މަޖީދީ މަގު ހެދުމުގެ މަސައްކަތް ކުރަނީ--- ފޮޓޯ: މިހާރު
22 ޖުލައި 2025 - 15:44
މާލޭގެ މަގުތައް މަރާމާތުކުރަން 2.2 މިލިއަން ގާ ހޯދަން މާލެ ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.
ކައުންސިލުން ވަނީ މާލޭގެ މަގުތައް މަރާމާތުކުރަން ބޭނުންވާ ގާ ސަޕްލައި ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާތީ ބީލަން ހުށަހަޅަން ހުޅުވާލައިފަ އެވެ.
ކައުންސިލުން ވަނީ ގަލުގެ ކުރެހުންތަކާއި މިންތައް ވެސް އެ އިއުލާނާ އެކު އާންމުކޮށްފަ އެވެ. ކައުންސިލުން ހުޅުވާލީ 2،202،500 ގާ ފޯރުކޮށްދިނުމަށެވެ.
- ޒިގްޒެގް ގާ: 1،000،000
- ޕޭވްމަންޓު ގާ: 1،000،000
- ގަޓަރު ކަވަރު (ކާނު މަތިގަނޑު): 200،000
- ކާބްސްޓޯން ޗެންފާ ކުޑަ: 500
- ކާބްސްޓޯން ޗެންފާ ބޮޑު: 500
- ކާބްސްޓޯން ރައުންޑް ކުޑަ: 500
- ކާބްސްޓޯން ރައުންޑް ބޮޑު: 1،000
ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ގާ ގެނައުމަށް ހަވާލުވާ ބަޔަކު ކައުންސިލުން ދައްކާ ތަނަކަށް އެ ތަކެތި ޑެލިވާކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ގާ ގެންނައިރު އެއްވެސް ގެއްލުމެއް ހުރެގެން ނުވާނެ ކަމަށާއި ފެންވަރު ރަނގަޅުވާން ޖެހޭނެ ކަމަށެވެ.
ފެންވަރު ރަނގަޅު ނޫން ނަމަ އެތަކެތި ބަލައި ނުގަނެ، އަނބުރާ ފޮނުވާލާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލަށް ގާ ފޯރުކޮށްދޭން ބޭނުންވާ ނަމަ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ހެނދުނު 9:00ގައި އަންދާސީ ހިސާބު ހުށަހަޅަން ވެސް ވަނީ ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެނެރަލް
24 July 2025
މިހާރު މަގު ތަކުގައި އަޅާފައިވާ ގަލަކީ ވަކިވަރެއްގެ ބަރުދަނައް ހާއްސަކުރެވިފައިވާ ގަލެއް! މިހެނެއްކަމަކު މަގުތަކުގައި ދުއްވަނީ ބޮޑެތި ބަރު ވެހިކަލްތައްކަމުން ގާތައް ހަލާކުވަނީ. އެމް ޕީ އެލް އަދި ބޮޑެތި ގުދަންތައް ހުންނަ ސަރަހައްދުތަކުގެ މަގުތަކުގެ ގާތައް އެހުރީ ހަލާކުވެފަ!
