރުން ދަންވަރު ގަޑީގައި އެ ރަށަށް އަރައި އެފަދަ ކަމެއް ހިންގުމުގެ ފުރުސަތު އޮތް ކަމަށް އެ މީހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަންބޭ..
02 August 2025
ސުރުހީ އަޅާލަން ވެސް ކުޅަދާނަ.. ހަމަ ސީދާ ފިތުނަ އުފައްދަން ސުރުޙީ ބައްޓަން ކޮށްފަ.
ގުދުގުދާބެއްޔާ
01 August 2025
ކޮން އޮޓޮޕްސީއެއްތަ؟ ކޮބައިހޭ މަރާލިމީހާ! ހުރިހާތަނެއް ކޯޑަންކޮށް ބަންދުކޮށްގެން ކުޅުނީ ފިލުމެއްތަ؟
އައްލާ ބެއްޔާ
01 August 2025
ޕޮލިހުންނަށް ވާ ކަމަކީ ފުޓްސަލް ކުޅުމާއި ސްޓިކާ ޖެހުން. ސިފައިންނަށް ކުރެވޭ ކަމަކީ ވާލު މަރަން ބަަޑި ޖެހުމާއި ވާރޭ ވެހި ފެންބޮޑުވީމަ ފެން ހިންދުން. ސުވާލަކީ ދައުލަތުން އެތަށް ސަތޭކަ މިލައަން ރުފިޔާ އަހަރަކަށް މި ދެމުއައްސަސާ އަށް ހަރަދު ކުރާއިރު ރަށްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް މި ދެ މުއައްސަސާ އަށް މަސައްކަތް ކުރެވޭތޯ؟
raajje
31 July 2025
ދިވެހިފުލުހުންނަކީތަހުގީގުކޮށް ނަތީޖާއެއްނެރެންއެނގޭހާ ތައުލީމީބައެއްނޫން، ފުލުހުންނަކީ ހަމަނުޖެހުންތައްކޮންޓުރޯލުކުރުމުގައި ގަދަބާރުދަށްކާ ރައްޔިތުންނަށް އަނިޔާދިނުމާ ލޮލަށްޕޭޕަރސުޕުރޭޖެހުމާ މީހުންގެބޮލުގައި މުގުރުންޖެހުމާ ހަޑިހުތުރުބަހުން ރައްޔިތުންނާ މުހާތަބުކުރުންފަދަކަންކަން ކުރަން ވަރަށްފަރިތަބައެއް، ފުލުހުންގެހުންނަންޖެހޭ ޑިސިޕުލިންވެސް އެއްގޮތަކަށްވެސްނެތް، ހުރިހާކަމެއްބޮއްސުންލާފަ، ޔޭސްސަރ، ޔޭސްސަރ ޔޭސްސަރ ސަރޔޭސްސަރ ހެހެ ކޮން ސޯސޯއެއްތަ
raajje
31 July 2025
ފުރަތަމަ އޮޓޮޕްސީހަދަންޖެހޭނީވެސް އޮޓޮޕްސީހަދަންޖެހޭ ސަބަބުތަކެއް ތަހުގީގަށްހޯދުނީމާ އެހެންނުން! ހަޑިހާވަނީޔޭ! ހާދިސާއަށް މަހެއްވެގެންދާއިރު އެއްވެސްކުރިއެރުމެއް އެއްވެސްކަމެއް ތަހުގީގަށްނުފެނުން، "ފުލުހުންގެ ނާގާބިލުކަން ފެންވަރެއްނެތްކަން ފުރިހަމައަށް ހާމަވެގެންދާކަމެއް" ބަލަތަހުގީގުކޮށް ނަތީޖާނެރެވޭނެބަޔަކާ މިތާކައިރިގައުމަކުން އެސްޓިމޭޓަށްނަމަވެސް ތަހުގީގުކުރަންހަވާލުކޮށްބަލަ، ދިވެހިންގެ ލޮލަށްބޮލަށްއެރުންނޫންކަމެއްކުރެވޭބައެއްތަފުލުހުންނަކީ؟
