ރައީސް މުއިއްޒު މިއަދު ހަވީރު ހޮޅުދު އަށް ވަޑައިގެން ޒަކިއްޔާގެ އާއިލާގެ މީހުންގެ ޝަކުވާތައް އަޑުއައްސަވަނީ.
22 ޖުލައި 2025 - 19:35
ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރާ ގުޅޭ ކަންކަމުގައި އިންސާފު ހޯދައިދޭން ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން އެ އާއިލާ އާއި އެ ރަށުގެ ބައެއް މީހުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ނ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުގެ ފަހު ރަށަކަށް ވަޑައިގަތީ ހޮޅުދުއަށެވެ.
އެ ރަށަށް އެ މަނިކުފާނު ފައިބައި ވަޑައިގެންނެވިއިރު ޒަކިއްޔާގެ އާއިލާގެ ބައެއް މީހުންނާއި ރަށުގެ ބައެއް މީހުން ތިބީ ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދޭން ގޮވާލާ ބޯޑުތައް ހިފައިގެންނެވެ.
އެ ވަގުތު، ހޮޅުދޫ، ނިއު ލައިފް، ޒަކިއްޔާގެ އާއިލާގެ މީހުންގެ އެދުމުގެ މަތިން ރައީސް މުއިއްޒު އެ މީހުންނާ ވަކިން ބައްދަލުކުރައްވައި ހުރިހާ ޝަކުވާތައް އަޑުއެއްސެވި ކަމަށް އަރިހުގައި ވަޑައިގެންނެވި ބޭފުޅަކު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިއަދު ހަވީރު ހޮޅުދު އަށް ވަޑައިގެން ޒަކިއްޔާގެ އާއިލާގެ މީހުންގެ ޝަކުވާތައް އަޑުއައްސަވަނީ.
"ތަހުގީގާ މެދު އެ އާއިލާގެ ހުރި ހިތްހަމަނުޖެހުންތައް ރައީސް އަޑުއެއްސެވި. ފުލުހުން އެންމެ ފުރަތަމަ ދުވަހު އަމަލުކުރި ގޮތުގެ ޝަކުވާތައް ވެސް އެ އާއިލާ އިން ރައީސަށް ދެންނެވި. އެ ހުރިހާ ޝަކުވާތައް އަޑުއެއްސެވުމަށް ފަހު ވިދާޅުވީ، އިންސާފު ހޯއްދަވައި ދެއްވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކޮންމެ ކަމެއް ކުރައްވާނެ ކަމަށް. އާއިލާގެ ވާހަކަތައް ނިމެންދެން އަޑުއެއްސެވި،" އޭނާ ވިދާލުވި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ނިއު ލައިފް ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގަ އެވެ. އޭނާގެ އާއިލާ އިން ތުހުމަތު ކުރަނީ އޭނާ މަރާލީ ކަމަށެވެ. އެހެންވެ، އެ ރަށުގައި އިންސާފަށް ގޮވާލައި ބޮޑެތި މުޒާހަރާތައް ވެސް ކޮށްފައި ވެ އެވެ.
ޒަކިއްޔާ މޫސާ
ރަށުގެ ބައެއް މީހުން ފާހަގަކުރަމުންދާ ގޮތުގައި ފޮރެންސިކް ޓީމު ސީނަށް ދިއުމުގެ ކުރިން އެތަނަށް ދިޔަ ފުލުހުން ވަނީ ސީނު ރޫޅާލައިފަ އެވެ. އަދި އެތަނުގެ ފޮޓޯއެއް ވެސް ރަނގަޅަށް ނަގާފައިނުވާ ކަަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވެ އެވެ.
ފުލުހުން އެންމެ ފަހުން ބުނެފައި ވަނީ ޒަކިއްޔާ މަރުވެފައިި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގަށް ގިނަ ދުވަސްތަކެއް ވަނީ އެއީ އާދައިގެ މަރެއް ކަމަށް ގަބޫލުކުރަން ދަތިވުމުން ކަމަށެވެ.
ޒަކިއްޔާގެ މަރުގެ މައްސަލާގައި ހޮޅުދޫ މީހުންގެ ކަންބޮޑުވުންތައް ބައްލަވަން ހޯމް މިނިސްޓަރު އަލީ އިހުސާނާއި އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިތުރުން ފުލުހުންގެ އިސްވެރިން ވެސް ވަނީ މީގެ ކުރިން އެ ރަށަށް ވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބްޑޫޅް +
24 July 2025
ބަލަ، އެ މަސްއްކަތް ކާމިޔާބު ވާނެ ކަމުގެ ޔަގީން ކަމޭ މި މީހުން ބޭނުންވަނީ. އެ ޔަގީންކަން ނުދެވެންޏާ ރަގަޅުވާނީ ހުސް އަނގަ ނުތަޅުވާ އިނިއްޔާ.