ހުސައިން އޭ މަނިކު
23 July 2025
މާލެ އަދި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ޗައިނާގެ ހިލޭ އެހީގެ ދަށުން ފަންޑުލިބި އެމަދައްކަތް ކުރުމަށް ތައްޔާރުވެފައިވާއިރު ދެންކީއްކުރަން މާލެ ސިޓީ ކައުންސިލުން ކުރާ ބޭކާރު ޚަރަދު ތަކެއްބާމީ
ހހހހ
22 July 2025
ގާ އެޅިޔަސް މަގު އޮންނަނީ އޮންނަ ހާލަތުގަ ހެން ހީވަނީ...އާނއ އެހެންޏަ އޮށްވަޅުގޮނޑިއެކޭ މާލެ މަގުމައްޗެކޭ ތަފާތެއް ނުހުރޭ.. ސައިކަލުގަ ދާއިރު ބުރެކި ޖައްސަމުން ފައި ޖައްސަމުން .. އެތާ ދުއްވޭތަ... އިރުކޮޅަކާ މަގު ބަންދުކުރާނެ ހަދަން.. ވާ ކަމެއް ހަރާން
ރަދީފްއޮފިޝަލް / އިންޓަނޭޝަނަލް ބިޑިންގް
22 July 2025
ވަރަށް ބައިވަރު ފައިސާގެ ވާހަކަ މިދެކެވެނީ. 2 ވަނަ އައިޓަމް (ޕޭވްމަންޓް ގަލަށް އެކަނިވެސް 5 މިލިއަން ރުފިޔާވަރު ޖެހޭނެ.ރާއްޖޭގަ މިކަހަލަ ގާ މިއަދަދަށް އެޅުމުގެ ހަކަތަ ހުންނާނީ އާރްޑީސީގަ އެކަނި.އިންޓަނޭޝަލް ބިޑިންއެއް ނަމަ ސިންގަޕޫރު ނުވަތަ މެލޭޝިޔާ ކަހަލަ ގައުމަކުން ރަނގަޅު ބިޑެއް ލިބޭނެކަމަށް މި ބަލަނީނަމަވެސް ދަށުން ދެމޭނީ އިންޑިޔާ ކަހަލަ ތަނަކުން އަންނަ ބިޑަކުން.ވ.ވެދުން
މައްކުބޭ
22 July 2025
ތި އަޅާ ގަލާ ހެދިގެންނޭ ގިނަ އެކްސިޑެންޓްވަނީ، އެއް އުޅަނދު އަނެއް އުޅަނދުގަ ޖެހިގެންވާ އެކްސިޑެންޓަށްވުރެ ގިނައީ ވާރޭވެހިފަ ހުންނަ ވަގުތު ކައްސާލައިގެން ވާ އެކްސިޑެންޓް، ބްރަކި ޖައްސާލާއިރަށް ވެއްޓޭ. ބަންގްލާދޭޝް މީހުން ބައިސްކަލުން ކުއްލިއަކަށް ހުރަސްކުރާނެ، ދެންޖެހޭނީ ބްރަކި ޖައްސަން، ޖައްސާލާއިރަށް ވެއްޓޭނެ.
ޡުވާނުން
22 July 2025
މިޒަމާނުގަ މީހުން ގާ އަޅާތަ؟ ތާރުއަޅާ ޒަމާނީވެބަލަ މާލެސިޓީ ކައުންސިލް. މިސާލަކަށްބަލާބަ ހުޅުމާލެ.
ރަދީފްއޮފިޝަލް / ޝަމްހޫޒާ
22 July 2025
ކޮންމެވެސް ބަޔަކު ދަށުން ދަމާ ކުޅެ ރަނގަޅު އެއްޗެއް ނަގާނެ.
ކޮރަލް
22 July 2025
މާލޭގަ ގާ އަތުރާނެ ކަމެއް ނެތެވެ. ތިޔަ މަސައްކަތް ނިމޭ އިރަށް ސްޓެލްކޯ އިން މަގު ކޮންނަން ފަށާނެ އެވެ. ދެން ދިރާގެ ދެން މީޑިއާނެޓް އެވެ. ގާތަށް ނަގާފަ އިހު ހުރި ގޮތަކަށް ނުހަދާނެ އެވެ.
އޭބަލަ
22 July 2025
ތި ތާރު އަޅާ ބަލަ ހުރިހާ މަގެއްގައި. ކޮން ބޭކާރު ހަރަދެއް ތި ކުރަނީ
ބޭކާރު ޙަރަދު
22 July 2025
ބަލަ މާލޭގެ މަގުތަށް ޗައިނާގެ އެހީގަ ހަދަން ނިންމާފަ އޮއްްވާ ކޮން ބޭކާރު ޙަރަދެއް މި ކުރަނީ؟ ލާރި ކާނެ ގޮތެއް ފެނޭތޯތަ؟
ެައަކުންބަކުން
22 July 2025
ޗައިނާއިން ހެދިޔަސް ޚަރަދު ދާނެ. އޭރަށް ކަލޭ ބުނާނީ ކޮންހާ ބޭކާރު ޚަރަދެއްހޭ. ގާއެތުރީމަ ހަރަދު ކުޑަވާނެޔޭ.