ވެންގަބޯ
31 July 2025
އެންމެ ކުޑަކުއްޖާއަށް ވެސް އިނގޭނެ ބޮލަށް ހަމަލާ ދީފިއްޔާ މަރުވާނޭކަން ފުލުހުން ވެސް މިދާދިފަހަކުން ވަނީ ދަގަނޑު މުގުރަކުން މީހެއްގެ ބޮލުގަޖަހާފައި އަދި އެމީހާވަނީ ޖަލުގައި މަރުވެފައި ބޮލަށް ހަމަލާދިނީމަ ލޭހުސްވެގެން މަރުވާނޭކަން ރާއްޖޭގައި މަރުތައް ތަހުލީލުތައް ކުރާމީހުނަވެސް މިވަރު އިނގޭނެދޯ ދެއްކުންތެރިކަން ނޫންދެން ކޮންކަމެއްތޯއެވެ މީ ޕޯސްޓްމޯޓަމް ހެދުން ވަގުތުން ހުއްޓާލާ ރައްޔިތުންގެ ފައިސާ ބޭކާރު ހަރަދުތައް ނުކުރެއްވުން އެދެން
އައިމިނާ
31 July 2025
ކީކޭބާ މި ކިއުއްވަނީ.
އިހްސާސް
31 July 2025
އިންޑިޔާގެ ސީއައިޑީ އޭސީޕީ، އަބީޖީތު އަދި ދަޔާއާ ޙަވާލު ކޮށްބަލަ ކުރިއެރުމެއް ލިބޭތޯ..
ބާބްސް
31 July 2025
ރާއްޖޭގެ ފުލުހުންނަކީ ވަރަށް ޤާބިލު ބަޔެއް. މުޅި އޭސިޔާ ސަރަހައްދަށް ބަލާލިޔަސް އެކަން އެނގޭނެ. ދިވެހިން ކްރައިމްޕެޓްރޯލް ބަލާތީ ހީވަނީ މިހުންނަނީ ވަރަށް ފަސޭހަކަންތަކޭ. އެމީޙުންނަށް ފްލެޓާ ، އާއިލާ ހުސްކޮށް ނޫސަންދަޔާ ދޭތީ ބަޔަކު ވަރަށް މޭކަރާއެބަ.
raajje
31 July 2025
ބާބްސް: މޭކަރާތީއެއްވެސްބަޔަކުނޫޅޭ، މިފަދަކަންކަމުންމިހާމަވަނީ ޑިމާންޑާއެއްވަރަށް ނުވަތަ ޓެކުނޮލޮޖީއާއެއްވަރަށް ދިވެހިފުލުހުން ތަރަށްގީވެ ކުރިއަރަމުންނުދާކަން، ދިވެހިފުލުހުން އަދިވެސްތިބީ ކުރީޒަމާނުގައި މިރާއްޖޭގައިއޮތް ކަތީބުވެރިކަމުގެސިސްޓަމަށް، މިޒަމާނުގައި ތަހުގީގުކުރަންބޭނުންކުރާ އުކުޅުތަކާ ޓެކުނޮލޮޖީ ފުލުހުންބޭނުންކުރަަން ދަންނަނަމަ މިހާދިސާއާގުޅޭ ކަންކަން ނުހޯދިއެއްނުދާނެ، ފުލުހުންހަމަވަރަށްފީކަޅާ، ތަހުގީގުކޮށް ނަތީޖާނެރުން ސުމެއްގަ
ބަބްސް
31 July 2025
މިހާރު މިހަދާ އޮޓޮޕްސީ އާއިދޭތެރޭ ޝައަކު އެބައުފެދޭ. ރަށްޔިތުން ލާރިން ކިހާވަރެއް ޙަރަދުކޮއްގެންބާ އޮޓޮޕްސީ އެއް މިހެދެނީ ، ކިތައްމީހުންނަސް ބައިއެޅޭބާ ...