އަހާން ޕާންޑޭ
23 July 2025
ޒަކިއްޔާގެ ހަށިގަނޑު މިހާރު ނެގިއަަސް އޮންނާނީ ތާޒާކޮށް ކަމަށް ހޮޅުދޫ ސައިންޓިސްޓުން ބުނަނީ. ޢެއީ ޝަހީދު ކޮށްފައިވާތީއޯ ސާބަހޭ ބިސް ހޮޅުދޫ ސައިންޓިސްޓުންނަށް. ދޫނުކުރާތީ…
މިޝްވާން
23 July 2025
ޔާމީން މެން ކިތަންމެ ވަރެއްކުރިޔަސް ރައީސް މުއިއްޒު އޭ ކިޔާއިގެން ތި ދައްކާ ރޯ ބުހުތާނު ދޮގުވާހަކަތަކެއް ރައްޔިތުން ގަބޫލެއް ނުކުރާނެ. ކަލޭމެންހެން ބޮޑާ ކަންމަތީގަ ހުންނަށް ވެރިއެއްނޫން އެއީކީ
އަފްރާސިޔާބު
23 July 2025
އިންސާފަށް އަނގަބަހުން ވާސިވެވިއްޖެކަމަށް ވިދާޅުވީމާ އިންސާފު ލިބުނީ. އިތުރު ކަމެއް ބަލާނެ ކަމެއްނެތް. އަލްހަމްދު ﷲ. ހޮޅުދޫ މީހުންގެ ސިކުނޑިއަށް އައު ޗިޕެއް ޖަހާލެވިއްޖެނަމަ ނިމުނީ.
އަހުމަދު ޝުރައިހް
23 July 2025
އަލްހަމްދުﷲ. ނ.ހޮޅުދޫ ރައްޔިތުންގެ އުއްމީދު އާވެއްޖެ، އާއިލާއިން އަހަރުމެންނަށް ކިޔާދިން ގޮތުގައި ރައީސް މުއިއްޒު ވަރަށް ޔަގީންކަން ދެއްވި މިކަމުގެ އިންސާފު އެ އާއިލާއަށް ލިބޭނެކަމުގެ
ހަމްދާ
23 July 2025
ހަމަ ޖަމަލު ފޮޑި
ޝަމްވީލް
23 July 2025
ރައްޔިތު މީހާ ކައިރިއަށްގޮސް ހާލު އަހުވާލު ބަލާ އެ ރައްޔިތު މީހާގެ ކަންބޮޑުވުންތައް ހައްލު ހޯދާ ދޭން މަސައްކަތް ކުރާ ވެރިންނަކީ ހަމަ ހަގީގަތުގަވެސް އޯގާތެރި ވެރިން. ވަރަށްވެސް އުފާވެރި މަންޒަރެއް
އަފްރާސިޔާބު
23 July 2025
ވެރިކަން ދެމެހެއްޓޭނެ ގޮތް ހޯދަން މީގެ ކުރިންވެސް މީހުންގެ ކައިރިއަށް މީހުންގޮސްފައިވޭ. އެކަމަކު މިވަރުކަމެއް މަށެއް ނުދެކެން.
މިމްހާދް
23 July 2025
ނިމިދިޔަ ވެރިކަމުގަ ހޯޑެއްދޫއިން މީހަކު މަރުވެގެން އެކަމުގެ އިންސާފު ހޯދަން އެމީހުން ނުކުރަނީ ކޮން މަސައްކަތެއް، ސޯލި ކައިރިއަށް ދިޔާމަ ބައްދަލެއްވެސް ނުވި. މިފެނިގެންދިޔައީ އޯގާތެރި ވެރިން
ސުފްޔާން
23 July 2025
މިހެންވެ އިދިކޮޅު މީހުން މުއިއްޒު އާ މިހާ ބޮޑަށް ޖައްސާލައިގެން އުޅެނީ. މީނޫންތޯ އަހަރުމެން މި ބޭނުންވެގެން އުޅޭ ވެރިންނަކީ
ބަގު
23 July 2025
ތިކަމުގާ ސަރުކާރުގެ ވިސްނުން އެއޮތީ މާކުރިން ހާމަ ކޮށްފަ. ހުރިހާ ރިޕޯޓަކުންވެސް ދެއްކީ އޭނަ އަމިއްލަޔަށް މަރުވިކަމަށް ކަން. ދެން މުއިއްޒު ޖެހޭނީ އެހުރިހާ ރިޕޯޓެއް އެކޮޅުކޮޅުން ޖަހަން އެ ވާނީ ވަރަށް ހަޑިކަމަކަށް، އެނގިދާނެތާ
ޝައުކަތް
23 July 2025
މި ނޫނީނެތް އެންމެ ނިކަމެތި ރައްޔިތުމީހާގެ ކައިރިއަށް ގޮސް އެމީހުންގެ އުދާސްތައް ބައްލަވާލެއްވި ވެރިޔަކު.. ހަމަ ހަގީގަތުގަވެސް ނަމޫނާ ވެރިއެއް
އުނބައްޖެހި ހިޔަޅު
23 July 2025
ވަރޗުއަލް އޮޓޮޕްސީ ހަދާފަ އޭނާ މަރުވީ އަމަިއްލައަށްކަމަށް ކަނޑައަޅާފަ، މިހާރު އަނެއްކާ ވާހަކަ ބަދަލުކޮށްލީ؟ ޒަކިއްޔާއަށް އިންސާފު ހޯދުމަށް މުއިއްޒުއަށް 2 ވަނަ ދައުރެއް ކޮންމެހެން ދޭން އެބަޖެހޭ!
މީހާގެ ތިމާގެމީހާ
23 July 2025
ތިހެން ކޮންމެ އިންތިހާބަކަށް ރިލުވާނުވެސް ހޯދާދޭނެކަމަށް ބަޔަކު ވައުދުވޭ.